Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޢުރުދުންގެ އަސާރު

ޒަމާންވީ، މުސްކުޅި ތަރިކައެއް... އެކަމަކު އާ އެއްޗެއް!

27 ޖެނުއަރީ 2023 | ހުކުރު 10:27

ސުފުރާ މައްޗަށް ގެނެސްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދަނީ އަންހެނުންގެ ގުރޫޕަކުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 ޖެނުއަރީ 2023 | ހުކުރު 10:27
ޒަމާންވީ، މުސްކުޅި ތަރިކައެއް... އެކަމަކު އާ އެއްޗެއް!

ޒަމާންވީ، މުސްކުޅި ތަރިކައެއް... އެކަމަކު އާ އެއްޗެއް!

ޒަމާނާއެކު ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ފަސޭހައިން ހަނދާން ނެތިކޮށްލެވޭ އެކައްޗަކީ އަމިއްލަ ވަންތަ ކަމޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ބަވަނަ ވެފައިވާ އަދުގެ ދުނިޔޭގައި އެކި ކަންކޮޅުތަކުން ފެންނަ މަންޒަރުތަކަށް ހިތް ދީލާލަމުން ގޮސް، ޒަމާނުއްސުރެ ދަމަހައްޓަމުން އައި އެތައް އާދަކާދައެއް މާޒީވެ، ޘަޤާފަތުގެ އަރުޝީފަށް ލެވޭ ގޮތްވެ، އެވަރުން ނުވެގެން، ހަނދާނުންވެސް ފޮހެލެވޭ ގޮތް މެދުވެރިވެއެވެ. އެފަދަ ގޮތަކަށް އެންމެ ފަސޭހައިން ދޫކޮށްލެވިފައި އޮންނަ އެކައްޗަކަށް ވަނީ ކާބަފައި ޒަމާނުއްސުރެ ކެއިންބުއިމުގައި ބޭނުންކޮށް އުޅުނު ބައެއް ކަހަލަ ސަމާނެވެ. ނަމަވެސް ކެއިންބުއިމުގެ އަމިއްލަ ވަންތަ ޘަޤާފަތަކީ، ތަރިކައިގެ ކައްޓާއަކުން ކިރާއިރު، ފިސާރި އަގުހުރި އެއްޗެކެވެ.

ޢުރުދުންގައި މިފަދަ ގޮތަކަށް ހަނދާން ނެތިކޮށްލެވިފައިވާ ބައެއް ކަހަލަ ކޭންތައް އަލުން އަނބުރާ ސުފުރާ މައްޗަށް ގެނެސްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދަނީ އަންހެނުންގެ ގުރޫޕަކުންނެވެ. ދުނިޔޭގެ ތަރިކައިގެ ލިސްޓުންގެ ޖާގަ ހޯދާފައިވާ ޢުރުދުންގެ އައްސުލްތޫސްއޭ ކިއުނު ސިޓީގައި ހަރަކާތްތެރިވާ އަންހެނުންގެ މި ގުރޫޕުން ކޮންމެ ހަފުތާ ބަންދެއްގައި އެއްތަނަކަށް ޖަމާވެ، ޢުރުދުންގެ ޘަޤާފީ ކޭންތައް ތައްޔާރު ކުރަނީ ފިސާރި ފޯރީގައެވެ.

މި ގުރޫޕުގެ އަމާޒަކީ، އަދުގެ ޖީލުން ހަނދާން ނައްތާލާފައި ވާ ޘަޤާފީ ކޭންތައް ނުވަތަ ޢުރުދުންގެ ކެއިންބުއިމުގެ ތަރިކަ ދިރުވާ އާލާ ކުރުމެވެ. އަދުގެ ޒުވާން ވޮލަންޓިއަރުންނަށް އެ ކޭންތަކުގެ ރެސިޕީތައް ދަސްކޮށްދިނުމެވެ. އަދި މަގުމަތިން ފެންނަ މީހުންނަށް އެ ކޭންތައް ފޯރުކޮށްދިނުމެވެ.

"ގްރޭންޑް މަދަރާސް ޑިޝަސް ބައި ދަ ހޭންޑްސް އޮފް މަދަރސް" ނުވަތަ "މާމަމެންގެ ކޭން، މަންމަމެންގެ އަތުން" ގެ ނަމުގައި ހިންގާ މި ހަރަކާތުން މިއަދު ތައްޔާރު ކުރީ 'ރަޝޫފް' ނަމަކަށް ކިއާ ސޫޕެކެވެ. އެކި ކަހަލަ މުގާއި ޔޯގަޓް ބޭނުންކޮށްގެން ތައްޔާރު ކުރާ، ޢުރުދުންގެ ޘަޤާފީ ސޫޕްއެކެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން މި ހަރަކާތް ފެށުމުގައި އިސް ދައުރެއް އަދާކޮށް، އަދި މިހާރުވެސް އެކަމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ހުރި ޘީރާ ޢަރަބިއްޔާތު ބުނި ގޮތުގައި، ކޭންތަކެއް ގެއްލިގެން ދިއުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ޢުރުދުންގެ ކެއިންބުއިމުގެ ތަރިކައިގެ ބޮޑު ބައެއް ހިއްސާ ކުރަނީ ކިރާއި ގޮވާމުގެ އެކި ކަހަލަ ބާވަތްތައް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ކޭންތައް ކަން، 'ޖޯޑަން ހެރިޓޭޖް'އިން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.

ޢުރުދުންގެ ޤައުމީ ކޭމެއްގެ ގޮތުގައި ބަލާ މަންސަފްއަކީވެސް މިފަދަ ގޮތަކަށް ތައްޔާރު ކުރާ ކޭމެކެވެ. މަންސަފް ތައްޔާރު ކުރަނީ ހުތްވަންދެން ބަހައްޓާފައި ހުންނަ ޔޯގަޓްގައި ބަކަރި މަސް ކައްކައިގެންނެވެ. ބަތާއެކުގައި ކައި އުޅޭ މަންސަފްއަކީ ތަރިކައާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)އިން އެކުލަވާލާފައި އޮންނަ އަތް ނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓުގައި ދާދި ފަހުން ހިމެނި ކޭމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖުލައި 2022

އުމުރުން އެންމެ 34 ދުވަސް، އެކަމަކު 95 އިންޓަވިއު!

10 ޖުލައި 2022
އުމުރުން އެންމެ 34 ދުވަސް، އެކަމަކު 95 އިންޓަވިއު!
03 ޖޫން 2021

ޔޫރޯގެ ނަތީޖާ ލަފާކުރަން މުސްކުޅި އެތެއް

03 ޖޫން 2021
ޔޫރޯގެ ނަތީޖާ ލަފާކުރަން މުސްކުޅި އެތެއް
20 އޯގަސްޓު 2019

10 އަހަރުގެ ކައިވެނި ރޫޅާލަން ފިރިމީހާ ހުށައެޅީ "ލައްޑޫ" ނޫން އެއްޗެއް ކާން ނުލިބޭ ކަމަށްބުނެ !

20 އޯގަސްޓު 2019
10 އަހަރުގެ ކައިވެނި ރޫޅާލަން ފިރިމީހާ ހުށައެޅީ "ލައްޑޫ" ނޫން އެއްޗެއް ކާން ނުލިބޭ ކަމަށްބުނެ !
11 އޮކްޓޯބަރު 2018

އާލިއާގެ އަތުން ކެޓްރީނާ އަތުލަން ބޭނުންވަނީ ކޮން އެއްޗެއް؟

11 އޮކްޓޯބަރު 2018
އާލިއާގެ އަތުން ކެޓްރީނާ އަތުލަން ބޭނުންވަނީ ކޮން އެއްޗެއް؟
04 އެޕްރީލު 2018

ޗެނިންގ ޓޭޓާމްއާއި ޖެނާ ޑުވާންގެ ވަރި: އަދިވެސް ވަރަށް ލޯބިވޭ، އެކަމަކު މި ވަގުތު ލޯބި ގެންދަނީ ދެ ދިމާލަކަށް

04 އެޕްރީލު 2018
ޗެނިންގ ޓޭޓާމްއާއި ޖެނާ ޑުވާންގެ ވަރި: އަދިވެސް ވަރަށް ލޯބިވޭ، އެކަމަކު މި ވަގުތު ލޯބި ގެންދަނީ ދެ ދިމާލަކަށް
23 ނޮވެމްބަރު 2017

"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟

23 ނޮވެމްބަރު 2017
"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟
19 އޯގަސްޓު 2017

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
05 އެޕްރީލު 2017

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް