Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަތުރުވެރިކަމުގެ ސިނާއަތް

ފާޑުކިޔުންތަކާއެކުވެސް، ބޯޑަރު ހުޅުވާލުމުގެ ނަތީޖާ ފޮނި

23 ޖެނުއަރީ 2023 | ހޯމަ 12:11

ފަތުރުވެރިން އަންނަ އަދަދުތައް ކޮވިޑްގެ ކުރީގެ އަދަދުތަކާ ދަނީ އަރާހަމަކުރަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޖެނުއަރީ 2023 | ހޯމަ 12:11
ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފަށައިފި

ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފަށައިފި

ފަތުރުވެރިކަމުގެ ސިނާއަތް ފެށުނީއްސުރެ މި ސިނާއަތަކީ އުންމީދު ބޮޑު ސިނާއަތެކެވެ. މި ގައުމު އިތުރަށް ކުރިއަރައިގޮސް, ދުނިޔޭގެ މެދުގައި މަގުބޫލު ގައުމަކަށް ދިވެހިރާއްޖެ ވެގެންދިޔައެވެ. އަހަރަކަށްވުރެ އަހަރެއް މި ސިނާއަތް ކުރިއަރައި ގޮސް, މިއީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާ އޮންނަ ސިނާއަތަށް ވިއެވެ. ގޮންޖެހުންތަކާ ކުރިމަތިވިނަމަވެސް މަސައްކަތް ހުއްޓާނުލައި، މި ސިނާއަތް އިތުރަށް ކުރިއަރުވަން މަސައްކަތްކުރިއެވެ. އެންމެ ފަހަރަކުވެސް އުންމީދު ކަނޑައެއް ނުލައެވެ. މިކަން ކޮވިޑުގެ ތެރޭގައި އެނގި ހާމަވެގެންދިޔައެވެ. ސިނާއަތާމެދު އުންމީދު ގެއްލުވާނުލައި ކުރިއަށްދިއުމުގެ ނަތީޖާއަކަށްވީ ކޮވިޑުގެ އެންމެ ގޯސް ހާލަތުގައިވެސް ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހާސިލްކުރަމުންގޮސް, ރާއްޖެ މުޅި ދުނިޔެއަށް ހުޅުވާލެވުމެވެ.

އެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުން ވީ އެތައް ބައެއްގެ ފުށުން ނުރުހުމުގެ ބަސްތަކާއި, މިފަދަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަކަށެވެ. އެހެންނަމަވެސް މި ކަންކަމަށް ފަރުވާލެއް ނުބަހައްޓައި ކުރިއަށްދާން ކުރި މަސައްކަތުގެ ނަތީޖާ މިއަދު މި ދަނީ ފެންނަމުންނެވެ. 2020 ވަނަ އަހަރުގެ ޖުލައި 15ގައި ބޯޑަރު ހުޅުވާލިފަހުން މިހާރު 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު, މިހާރު ދުވާލެއްގެ މައްޗަށް އަންނަ ފަތުުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑްގެ ކުރީގެ އަދަދުތަކާ ދާދި ގާތުގައި މި އަދަދުތައް ހުރިއިރު މިއީ ހަމަ ގައިމުވެސް ކާމިޔާބީއެކެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް ދަތުރުކުރި އެއަރލައިންތަކުގެ ދަތުރުތައް އަނެއްކާވެސް ފަށައި, ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ. ޚާއްސަކޮށް ކޮވިޑްގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާ މާކެޓުން އަލުން ދަތުރުތައް ފަށާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް އައު އުންމީދެއް ގެނުވި ކަމެކެވެ. ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށިތާ ހަފުތާއެއް ނުވަނީސް، އެންމެ ގިނަ ފަތުރުވެރިން އަންނަ 10 މާކެޓުގެ ތެރެއަށް އެ މާކެޓް ވަނުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިކަން ފަތުރުވެރިކަމުގެ ސިނާއަތުން ދަނީ ފާހަގަކުރަމުންނެވެ.

ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ނުހަނު މަގުބޫލު ތަނަކަށް ވުމާއެކު، ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް މި އިންޑަސްޓްރީން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ގެސްޓްހައުސް, ހޮޓާ އަދި ރިސޯޓުތަކާއި، ފަތުރުވެރިންނަށް އެކޮމޮޑޭޝަން ދޭ އެކި ތަންތަނުން މިކަމަށް ތައްޔާރަށް އޮތްއިރު، މިއީ މިއަހަރު ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމެކެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. ހާލަތު ބަދަލުނުވާނަމަ މިއަހަރުވެސް މި ޓާގެޓަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުالله މައުސޫމް ވަނީ ވިދާޅުވެފައެވެ.

މި ސިނާއަތުން މިހާރު މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ރަށްތައް ފަތުރުވެރިންގެ މެދުގައި އިޝްތިހާރުކުރުމަށެވެ. ހަމައެކަނި ރިސޯޓުތައް އިޝްތިހާރުކުމުގެ ބަދަލުގައި، ރާއްޖޭގެ ރަށްރަށަކީވެސް ފަތުރުވެރިންނަށް ޗުއްޓީ ހޭދަކޮށްލަން ދެވޭނެ ތަންތަންކަން އެކި ޕްލެޓްފޯމްތަކުގައި ދަނީ ބުނެދެމުންނެވެ. މިކަމަށްޓަކައި ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއަރުވައި ރަށްރަށުގައި ފަތުރުވެރިން ގަޔާވާ މޫދު ކުޅިވަރުތައްފަދަ ހަރަކާތްތައް އިތުރަށް ކުރިއަރުވަންވެސް ދަނީ މަސައްކަތްކުރަމުންނެވެ. މިއީ އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމެކެވެ. އަދި ރާއްޖޭގެ ރަށްތައް އިޝްތިހާރުވާނެ ކަމެކެވެ.

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2018

އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

15 އޮކްޓޯބަރު 2018
އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!
14 އޮކްޓޯބަރު 2018

ނަތީޖާ ވަރަށް ސާފު، ދެން މިއީ ކޮން ސަކަރާތެއް!

14 އޮކްޓޯބަރު 2018
ނަތީޖާ ވަރަށް ސާފު، ދެން މިއީ ކޮން ސަކަރާތެއް!
09 އޮކްޓޯބަރު 2018

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!

09 އޮކްޓޯބަރު 2018
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!
22 ސެޕްޓެމްބަރު 2018

ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟

22 ސެޕްޓެމްބަރު 2018
ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟
10 ސެޕްޓެމްބަރު 2018

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!
28 ޖުލައި 2018

ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު

28 ޖުލައި 2018
ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު
18 ޖޫން 2018

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

18 ޖޫން 2018
ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
08 ޖޫން 2018

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟
14 އޮކްޓޯބަރު 2017

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!
03 މެއި 2017

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް