Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޭއީޑީޕީ ޕްރޮޖެކްޓް

(އޭއީޑީޕީ) ޕްރޮޖެކްޓް އެކުލަވާލާފައި ވަނީ އެއްވެސް ކުއްޖަކު ތައުލީމުން މަހްރޫމް ނުވާނެހެން ވިސްނައިގެން: މިނިސްޓަރު

މި ޕްރޮޖެކްޓުގެ އަގަކީ 10 މިލިއަން ޑޮލަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2023 | ބުރާސްފަތި 03:15
އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފި

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފި

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އެކުލަވާލާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތައް ފަދަ ކަމެއްގެ ސަބަބުން އެއްވެސް ކުއްޖަކު ތައުލީމުން މަހްރޫމް ނުވާނެހެން ވިސްނަވައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭއީޑީޕީ ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވާފައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވޯލްޑް ބޭންކު ހިމެނޭހެން އެކުލަވާލާފައިވާ މި ޕްރޮޖެކްޓުގެ އަގަކީ 10 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ސެކަންޑްރީ މަރުހަލާގައި ތައުލީމު ހާސިލްކުރާ ކުއްޖަކު އުނގެނުން ދޫކޮށްލުމުގެ ފުރުސަތު އޮތް ކުދިންނަަށް މި ޕްރޮޖެކްޓުގެ ޒަރީއާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ހުރިހާ ދާއިރާއަކަށް ވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި އާޓް ފެސިލިޓީއެއް ޤާއިމްކުރުމަކީ އުނދަނގޫކަމެއްކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދަށް އައުމަކާއި ނުލާ ދަރިވަރުންނަށް އެކަށީގެންވާ ވަސީލަތްތައް ލިބޭކަން ކަށަވަރުކުރަން މަސައްކަތްކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އައިސީޓީ އަދި ސައިންސް ލެބާއި ވޮކޭޝަނަލް އެޑިއުކޭޝަން ލެބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕްރޮޖެކްޓް އިންޓަރވެންޝަންތަކުގެ ދާއިރާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާންމު ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ ކޮލިޓީ އެޝުއަރަންސަށް މިޕްރޮޖެކްޓުން އަހަންމިއްޔަތުކަމެއް ދެއެވެ. މިގޮތުން ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ)ގެ އެކްސްޓަރނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަކީވެސް މިޕްރޮޖެކްޓްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެކެވެ.   

މި ޕްރޮޖެކްޓްގެ ދަށުން ސާނަވީ ގްރޭޑްތަކުގައި ޕްރޮޖެކްޓްގައި ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި ސްކޫލް ރިވިއު ރިޕޯޓުގައި ފާހަގަކުރާ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ކޮންމެ ސްކޫލަކަށް 'ސްކޫލް ގްރާންޓް' ދިނުމަށްވެސް މަސައްކަތް ކުރެވިގެން ދާނެއެވެ.  

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
16 ފެބުރުއަރީ 2017

ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި

16 ފެބުރުއަރީ 2017
ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު