Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

އާލިއާގެ އަތުން ކެޓްރީނާ އަތުލަން ބޭނުންވަނީ ކޮން އެއްޗެއް؟

ކެޓްރީނާ ބުނެފައި ވަނީ އޭނާގެ އެވޯޑްތައް ކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 07:08
ކެޓްރީނާ ކެއިފް އާއި އާލިއާ ބަޓް

ކެޓްރީނާ ކެއިފް އާއި އާލިއާ ބަޓް

މިދިޔަ އަންގާރަ ދުވަހު ފެށި ނޭހާ ދޫޕިއާގެ ޗެޓް ޝޯ "ނޯ ފިލްޓާ ނޭހާ" ގެ އާ ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ މެހެމާނެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ވަނީ ބައިވެރި ވެފައެވެ.

މި ޝޯގައި ކެޓްރީނާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ވެސް ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިންނާ ގުޅޭ ގޮތުން ވެސް ވަނީ ބައެއް ވާހަކަތައް ދައްކާފައެވެ.

އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ކެޓްރީނާގެ ކުރީގެ ލޯބި ވެރިއެއް ކަމަށްވާ ރަންބީރު ކަޕޫރު މިހާރު ރައްޓެހިވެގެން އުޅޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިއާ ބަޓާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކެވެ. ޝޯގައި އާލިއާގެ އަތުން އަތުލަން އެންމެ ބޭނުން ވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން ކެޓްރީނާ ބުނެފައި ވަނީ އޭނާގެ އެވޯޑްތައް ކަމަށެވެ.

އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ ސަލްމާން ޚާންގެ އަތުން އަތުލަން އެންމެ ބޭނުން ވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން ކެޓްރީނާ ބުނެފައި ވަނީ އޭނާގެ މަޝްހޫރު ކަމާއި ސަލްމާންގެ ފޭނުންގެ ފަރާތުން ލިބޭ ލޯބި ކަމަށެވެ.

ކެޓްރީނާ މިވަގުތު ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ދިވާލީގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ގައެވެ. އެފިލްމްގައި އޭނާ އަދާކުރަނީ ސުރައްޔާ ޖާންގެ ރޯލެވެ. މި ފިލްމްގައި ކެޓްރީނާ ފެނިގެން ދާނީ އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝައިޚް އަދި އާމިރް ޚާނާ އެކުގައެވެ. ކެޓްރީނާ މިހާރު މަސައްކަތް ކުރަމުންދާ އަނެއް ބޮޑު ޕްރޮޖެކްޓަކީ ސަލްމާން ޚާންގެ ފިލްމް "ބާރަތު" އެވެ. އެފިލްމަށް ކެޓްރީނާ ހަމަޖައްސާފައި ވަނީ އެ ފިލްމުގައި ލީޑްރޯލް ކުޅުމަށް ޕްރިޔަންކާ ޗޯޕްޅާ އެއްބަސް ވުމަށް ފަހު އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އެންޖޭގެ ކުރުމަށްޓަކައި މި ފިލްމް ދޫކޮށްލުމާއި ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

05 އެޕްރީލު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު