Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިނގިލި-ކޫއްޑޫ ބްރިޖް

ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހަދަން ހަވާލުކޮށްފި

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 21،404،736 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖެނުއަރީ 2023 | ބުރާސްފަތި 13:36
ވިލިނގިލި-ކޫއްޑޫ ބްރިޖު މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިލިނގިލި-ކޫއްޑޫ ބްރިޖު މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގއ. ވިލިނގިލީ ރައްޔިތުން އިންތިޒާރުކުރަމުން އައި، ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހަދަން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ލކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

Advertisement - newsAdvertisement

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 21،404،736 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މިއީ، ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމަށްޓަކައި، މި މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދިއުމަށް ތައްޔާރުކުރަންޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލާ ބްރިޖަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސާލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޫއްޑޫއާއި ވިލިނގިލި ގުޅާލެވޭނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެކަން ވިލިނގިލީ ރައްޔިތުންނަށް ފެނިގެންދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2019

ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެފްއައިޔޫ އިން ފަށައިފި

28 އެޕްރީލު 2019
ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެފްއައިޔޫ އިން ފަށައިފި
10 ފެބުރުއަރީ 2019

ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ދައްކާނަން: ވެމްކޯގެ އެމްޑީ

10 ފެބުރުއަރީ 2019
ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ދައްކާނަން: ވެމްކޯގެ އެމްޑީ
13 ޑިސެމްބަރު 2018

ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!

13 ޑިސެމްބަރު 2018
ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!
18 ނޮވެމްބަރު 2018

ބްރިޖުގެ ދެކުނުފަޅި މިއަދު ވެސް ބަންދު ކުރަނީ

18 ނޮވެމްބަރު 2018
ބްރިޖުގެ ދެކުނުފަޅި މިއަދު ވެސް ބަންދު ކުރަނީ
01 އެޕްރީލު 2018

ބްރިޖުގެ ސުޕަ ސްޓްރަކްޗާއިން ގުޅުވާލެވޭ ދެ ތަނބު ރޭ ގުޅުވާލައިފި

01 އެޕްރީލު 2018
ބްރިޖުގެ ސުޕަ ސްޓްރަކްޗާއިން ގުޅުވާލެވޭ ދެ ތަނބު ރޭ ގުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު