Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދިގު ކަންފަތެއް ލިބިފައިވާ ޅަ ބަކަރިއެއް

އުމުރުން އެންމެ 34 ދުވަސް، އެކަމަކު 95 އިންޓަވިއު!

އެ ސޮރުގެ ކަންފަތުގައި ހުރީ 19 އިންޗި ނުވަތަ 48 ސެންޓިމީޓަރެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޖުލައި 2022 | އާދީއްތަ 06:32
ސިމްބާގެ ތަފްސީލުތައް، ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓަމުންދާ ގިނިސްއާވެސް ވަނީ ހިއްސާކޮށްފައި

ސިމްބާގެ ތަފްސީލުތައް، ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓަމުންދާ ގިނިސްއާވެސް ވަނީ ހިއްސާކޮށްފައި

އަދުގެ ދުނިޔޭގެ އެންމެ އަގުބޮޑު ޕްލެޓްފޯމްތަކުގެ ތެރޭގައި ގުނާ ލެވޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބައެއް ތަރިންގެ ވިދުން ގަދަވެގެން ދަނީ ބުރު ސޫރައިގެ ރީތި ކަމުންނެވެ. ނުވަތަ ޖަހާ ޖޯކެއްގެ ސަބަބުން ވީޑިއޯއެއް ވައިރަލް ވެގެންނެވެ. ތަފާތު ވާހަކައެކެވެ. މިއީ "ސިމްބާ" ނަމަކަށް ކިއާ، ޅަ ބަކަރިއެއްގެ ވާހަކައެވެ.

ސޯޝަލް މީޑިއާގެ ތަރިއަކަށް ސިމްބާ ވީ ކިހިނެއް ހެއްޔެވެ؟ ސަބަބު ވަރަށްވެސް ހައިރާން ކުރުވައެވެ. "ސިމްބާ" އަކީ އާދައިގެ ޖަނަވާރެއް ނޫނެވެ. ސޯޝަލް މީޑިއާގެ ފާލަން މަތިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސިމްބާގެ ވާހަކަ ދަތުރު ކުރީ، ގުދުރަތުން އެ ސޮރަށް ލިބުނު އާދަޔާ ހިލާފު، ދިގު، ކަންފަތުގެ ސަބަބުންނެވެ.

އަވަށްޓެރި ޕާކިސްތާނުގެ ކަރާޗީއަށް ސިމްބާ އުފަންވީ ޖޫން 4 ވަނަ ދުވަހުއެވެ. ޔޫޓިއުބްއާއި އެނޫންވެސް އެކި ޕްލެޓްފޯމްތަކުގައި ސިމްބާގެ ނަން ގުގުމަން ފެށީ އެސޮރުގެ ދިގު ކަންފަތުގެ ސަބަބުންނެވެ. ސިމްބާގެ ކަންފަތުގައި މިހާރު 22 އިންޗި އެބަހުއްޓެވެ. އަދިވެސް ދަނީ އިތުރަށް ދިގު ވަމުންނެވެ.

ސިމްބާ ބަލަހައްޓަމުން ދާ މުޙައްމަދު ޙަސަން ނަރީޖޯ ވަނީ ސިމްބާގެ ތަފްސީލުތައް، ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓަމުންދާ ގިނިސްއާވެސް ހިއްސާ ކޮށްފައެވެ.

މި ދުނިޔެއަށް ސިމްބާ އުފަންވީ އިރު، އެ ސޮރުގެ ކަންފަތުގައި ހުރީ 19 އިންޗި ނުވަތަ 48 ސެންޓިމީޓަރެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 3 އިންޗި ދިގުވިއިރު، އަދިވެސް ކަންފަތް ދިގުވުން ނުހުއްޓެއެވެ. ވީހާވެސް މިނިވަންކަމާއެކު ދުވެ އުޅެވޭނެ ގޮތް ސިމްބާއަށް ފަހި ކޮށްދިނުމުގެ ގޮތުން ނަރީޖޯ ވަނީ، ވެލްވެޓް ފޮތިން ސިމްބާއަށް ހާއްސަ އުރައެއްވެސް ތައްޔާރުކޮށްދީފައެވެ.

ކަރާޗީ އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ނަރީޖޯއަކީ ބަކަރި ހުއިހައްޕާ، އާލާ ކުރުމަށް ލޯބި ކުރާ ޒުވާނެކެވެ. ސިމްބާއާ މެދުވެސް އޭނާ ކުރަނީ ފޮނި އުއްމީދުތަކެކެވެ.

ވަޒީފާ އަދާކުރަމުން ބަކަރި ގެންގުޅޭ ނަރީޖޯގެ ހާއްސަ ސިމްބާއަށް ދުވާލަކު 3 ފަހަރު ކިރު ދެއެވެ. އަދި ސިމްބާއަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމަށް، ކުރެވެން އޮތްހާ ކަމެއް ކޮށް، އެޅެން އޮތްހާ ފިޔަވަޅެއް އަޅައެވެ.

އެންމެ ދިގު ކަންފަތް ލީ ބަކަރީގެ ރެކޯޑަކީ ގިނިސްއިން ބަލަހައްޓަމުން ދާ ރެކޯޑެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ނަރީޖޯއަކަށް ޔަޤީނެއް ނޫނެވެ. ނަމަވެސް އޭނާ ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ.

ދިގު ކަންފަތެއް ލިބިފައިވާ ޅަ ބަކަރިސިމްބާޅަ ބަކަރި

ކޮމެންޓް

އިތުރަށް ކިޔާލަން

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު