Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯ

އެޕާޓްމަންޓެއްގެ ދޮރުމައްޗަށް ބޮޑުކަމުދިޔަ ވެމްކޯ މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ވެމްކޯއިން ވަނީ އާއްމުންގެ ފަރާތުން މައާފަށް އެދިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 ޖެނުއަރީ 2023 | އަންގާރަ 11:27
ވެމްކޯ ކުނި ނެގުން

ވެމްކޯ ކުނި ނެގުން

ކުނި ނަގަން ވަނުމަށްފަހު އެޕާޓްމަންޓެއްގެ ކުރިމައްޗަށް ބޮޑުކަމުދިޔަ މައްސަލައެއްގައި ވެމްކޯގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ ވެމްކޯ ޔުނީފޯމުގައި ހުރި މީހަކު ކުނި ނަގަން ގެއަކަށް ވަދެ ބޮޑު ކަމުދިޔުމަށްފަހު ކުނި ހިފައިގެން ލިފްޓަށް އަރާ މަންޒަރެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ގިނަ ބަޔަކު ވަނީ ވެމްކޯއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި އެ މުވައްޒަފާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލައިފައެވެ.

މި ވީޑިއޯއާ ގުޅިގެން ހޯމަ ދުވަހު ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އެ ކުންފުނީގެ މުވައްޒަފު ހިންގާފައިވާ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ވެމްކޯއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެ އެ ކަމާ ގުޅިގެން އާއްމުންގެ ފަރާތުން އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ވެމްކޯއިން ބުނި ގޮތުގައި މި މައްސަލައިގައި ސީސީޓީވީ ފުޓޭޖުން ފެންނަ މުވައްޒަފު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެފަދަ އަމަލުތައް ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށް ކަންކަން ބައްޓަން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވެމްކޯއިން އަންނަނީ އެ ކުންފުނީގެ ޔުނިފޯމުގައި ހުރެ އެއްވެސް މުވައްޒަފަކު ކުށެއް ކޮށްފި ނަމަ ނުވަތަ އާއްމު މިންގަނޑާ ޚިލާފު ކަމެއް ކޮށްފި ނަމަ އެކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނައުމުން ފިޔަވަޅުއަޅަމުންނެވެ. މީގެ ކުރިން ވެސް މިފަދަ ތަފާތު މައްސަލަތަކުގައި މުވައްޒަފުންނަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވެއެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް

28 އޯގަސްޓު 2017
ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް
21 އޯގަސްޓު 2017

ލައިފް ފެން އުފައްދާ ފެކްޓްރީގެ މުވައްޒަފަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ!

21 އޯގަސްޓު 2017
ލައިފް ފެން އުފައްދާ ފެކްޓްރީގެ މުވައްޒަފަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ!
09 އޯގަސްޓު 2017

ވެމްކޯއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެނީ ދޮގު މައުލޫމާތެއް: ފުލުހުން

09 އޯގަސްޓު 2017
ވެމްކޯއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެނީ ދޮގު މައުލޫމާތެއް: ފުލުހުން
13 ޖޫން 2017

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

13 ޖޫން 2017
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
19 މެއި 2017

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

19 މެއި 2017
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
15 މެއި 2017

ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި

15 މެއި 2017
ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި
17 އެޕްރީލު 2017

ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

17 އެޕްރީލު 2017
ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު