Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ

ރޭ ފުވައްމުލައް ސިޓީއަށް 102 މިލިމީޓަރުގެ ވާރޭ ވެހުނު

ހަފުތާ ބަންދުގައި މޫސުން ރަނގަޅުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2023 | އަންގާރަ 13:47
ފުވައްމުލައް ސިޓީ - ފައިލް ފޮޓޯ

ފުވައްމުލައް ސިޓީ - ފައިލް ފޮޓޯ

ރޭ ފުވައްމުލައް ސިޓީއަށް 102 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް, މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ މައުލޫމާތު ހިއްސާކުރައްވަމުން މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިއަރޮލަޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ރޭ މުޅި ރާއްޖެއަށްވެސް ބޯކޮށް ވިއްސާރަވި ކަމަށެވެ. އެންމެ ގިނައިން ވާރޭވެހުނީ ފުވައްމުލައް ސިޓީއަށް ކަމަށާއި، އެ ސިޓީއަށް 102 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އޭނާ ވިދާޅުވީ 100 މިލިމީޓަރުގެ ވާރޭ ވެހެނީ ވަރަށް މަދުން ކަމަށެވެ. މީގެ އިތުރުން ވަރަށް ގިނަ ރަށްރަށަށް ވިއްސާރަވިކަން ފާހަގަކުރައްވައި ހުސައިން ވަހީދު ވިދާޅުވީ، މާމިގިއްޔަށް 56 މިލިމީޓަރު، ށ. ކޮމަންޑޫއަށް 60 މިލިމީޓަރު، އަދި ދުވާފަރަށް 50 މިލިމީޓަރު ވާރޭ ވެހުނު ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބިލެއްދޫ، ނިލަންދޫ، އަދި އިތުރު ރަށްރަށަށް ވަރަށް ބޯކޮށް ވާރޭވެހުުނު ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށެވެ.

ވައި ހުރީ ދެކުނުގެ އަތޮޅުތަކުގައި 2 މޭލާ 5 މޭލާ ދެމެދުގައި ކަމަށާއި، ކަނޑުތައް މަޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުތުރަށް ވައިޖެހޭނީ 8 މޭލާ 18 މޭލާ ދެމެދު ކަމަށާއި، އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯކޮށް ވާރޭ ވެހެނީ ވައި މަޑުކޮށް އުޅޭތީ ކަމަށާއި، ބޮޑެތި ވިލާގަނޑު އުފެދިފައި ހުރީކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިރުވައި މުސުމުގައި މިހެން ދިމާވާ ކަމަށާއި، ދޭތެރެއަކުން ވާރޭ ވެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް އަހަރުތަކުގައި މި ދުވަސްވަރު ވިއްސާރަ ނުވިނަމަވެސް މިދިޔަ އަހަރުވެސް ވާރޭ ވެހުނު ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ލަންކާ ތިރިން އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކަމަށާއި، އިރުވައި މޫސުންވީމަ ވިއްސާރަ ދިގުލައިގެން ނުދާނެ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ. އަދި 2 ދުވަހެއްވަރު ވިއްސާރަވެފައި ބުރާސްފައްޗާއި ހުކުރުގައި ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ

ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި

ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި

02 ޖުލައި 2017
އަދީބާ ބައްދަލުކުރަން އެދުނު ސިޓީއަށް އަދިވެސް ޖަވާބެއް ނުލިބޭ!

އަދީބާ ބައްދަލުކުރަން އެދުނު ސިޓީއަށް އަދިވެސް ޖަވާބެއް ނުލިބޭ!

02 ޖުލައި 2017
ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު

ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު

02 ޖުލައި 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު