Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޑެމްބެލޭ އަށް އަނިޔާވެ ކުޅުމާ ދުރަށް

މެޑިކަލް ޓެސްޓުތަކުން ދެއްކި ގޮތުގައި ޑެމްބެލޭ އަށް ލިބިފައިވަނީ މަސްގަނޑުގެ އަނިޔާ އެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖެނުއަރީ 2023 | ހޯމަ 02:31
ޖިރޯނާ މެޗުގެ ކުރިން ޑެމްބެލޭ

ޖިރޯނާ މެޗުގެ ކުރިން ޑެމްބެލޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާން ޑެމްބެލޭ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޑެމްބެލޭ އަށް އަނިޔާވީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ޑެމްބެލޭ އަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގައި އޭނާ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. މެޗަށްފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޒަވީ ބުނީ ޑެމްބެލޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ މުއްދަތަަކަށް ކަމެއް ބުނަން ނޭންގޭ ކަމަށެވެ. މެޗަށްފަހު ބާސެލޯނާއިން ވަނީ ޑެމްބެލޭގެ އިތުރު މެޑިކަލް ޓެސްޓުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މެޑިކަލް ޓެސްޓުތަކުން ދެއްކި ގޮތުގައި ޑެމްބެލޭ އަށް ލިބިފައިވަނީ މަސްގަނޑުގެ އަނިޔާ އެކެވެ. އަނިޔާ އިން ރަނގަޅުވެ ޑެމްބެލޭ އަށް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވެނޭ ތާރީޚެއް އެނގެން ނެތް އިރު، ބާސެލޯނާގެ މެޑިކަލް ޓީމާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ މަދުވެގެން ހަ ހަފްތާ އަށް ޑެމްބެލޭ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަނިޔާގެ ސަބަބުން ޑެމްބެލޭ އަށް ބާސެލޯނާގެ ކުރިއަށް އޮތް ފަސް މެޗު ވެސް ގެއްލޭނެކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ތެރޭގައި އަންނަ މަހު ޔޫރޮޕާ ލީގުގައި ބާސެލޯނާ އިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ޑެމްބެލޭ އަށް ގެއްލޭނެ އެވެ. ޑެމްބެލޭ ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން 28 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. ޚާއްސަކޮށް މިދިޔަ އަހަރު ނިމުނު ވޯލްޑް ކަޕް މުބާރާތަށްފަހު އޭނާ އަންނަނީ މޮޅަށް ކުޅެމުންނެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު