Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮލިމްޕަސް މަރާމާތު ކުރުން

ބޮޑު މަރާމާތަށްފަހު އޮލިމްޕަސް ރަސްމީކޮށް ހުޅުވުން އަންނަ ހޮނިހިރު ދުވަހުގެރޭ

29 ޖެނުއަރީ 2023 | އާދީއްތަ 08:12

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2023 | އާދީއްތަ 08:12
އޮލިމްޕަސް

އޮލިމްޕަސް

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތް ނިންމައި، އައު ބަދަލުތަކާއެކު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ހެރިޓޭޖް މިނިސްޓްރީން ބުނީ، އޮލިމްޕަސް މަރާމާތުކޮށް، ވަޞީލަތްތައް އަދާހަމަކުރުމަށްފަހު އަލުން ހުޅުވުމުގެ ރަސްމިއްޔާތު 4 ފެބްރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި މި ރަސްމިއްޔާތުގައި މުނިފޫނިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރަމުންދާ ފަރާތްތައް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އޮލިމްޕަސް ހޯލް އަޕްގްރޭޑިން ޕްރޮޖެކްޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މަޝްރޫއެކެވެ. އެގޮތުން އޮލިމްޕަސް އިމާރާތުގެ އާބާތުރަ ފިލުވައި، ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗް 8 ވަނަ ދުވަހުއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މިހާރު ވަނީ އޮލިމްޕަސް ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެޑްވާންސް ބުކިންއަށްވެސް ހުޅުވާލާފައެވެ.

އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އެތަން ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެންސީއޭ އިން ބުނީ އޮލިމްޕަސް އިމާރާތުގެ ބޭރު ފާރުތަކާއި، ހުޅަނގު ފަރާތު ކޮރިޑޯގެ ފާރުތައް މަރާމާތުކޮށް ކުލަލުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އޮލިމްޕަހުގެ ހުޅަނގު ފަރާތުގައި ކުރިން ބޭނުންކުރި އޭޓީއެމް ހުރިބައި އޮލިމްޕަހުގެ ކެންޓީނެއްގެ ގޮތުގައި ބޭނުންކުރުމަށް އެތެރޭގެ ފާރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް