Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ޕްރައިމަރީ

އެމްޑީޕީގެ ސިޔާސަތުތަކަކީ އެއްވެސް މީހެއްގެ ފިކުރީ މުދަލެއް ނޫން: ނިޒާރު

ޕާޓީގެ ސިޔާސަތުތަކަކީ ވަކި މީހަކަށް އެކަނި ނިސްބަތްވާ ކަމެއް ކަމަށް ދެއްކުމަކީ، ޑިމޮކްރެޓިކް ހަމަތަކުން ބަލާއިރު ޕާޓީގެ ވިސްނުމާ ފުށުއަރާ ކަމެއްކަން ނިޒާރު ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2023 | ބުރާސްފަތި 16:54
އެމްޑީޕީން އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން

އެމްޑީޕީން އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ސިޔާސަތުތަކަކީ އެއްވެސް މީހެއްގެ ފިކުރީ މުދަލެއް ނޫންކަމަށާއި އެއީ ޕާޓީގެ ކޮންމެ މެމްބަރެއްގެ ހައްގެއްކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެެވެ.

އައްޑޫގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވަނީ، އެމްޑީޕީއަކީ އެ ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން އާއްމުންނަށް އެތައް ފައިދާއެއް ކުރި ޕާޓީއެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެކަނިވެރި މައިންނަށް އެލަވަންސް ދިނުމާއި، ޓެކްސްގެ ސިޔާސަތާއި، އާސަންދަފަދަ ކަންކަން ކޮށްފައިވާކަން ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ނިޒާރު ވިދާޅުވީ އެފަދަ ހުރިހާ ސިޔާސަތުތަކަކީވެސް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެގެން އެކުލަވާލި އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. އެހެންނަމަވެސް އެ ކަންކަމަކީ ހަމައެކަނި އެންމެ މީހެއްގެ އެއްޗެއްކަަމަށް ދެއްކުމަކިީ ރަނގަޅު ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީގައި ކުރިއަށް އޮތްތަކުގައި ލީޑަރުންނަށް ވާން ތިބި ފަރާތްތަކާއި މިހާރު ލީޑަރުންގެ ގޮތުގައި ތިބި ފަރާތްކުންވެސް އެކަން ބަލަންޖެހޭ ކަމަށް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޕާޓީގެ ސިޔާސަތުތަތަކީ ވަކި މީހަކަށް އެކަނި ނިސްބަތްވާ ކަމެއް ކަމަށް ދެއްކުމަކީ ޑިމޮކްރެޓިކް ހަމަތަކުން ބަލާއިރު ޕާޓީގެ ވިސްނުމާ ފުށުއަރާ ކަމެއްކަން ނިޒާރު ފާހަގަކުރެއްވިއެވެ.

ނިޒާރުގެ ވާހަކަފުޅުގައި ވަނީ، ކޯލިޝަނާއެކު ވެރިކަންކުރުމަކީ އެމްޑީޕީގެ ފިކުރު ނޫންކަމަށް ބުނާތީ އެކަމަށްވެސް ރައްދު ދެއްވާފައިވެއެވެ. އޭނާ ވިދާޅުވީ ކޯލިޝަނާއެކު ވެރިކަން ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ލިޔެވިފައި ނެތް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވާއިރު، އެމަނިކުފާނު ދައުރު ނިންމަވަނީ ކޯލިޝަނާއެކު ކަން ނިޒާރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސް ސާލިހަކީ ތަފާތު ދައްކަވާފައިވާ ބޭފުޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް ގެނެސްފައިވަނީ ވަރަށް ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުން ކަމަށެވެ. 2018 ވަނަ އަހަރުވެސް އެމްޑީޕީ ވެރިކަަމަށް ގެނައީ އެތައް ބަޔަކު ވީ ގުރުބާނީގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސާލިހު ހޮވިވަޑައިގެންފިނަމަ އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑަައިނުގަންނަވާނެ ކަމަށް، އެމަނިކުފާނާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ހިތްޕުޅުގައި ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް ޞާލިހާއެކު ހުންނެވީ އެމަނިކުފާނަކީ، އައްޑޫއަށް ވެވަޑައިގެންނެވި ވައުދުތައް އެންމެ ފުރިހަމައަށް ފުއްދަވައިދެއްވާފައިވާ ބޭފުޅާއަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ސާލިހަށް ޕްރައިމަރީއަކާ ނުލައިވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުން ހައްގު ކަމަށެވެ. އައްޑޫއަށް ރައީސް ޞާލިހު ކޮށްދެއްވާ ކަންކަމުގެ ފައިދާ ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށާއި، އައްޑޫ އާރާސްތުވާނީ އެކަންކަމުގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު