Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަމާޒަށް ދުނި ޖެހުން

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

23 ޖެނުއަރީ 2023 | ހޯމަ 07:23

ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި އޮތް ޔަމަނުގައި، ކުޅިވަރު މައިދާނުގައި އަންހެނުން ކުރިއަރާ ދިއުމަށް ތަފާތު އެކި ކަހަލަ ގޮންޖެހުންތަކާ އޮންނަނީ ކުރިމަތިލާން ޖެހިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 ޖެނުއަރީ 2023 | ހޯމަ 07:23
އަތީރަކީ އަމާޒަށް ދުނި އުކުމުގައި ޢުއްމީދީ ޒުވާނެއް

އަތީރަކީ އަމާޒަށް ދުނި އުކުމުގައި ޢުއްމީދީ ޒުވާނެއް

ޔަމަނުގެ ސަނާގައި 2021 ވަނަ އަހަރު ކުރިއަށްދިޔަ ދުނިދަނޑި އުކުމުގެ މުބާރާތުގައި ވާދަ ކުރަން ހުރި އަތީރު އަލް-ޙުސައިނީގެ މޫނު މަތިން ފެންނަމުން ދިޔައީ އެކަމަށް އޭނާ ދެމުން ދިޔަ، ބަދަލުވުމެއް ނެތް ސަމާލުކަމެވެ. އަމާޒަށް ދުނި އުކުން ފިޔަވާ އިތުރު އެއްވެސް ކަމެއް، އެ ޒުވާން ސިކުނޑީގައި ދައުރު ނުވާ ފަދައެވެ.

ބޯ އެންޑް އެރޯ ނުވަތަ އަމާޒަށް ދުނި އުކުމަކީ ޔަމަނަށް އާ ކުޅިވަރެކެވެ. މިހާތަނަށް އެ ޤައުމުގައި ބާއްވާފައި ވަނީ މިފަދަ އެންމެ 4 މުބާރާތެވެ. 2021 ވަނަ އަހަރު ކުރިއަށް ދިޔަ މުބާރާތް ކާމިޔާބު ކުރި އަތީރު ފާހަގަ ކުރެވުނީ ޢުއްމީދީ ކުޅުންތެރިއެއްގެ ގޮތުގައެވެ. މުބާރާތުން އޭނާ ކަށަވަރު ކުރީވެސް ފަޚްރުވެރި 1 ވަނަ ދަރަޖައެވެ.

ޔަމަނުގެ ޤައުމީ ޓީމާއެކު ތަމްރީނު ކުރުމަށް އަތީރަށް ފުރުޞަތު ލިބުނެވެ. އަދި އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަ ކުރުމުގެ ނަޞީބުވެސް އޭނާގެ އަތުގައި ހިފިއެވެ. އެ މުބާރާތުގައިވެސް އަތީރުގެ ނަން ވިދާލިއެވެ. އޭނާގެ ހުނަރުވެރިކަން ފާހަގަ ކުރެވުނެވެ. ދުނިދަނޑި އުކުމާ ބެހޭ ޔަމަނުގެ ފެޑަރޭޝަނުންވެސް އަތީރާ މެދު ކުރަނީ ފޮނި ޢުއްމީދެކެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި އޮތް ޔަމަނުގައި، ކުޅިވަރު މައިދާނުގައި އަންހެނުން ކުރިއަރާ ދިއުމަށް ތަފާތު އެކި ކަހަލަ ގޮންޖެހުންތަކާ އޮންނަނީ ކުރިމަތިލާން ޖެހިފައެވެ. އެކަށީގެންވާ ޢާލަތްތައް ނެތުމާއި، ތަމްރީނުތައް ކުރިއަށް ގެންދާނެ މަރުކަޒުތައް ނެތުމަކީވެސް އެފަދަ ހުރަސްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ.

މި ހުރިހާ ކަމެއްގެ އިތުރަށް، މުޖުތަމަޢުގައި ކުޅިވަރަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނެތުމަކީ، އަތީރު ފަދަ ޒުވާނުންނަށް ގިރާ ކުރަން ޖެހިފައި ވާ އެންމެ ބޮޑު ހުރަސް ކަން، ޔަމަނުގެ ޤައުމީ ބޮކްސިންގް ޓީމަށް ކޯޗުކަން ކޮށްދެމުން ދާ އަތީރުގެ ބައްޕަ ފާހަގަ ކުރިއެވެ.

ގޮންޖެހުންތަކާއި ހުރަސްތައް ކިތަންމެ ގިނަވި ކަމުގައި ވީ ނަމަވެސް، ޢުމުރުން އެންމެ 17 އަހަރުގެ އަތީރުގެ ޢުއްމީދާއި ޢަޒުމު ފިސާރި ވަރުގަދައެވެ. އޭނާ އަމާޒު ހިފާފައި ހުރީ ޤައުމީ އޮލިމްޕިކް ސްކޮޑުން ޖާގައެއް ހޯދުމަށެވެ. އަދި ޤައުމަށް މެޑަލްއެއް ހޯދާ ދިނުމަށެވެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
07 އެޕްރީލު 2017

އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

07 އެޕްރީލު 2017
އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި
07 މާރިޗު 2017

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
13 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި
12 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ފިނި "އާބާދީ"

12 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ފިނި "އާބާދީ"
07 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟

07 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް