Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްވިޑެން-ތުރުކީ

ސްވިޑެންގައި ތުރުކީއާ ދެކޮޅަށް ކުރި މުޒާހަރާގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީ އާއި އިސްލާމީ ގައުމުތަކުގެ ނުރުހުން

ތުރުކީގެ އިތުރުން ސައުދި އަރަބިއާ އާއި ޖޯޑަން އަދި ކުވެއިތުންވެސް ވަނީ މިކަން ކުއްވެރިކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2023 | އާދީއްތަ 09:33
ސްވިޑެން އިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީން އެއްބާރުލުން ނުދޭތީ އެގައުމާ ދެކޮޅަށް ސްވިޑެންގައި ކުރި މުޒާހަރާގެ ތެރެއިން

ސްވިޑެން އިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީން އެއްބާރުލުން ނުދޭތީ އެގައުމާ ދެކޮޅަށް ސްވިޑެންގައި ކުރި މުޒާހަރާގެ ތެރެއިން

ހޮނިހިރު ދުވަހު ސްވިޑެންގެ ސްޓޮކްހޮމްގައި ތުރުކީއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސްވިޑެންއިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީން އެއްބާރުލުން ދެމުން ނުދާތީ ތުރުކީއާ ދެކޮޅަށް އެގައުމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީ މީހުން ވަނީ އަޑުއުފުލާ މުޒާހަރާކޮށްފައެވެ. މިމުޒާހަރާގެ ބައިވެރިއެއްކަމަށްވާ ޑެންމާކްގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓއެއްގެ ލީޑަރެއް ކަމަށްވާ ރަސްމުސް ޕަލުޑަން ވަނީ އެމްބަސީ ކުރިމަތީގައި ޤުރުއާންގެ ކޮޕީއެއް އަންދާލާފައެވެ.

އޭނާގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރުކޮށް މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސޮގްލޫ ވަނީ ސްވިޑެން ސަރުކާރަށް ގޮވާލާފައެވެ. މިއަމަލަކީ މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކުރައްވާ، އިސްލާމްދީނާ ދެކޮޅަށް، މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ މިދަފަ ނާތަހުޒީބު ކަންކަމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައިވެސް ނުބެލެވޭނެ ކަމަށް ތުރުކީގެ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ސްވިޑެންގެ ސަރުކާރުން ފިޔަވަޅު އެޅުމަށް ގޮވާލުމުގެ އިތުރުން، އިސްލާމް-ފޯބިއާ ނުވަތަ އިސްލާމްދީނާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރާ މިފަދަ ކަންތައްތައް ހުއްޓުވުމަށް ގައުމުތަކުން ތެދުވެ ފިޔަވަޅު އެޅުމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގޮވާލާފައެވެ.

ތުރުކީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސްވިޑެންގެ ފޮރިން މިނިސްޓަރު، ޓޮބިއަސް ބިލްސްޓޮރޮމް ވަނީ އިސްލާމްފޯބިއާގެ އަމަލުތަކަކީ ބަލަން ފަސޭހަވި މަންޒަރެއް ނޫންކަމަށް ދޭހަވާ އިބާރާތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ސްވިޑެން އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ދީފައިވާ ގައުމެއްކަމަށް ފާހަގަކުރައްވާ، މިގޮތަށް ފާޅުކުރާ ކޮންމެ ހިޔާލަކީ އެމަނިކުފާނު އަދި އެގައުމުގެ ސަރުކާރުން ތާއިދުކުރާ ކަންތައްތައް ނޫންކަމަށް ސްވިޑެންގެ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސްވިޑެންގައި މިގޮތަށް ޤުރުއާންގެ ކޮޕީއެއް އަންދާލުމާ ގުޅުގެން، ތުރުކީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޖޯޑަން އަދި ކުވެއިތުންވެސް ވަނީ މިކަން ކުއްވެރިކޮށްފައެވެ. ސައުދީން ވަނީ މީހުންގެ މެދުގައި ނަފުރަތު އުފެދޭ ފަދަ މިފަދަ ހައްދުފަހަނައަޅާފައިވާ ހިޔާލުތަކާ އަމަލުތަށް އެގައުމުން ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

އެ ސިޓީގައި ވަނީ ކުރުދުންނަށް ސަޕޯޓުކޮށްވެސް އިތުރު އެއްވުމަކާއި ތުރުކީއަށް ސަޕޯޓުކޮށް އިތުރު އެއްވުމެށްވެސް ހަމަ އެދުވަހު ކުރިއަށް ގެންގޮސްފައެވެ. މިތިން އެއްވުންވެސް ކުރިއަށް ގެންގޮސްފައި ވަނީ އެގައުމުގެ ފުލުހުންގެ ހުއްދައާ އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު