Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޞްޙަފެއްގައި ރޯކޮށްލުން

ސްވިޑެންގައި މުޞްޙަފެއް ރޯކޮށްލުމުން އެކަން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

22 ޖެނުއަރީ 2023 | އާދީއްތަ 07:59

މުޞްޙަފުގައި ރޯކޮށްލީ ސްވިޑްންގެ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދައިގެން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖެނުއަރީ 2023 | އާދީއްތަ 07:59
ރާސްމަސް ޕަލުޑެން މުޞްޙަފުގައި ރޯކުރަނީ

ރާސްމަސް ޕަލުޑެން މުޞްޙަފުގައި ރޯކުރަނީ

ސްވިޑެންގައި މުޞްޙަފެއް ރޯކޮށްލުމުން އެކަން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން މިކަން ކުށްވެރިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައެވެ.

މުޞްޙަފެއްގައި ރޯކޮށްލީ ސްވިޑެންގެ ސިޔާސީ މީހެއް ކަމުގައިވާ ރާސްމަސް ޕަލުޑެން ނަމަކަށް ކިޔާ މީހެކެވެ.

ޕަލުޑެން މުޞްޙަފެއްގައި ރޯކޮށްލައި، މުސްލިމުންނާއި އިސްލާމީ އުންމަތަށް ފުރައްސާރަކޮށްފައި ވަނީ، ސްވިޑްންއިން ނޭޓޯގެ މެންބަރު ޤައުމަކަށްވުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ހުރަސްއަޅާކަމަށް ތުހުމަތުކޮށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މި މުޒާހަރާ ބާއްވާފައި ވަނީ، ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައެވެ. ޕަލުޑެން މުޒާހަރާ ބާއްވާފައި ވަނީ ސްވިޑްންގެ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދައިގެންނެވެ. އިސްލާމް ދީނަށާއި މުސްލިމް އުންމަތަށް ފުރައްސާރަކުރުމުގެ ނިޔަތުގައި މި ފަދަ މުޒާހަރާއެއް ބާއްވަން ހުއްދަ ދިނުމުން ސްވިޑްންގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި، މުސްލިމް އުންމަތުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.

މި މައްސަލައިގައި ނުރުހުން ފާޅުކުރުމުގެ ގޮތުން ތުރުކީވިލާތުން ވަނީ، ސްވިޑްންގެ ދިފާޢީ ވަޒީރު ޕެލް ޖޯންސަން އެ ޤައުމަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރެއް ވެސް ކެންސަލްކޮށްފައެވެ. ތުރުކީވިލާތުން ބުނީ، ސްޓޮކްހޯމްގައި ހިންގާފައިވާ އިސްލާމް ދީނާ ދެކޮޅު އަމަލުތަކުގެ ސަބަބުން، އެ ދަތުރުގެ ބޭނުން ކެނޑިފައިވާ ކަމުގައެވެ. އަދި ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރުމުގެ މާނައެއް ނެތް ކަމުގައެވެ.

މުޞްޙަފުގައި ރޯކުރި މައްސަލައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި ތުރުކީވިލާތުގެ އިތުރުން މުސްލިމް ޖަމުޢިއްޔާތައް ކަމުގައިވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ހިމެނެއެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
31 މެއި 2017

ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

31 މެއި 2017
ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް