Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ތަރައްގީ

ތަރައްގީއަށްޓަކައި އައްޑޫގައި 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިދަނީ އިންވެސްޓްކުރަމުން: ރައީސް

ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރައްގީ ހުށަހެޅީީ ޚުދު އެމްޑީޕީން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2023 | ބުރާސްފަތި 17:48
އެމްޑީޕީން އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން

އެމްޑީޕީން އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން

ތަރައްގީއަށްޓަކައި އައްޑޫގައި 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކުރާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ރާއްޖެ މިދެކޭ ބަދަލު ގެންނަންފެށީ އައްޑޫ ސިޓީން ކަމަށެވެ. 2018ގައި ވެސް ކެމްޕެއިން ނިންމަވާލެއްވީ އައްޑޫ ސިޓީން ކަން ފާހަގަކުރައްވައި ރައީސް ވަނީ، އައްޑޫއަކީ މި ސަރުކާރާާއި އެމްޑީޕީއަށް މުހިންމު ތަނެއްކަަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރައްގީ ހުށަހެޅީީ ޚުދު އެމްޑީޕީން ކަމަށެވެ.

މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް ތަނަކީ އައްޑޫކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އައްޑޫއަށް ކުރާ އިންވެސްޓްމެންޓަކީ ބޭކާރުވެގެންދާނެ އެއްޗެއްކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އެ ޚަރަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި އުފާވެރި މާދަމާއެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އައްޑޫގެ ޓުއަރިޒަމް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ހަންކެޑެ މަޝްރޫއަކީ އައްޑޫއަށް އުންމީދީ މަޝްރޫއެއްކަަމަށެވެ. އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށާއި އެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު 8000 އެނދުގެ ވައުދު ފުދިގެންދާތަން ލަސްތަކެއްނުވެ ފެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޝަންގްރިއްލާ ބަންދުކޮށްފައި އޮތް އޮތުމަށް ހައްލު ގެނައުމަށްޓަކައި، އެތަން ހިންގުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި އެތަން ހުޅުވޭވަރުވާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ބިން ހިއްކުމާއި، މަގު ހެދުމާއި، ގަން އެއަރޕޯޓާއި، ހުޅުމީދޫ މަސް ފެކްޓްރީގެ ކެޕޭސިޓީ ބޮޑުކުރުންފަދަ މުހިންމު މަސައްކަތްތައް އައްޑޫގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ހަތަރު އަހަރުގެ ތެރޭގައި، 30 އަހަރުގެ ތެރޭގައި ރާއްޖެއަށް ނުގެންނަ ވަރަށް ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު