Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލޭގައި މިނީ ބަހުގެ ޚީދުމަތް ފެށުން

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން: ހަތަރު ދުވަހުން 8000 ވުރެ ގިނަ ފަސިންޖަރުން

މިހާތަނަށް 8،105 މީހުން ވަނީ ބަހުގެ ޚިދުމަތް ހޯދާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ޖެނުއަރީ 2023 | ބުދަ 10:08
ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން

ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ވިލިމާލޭގައި ފެށި މިނީ ބަހުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން "ރާއްޖެ އެމްވީ" އާ ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށިތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި 8،105 މީހުން ވަނީ އެ ޚިދުމަތް ހޯދައިފައެވެ. ވިލިމާލޭގައި އެމްޓީސީސީން މިނީ ބަހުގެ ޚިދުމަތް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށިފަހުން ކޮންމެ ދުވަހަކު އެ ޚިދުމަތް ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން، ހުކުރު ދުވަހު 462 މީހުން ޚިދުމަތް ހޯދާފައިވާއިރު ހޮނިހިރު ދުވަހު 1،733 މީހުން، އާދީއްތަ ދުވަހު 2،517 މީހުން އަދި ހޯމަ ދުވަހު 3،393 މީހުން ވަނީ އެ ޚިދުމަތް ހޯދައިފައެވެ.

އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފުރަތަމަ ދެ ހަފުތާގައި ދެމުންދާނީ ހިލެއެވެ. އެއީ ބަސް ރޫޓުތަކަށާއި ޝެޑިއުލްތަކަށް އާއްމުން ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ. އެހެންކަމުން އަންނަ ހަފުތާ ނިމެންދެން ވިލިމާލޭގައި ބަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތުން ނަގާނެ އަގު މިހާތަނަށް ކަނޑައަޅާފައި ނުވެއެވެ. ނަމަވެސް އަގު ނަގަން ފެށުމުން ވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދައްކައިގެން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ދުއްވާ ސަރަހައްދަކަށްވާތީ އެމްޓީސީސީން އެތަނުގައި ޚިދުމަތް ދޭން ބޭނުން ކުރަނީ އިލެކްޓްރިކް ބަހެވެ. އެގޮތުން މި ޚިދުމަތް ދޭން ހަ އިލްކެޓްރިކް ބަސް ބޭނުން ކުރާއިރު މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން އަދި އިތުރު ހަތަރު މީހުންނަށް ކޮޅަށް ހުރެ ދަތުރު ކުރެވޭނެއެވެ. މި ބަސްތަކަކީ ވީލްޗެއާއެކުވެސް ފަސޭހަކަމާއެކު އަރައި ފޭބޭގޮތަށް ހުންނަ ބަސްތަކެކެވެ.

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު އަންނަ މަހު ބަގީގެ ޚިދުމަތް ފަށަން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމާފައެވެ. ކައުންސިލުން ވަނީ ބަގީގެ ޚިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް މިނީ ބަހުގެ ޚިދުމަތް ފެށުމުން އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ވިލިމާލޭގެ މެމްބަރު އަދި ވިލިމާލޭގެ ގިނަ ބަޔަކު ބޭނުންވަނީ ބަގީއާއެކު އާރުޓީއެލްގެ ބަހުގެ ޚިދުމަތް އެ ސަރަހައްދަށް ވެސް ލިބިގެންދިއުމެވެ.

އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 05:35 އިން ރޭގަނޑު 00:00 އަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ. ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކުން ވެސް ފަސް މިނިޓާއި 10 މިނިޓާ ދޭތެރޭގެ ވަގުތުކޮޅެއްގައި ލިބޭނެއެވެ..

ބަސް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާފައި ވަނީ ރައްޔިތުން އެންމެ ގިނައިން ދާންޖެހޭ ސަރަހައްދުތައް ދެނެގަތުމަށްފަހު ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެގޮތުން ސްކޫލުތަކާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗުތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު