Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑިއާ

10 އަހަރުގެ ކައިވެނި ރޫޅާލަން ފިރިމީހާ ހުށައެޅީ "ލައްޑޫ" ނޫން އެއްޗެއް ކާން ނުލިބޭ ކަމަށްބުނެ !

20 އޯގަސްޓު 2019 | އަންގާރަ 09:33

ދެމަފިރިންގެ 3 ދަރިން ތިބޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޯގަސްޓު 2019 | އަންގާރަ 09:33
އިންޑިއާގެ މަޝްހޫރު ފޮނިކާއެއްޗެއް ކަމަށްވާ ލައްޑޫ

އިންޑިއާގެ މަޝްހޫރު ފޮނިކާއެއްޗެއް ކަމަށްވާ ލައްޑޫ

ކެއުމަށް "ލައްޑޫ" ނޫން އެއްޗެއް ނުލިބޭ ކަމަށް ބުނެ އިންޑިއާގެ ފިރިހެނަކު އޭނާގެ 10 އަހަރުވީ ކައިވެނި ރޫޅާލަން ފެމިލީ ކޯޓަށް ހުށައަޅައިފިއެވެ.

އިންޑިއާގެ އުތްރަޕްރަދޭޝްގައި ހިނގި މިހާދިސާގައި ފިރިމީހާ އޭނާގެ 10 އަހަރުވީ ކައިވެނި ރޫޅާލަން ފެމިލީ ކޯޓަށް ހުށައެޅުމާ ގުޅިގެން ކޯޓުގެ މުވައްޒަފުން ވެސް ތިބީ ބޮޑު ހައިރާންކަމެއްގެ ތެރޭގައި ކަމަށް ރިޕޯރޓްތައް ބުނެއެވެ. އެގޮތުން ފިރިމީހާއާ ހަވާލާދީ ރިޕޯރޓްތައް ބުނާގޮތުން އޭނާއަށް ދުވާލަކު ކެއުމަށް ލިބެނީ އެންމެ 8 ލައްޑޫއެވެ.

އަވަށްޓެރި އިންޑިޔާއިން މަޝްހޫރުވެ މިހާރު ދިވެހި ރާއްޖޭގައި ވެސް ވަރަށް އާންމުކޮށް ބޭނުންކުރަމުންދާ ފޮނިކާއެއްޗެއް ކަމަށްވާ ލައްޑޫއަކީ ހަކުރު ގިނަ ކާ އެއްޗެކެވެ. އަދި މިއީ އެއްފަހަރާ އެހާ ގިނައިން ކެއުން އެދެވޭ އެއްޗެއް ނޫން ނަމަވެސް އިންޑިއާގެ "ތަންތްރިކް" ނުވަތަ ބުޑިސްޓުންނާއި ހިންދޫއިން ތަބާވާ ފާދިރީއެއްގެ ލަފާގެ މަތިން އޭނާގެ އަނބިމީހާ ކޮންމެ ދުވަހަކުވެސް ފިރިމީހާއަށް ލައްޑޫ ކާންދޭން ފަށާފައިވަނީ ފިރިމީހާގެ ދިރިއުޅުން އޭގެ ސަބަބުން ރަނގަޅުވެ ދިރިއުޅުން ބާއްޖަވެރިވާނެ ކަމަށް ޤަބޫލު ކޮށްގެންނެވެ.

އެގޮތުން ހެނދުނު ގަޑީގައި 4 ލައްޑޫ އަދި ހަވީރު 4 ލައްޑޫގެ އިތުރުން ފިރިމީހާއަށް އިތުރު އެއްވެސް ކާއެއްޗެއް ނުދޭ ކަމަށް ފިރިމީހާ ވަނީ ކޯޓުގެ ފެމިލީ ކައުންސިލުގައި ބުނެފައެވެ.

އެގޮތުން 10 އަހަރުވީ މި ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާއިރު، އެ ދެމަފިރިންގެ 3 ދަރިން ވެސް ތިބެއެވެ.

އަޅުކަން ކުރުމަށްޓަކައި ވަރަށް ގިނަ ބޯދާ ޤަބޫލުކުރުންތަކަށް ތަބާވެ މިފަދަ ފާދިރީންގެ ބަހަށް ހެއްލިގެންދާ ގިނަ ބަޔަކު އިންޑިއާގެ އެކި ހިސާބުތަކުގައި އަދިވެސް އުޅޭއިރު، މި މައްސަލަ ބެލި ކައުންސިލުން ވެސް ބުނީ، އަނބިމީހާއާއި އޭނާގެ މުޅި އާއިލާ ވެސް އެ ތަންތްރިކްގެ ބަސް ޤަބޫލުކުރާ ކަމަށާއި، އޭގެ ސަބަބުން ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި އެއީ "ބޯދާ ޤަބޫލުކުރުމެއް" ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
22 އެޕްރީލު 2017

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު
17 އެޕްރީލު 2017

ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

17 އެޕްރީލު 2017
ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟
15 އެޕްރީލު 2017

މީރާއާއި ފާލިހު ކައިވެނިކޮށްފި

15 އެޕްރީލު 2017
މީރާއާއި ފާލިހު ކައިވެނިކޮށްފި
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
05 އެޕްރީލު 2017

މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި

05 އެޕްރީލު 2017
މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި
24 މާރިޗު 2017

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

24 މާރިޗު 2017
ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް