Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްޑީޕީ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ އިންތިޚާބުތަކުން ރައީސް ޞާލިޙަށް "ހެޓްރިކް" ހެދި ދާނެތަ؟

ރައީސް ޞާލިޙު ވަނީ ޤައުމީ މަޖިލީހުގެ އިންތިޚާބާއި، ޗެއާޕާސަން އިންތިޚާބުގައި ކުރި ހޯއްދަވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2023 | ބުދަ 15:45
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

ވެރިކަން ކުރާ މައި ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ، މިހާރު މި ވަނީ އިންތިޚާބަށް ތިން ދުވަހަށް ވެފަ އެވެ.

މިއީ ހުރިހާ ގޮތަކުން ވެސް އެމްޑީޕީ އަށް ޚާއްސަ އިންތިޚާބެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓަށް ވާދަކުރައްވަނީ ޒަމާންވީ ދެ ރަޙުމަތްތެރިންނެވެ. ކުޑައިރުއްސުރެ "ބެސްޓްފްރެންޑްސް"ގެ ގޮތުގައި ތިއްބެވި ދެ ސިޔާސީ ލީޑަރުންނެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ. މިއީ އެމްޑީޕީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބޭއްވޭނެ އެންމެ ފޯރި ގަދަ، އެންމެ ވާދަވެރި އިންތިޚާބެވެ. މި އިންތިޚާބުގެ ކެމްޕެއިން ފަށައިގެން އައިސް، ދެ ލީޑަރުން މައިދާނަށް ނިކުންނަވައި ވަރަށް ވާހަކަ ވެސް ދައްކަވައިފި އެވެ. ދެ ބޭފުޅުންގެ ޓީމު މެމްބަރުންނާއި ހަމައިން ގޮސް، ސީދާ ދެ ރައީސުންގެ ބަހުގެ ހަމަލާތައް ފޮނުވާލަން ފަށައިފި އެވެ.

މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައީސް ޞާލިޙަށް ތިން ވަނަ އިންތިޚާބު ކާމިޔާބުކޮށް "ހެޓްރިކް" ހެދިދާނެތޯ އެވެ. ރިޔާސީ ޕްރައިމަރީގެ ކުރިން އޮތް ދެ އިންތިޚާބު ރައީސް ޞާލިޙުގެ ފަޅިން ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ބޭއްވީ އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިޚާބެވެ. ދެ ރައީސުން ފާޅުގައި ނުނިކުންނެވި ނަމަވެސް، މި އިންތިޚާބުގައި ވާދަކުރެއްވީ ދެ ރައީސުންގެ ކެންޑިޑޭޓުންނެވެ. މި އިންތިޚާބު ކާމިޔާބުކޮށް، ރައީސް ޞާލިޙު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ހޯއްދަވައިފަ އެވެ. އެއާ ވިދިގެން ދެން އައީ ޗެއާޕާސަަން އިންތިޚާބެވެ. މި އިންތިޚާބުގައި ވެސް ވާދަކުރެއްވީ ދެ ރައީސުންގެ އަރިސް ދެ ބޭފުޅުންނެވެ. ރައީސް ނަޝީދުގެ ރިޔާސީ ކެމްޕެއިންގައި ވެސް އިސްކޮށް އުޅުއްވައި މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ދެން ވާދަކުރެއްވީ ރައީސް ޞާލިޙަށް ދެ ވަނަ ދައުރެއްގެ ޓިކެޓު ޙައްޤު ކަމަށް ބުނަމުން އައި އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛް ފައްޔާޟް އިސްމާއީލް އެވެ. މި އިންތިޚާބުގައި ވެސް ދެ ރައީސުން މާ ބޮޑަށް މައިދާނަން ނުނިކުނެންވި ނަމަވެސް، ދެ ރައީސުންގެ ގެންދެވީ އެ ބޭފުޅަކު ތާއީދު ކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރައްވަމުންނެވެ. މިފަހަރު ވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޞާލިޙު އެވެ. އެމަނިކުފާނުގެ ތާއީދާ އެކު ނިކުންނެވި މިނިސްޓަރު ފައްޔާޟް އެވެ. ދެ ވަނަ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، މިހާރު ރައީސް ޞާލިޙު ނިކުންނަވައި އެ ހުންނެވީ ތިން ވަނަ އިންތިޚާބު ކާމިޔާބު ކުރެއްވުމަށެވެ.

ނަމަވެސް، މި އިންތިޚާބުގައި ވާދަކުރައްވައި ރައީސް ނަޝީދު ވިދާޅުވަނީ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. މިހާރު ރައީސް ނަޝީދު ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބު ވެއްޖެ ކަމަށާއި، ދެން މަސައްކަތް ކުރައްވާނީ ރިޔާސީ އިންތިޚާބަށް ކަމަށެވެ، އެނެއްކޮޅުން ދެ އިންތިޚާބު ކާމިޔާބުކޮށްގެން ހުންނެވި ރައީސް ޞާލިޙު ވިދާޅުވަނީ ސިޔާސީ ޙަޔާތުގައި އެމަނިކުފާނު މިހާތަނަށް އެތައް އިންތިޚާބެއް ކާމިޔާބުކޮށްފައިވާނެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިޚާބާއި، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެއްވި ވާހަކަ އެވެ. ރައްޔިތުންގެ ތާއީދާއި، ވޯޓު ހޯއްދަވާނެ ގޮތް ވަރަށް ރަނގަޅަށް އިނގިލައްވާ ވާހަކަ އެވެ. ރައީސް ޞާލިޙު ކެމްޕެއިންގައި ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ބޮޑުތަނުން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް އެމްޑީޕީގެ ޕްރައިމަރީ އަކީ ވަރަށް ވެސް ޝައުޤުވެރިކަން ބޮޑު އިންތިޚާބެކެވެ. އެމްޑީޕީގެ ކުރިމަގު ވެސް ކަނޑައެޅިގެންދާނެ އިންތިޚާބެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ. ޚާއްސަކޮށް ދެ ރައީސުންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކާއި، ދެބަސްވުންތަކާއެކު މި އިންތިޚާބަށްފަހު އެމްޑީޕީ އެކުގައި އޮވެދާނެތޯ ވެސް ދަނީ ސުވާލު ކުރަމުންނެވެ. ރައީސް ނަޝީދު އަންނަނީ ފާޅުގައި ރައީސް ޞާލިޙާ ދެކޮޅު ކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ޕްރައިމަރީން ރައީސް ޞާލިޙު މޮޅުވިޔަސް ރައީސް ޞާލިޙުގެ ފަހަތަށް ނާރާނެ އެވެ. އެކަމުގެ ތެރެއިން ނުސީދާ ގޮތެއްގައި ރައީސް ނަޝީދު އަންނަނީ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ ވާހަކަ ދައްކަމުންނެވެ. އެވާހަކަތަކަށް ރައީސް ޞާލިޙު ރައްދު ދެއްވީ "ރައީސް ޔާމީން އޯކޭ އެއް ނޫން" ކަމަށް ވިދާޅުވެ އެވެ. ދެން ކުރިއަށް ނެރުއްވީ އެކުގައި ކުރާނެ މަސައްކަތެއް ނޯންނާނެ ވާހަކަ އެވެ. އެމްޑީޕީ މެމްބަރުންނަށް ކުރިމަތިވި އަނދިރި، ކަޅު، ހިތްދަތި ދުވަސްތަކުގެ ވާހަކަ އެވެ.

މިކަމަށް ގޮތެއް ނިންމާނީ އެމްޑީޕީގެ އާންމު މެމްބަރުންނެވެ. އަންނަ ހޮނިހިރު ދުވަހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އަންނާނެ އެންމެ ބޮޑު އެއް ދުވަހެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަަކަށް އެމްޑީޕީން ނިކުންނާނީ ރައީސް ޞާލިޙާއެކުތޯ ނުވަތަ ރައީސް ނަޝީދާއެކުތޯ އެ ޕާޓީގެ މެމްބަރުން ނިންމާނެ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު