Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަމަށް 29 އިންސައްތައިގެ ކުރިއެރުމެއް

މިއަހަރުގެ މިހާތަނަށް 138،593 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޖެނުއަރީ 2023 | ހޮނިހިރު 00:40
އަތޮޅުތެރެއަށް ދިޔަ ފަތުރުވެރިން

އަތޮޅުތެރެއަށް ދިޔަ ފަތުރުވެރިން

މިއަހަރުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި 138،593 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 2022ގެ މި މުއްދަތާ އަޅާ ބަލާއިރު 29.7 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއަހަރު ދުވާލެއްގެ މައްޗަށް އެވަރެޖު ކޮށް 5،544 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި ފަތުރުވެރިން ރާއްޖޭގައި 8 ދުވަހު މަޑުކުރާކަމަށް ހިސާބުތައް ދައްކައެވެ.

2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 106،826 ފަތުރުވެރިންނެވެ. 2021 ގެ މި މުއްދަތުގައި އައިސްފައިވަނީ 73،501 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު އައި ފަތުރުވެރިން ފާއިތުވި ދެ އަހަރާ އަޅާ ބަލާއިރުވެސް ވަނީ އިތުރުވެފައެވެ.

މިހާތަނަށް ފަތުރުވެރިން އަންނަ ޓޮޕް މާކެޓުގެ ގޮތުގައި އޮތް ރަޝިއާއިން 19،389 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައިގައި އޮތް އިންޑިއާއިން މިހާތަނަށް 14،350 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިޓަލީން 13،848 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން ޓޮޕް މާކެޓުތަކުގެ ތެރޭގައި އިނގެރޭސިވިލާތް، ޖަރުމަނު، އެމެރިކާ، ފްރާންސް، ޗައިނާ، ކަޒަކްސްތާން އަދި ސައުތު ކޮރެއާ ހިމެނެއެވެ.

މިމަހުގެ 18 ވަނަ ދުވަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާއިރު، ހަފްތާއެއް ނުވަނީސް އެ މާކެޓު ވަނީ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނިފައެވެ. މިހާތަނަށް އައިއިރު 4،477 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު