Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޕްރައިމަރީ

އަމާޒަކީ ބޭންކް އެކައުންޓް ދެގުނަ ކޮށްދިނުން: ރައީސް ނަޝީދު

ޒުވާނުން ބޭނުންވަނީ ފުދޭ އާމްދަނީއަކާއެކު، ދިރިއުޅެވޭނެ ގޮތެއް ހޯދަންކަމަށް ރައީސް ނަޝީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2023 | ބުރާސްފަތި 13:18
ރައީސް ނަޝީދު

ރައީސް ނަޝީދު

އަމާޒަކީ ބޭންކް އެކައުންޓް ދެގުނަ ކޮށްދިނުން ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ޒުވާނުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ދައުލަތުގެ އާމްދަނީ އިތުރުވި ނިސްބަތާއި ރައްޔިތުންގެ އާމްދަނީ އިތުރުވި ނިސްބަތުގައި ވަރަށް ބޮޑު ފަރަގެއް އެބަހުރި ކަމަށާއި، އެއީ އެކަން އޮންނަންޖެހޭ ގޮތެއް ނޫން ކަމަށެވެ. ގޭބިސީއަކަށް ޖެހޭ އާމްދަނީގެ ނިސްބަތާއި ގައުމީ އާމްދަނީގެ ނިސްބަތް އިތުރުކުރަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެކަމަށް ހައްލު ގެނެސްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވަނީ، ޒުވާނުން ބޭނުންވަނީ ފުދޭ އާމްދަނީއަކާއެކު ދިރިއުޅެވޭނެ ގޮތެއް ހޯދަންކަން ފާހަގަކުރައްވާފައެވެ. މިހާރަށްވުރެ ހަމަޖެހޭ ފުުދުންތެރި ދިރިއުޅުމެއް ޒުވާނުން ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބަލާއިރު، ޒުވާނުން ގިނައިން ހަރަކާތްތެރިވާ ސިނާއަތްތަކުގެ އާމްދަނީ ރަނގަޅު ނުވުމަކީ ޒުވާނުންގެ ވަރަށް ބޮޑު ޝަކުވާއެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވި ރަނގަޅު ސިޔާސަތުތަކަކާއެކު މަސައްކަތްކޮށްފިނަމަ ދިވެހިންގެ އާމްދަނީއާއި ޖީބަށް ވަންނަ އެއްޗެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި ބޭންކް އެކައުންޓުގައި ހުރި އެއްޗެއް މިއަދަށްވުރެ ރަނގަޅު ކުރެވޭނެ ގޮތަކީ ކޮބައިތޯ ހޯދަންޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރަނގަޅު ދިރާސާއެއްކޮށް އާމްދަނީ އިތުރު ނުކުރެވި އޮތް ސަބަބު ހޯއްދަވައިގެން އެ މައްސަލައަށް ހައްލު ގެންނަވާނެކަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު