Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ޖެނުއަރީ 2023 | އާދީއްތަ 02:30
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް އެ ޤައުމުގެ ރައީސް ބައިޑެންއާއެކު

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް އެ ޤައުމުގެ ރައީސް ބައިޑެންއާއެކު

އެމެރިކާގެ ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމުން ރޮން ކްލެއިން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާނެއެވެ. އޭނާއަކީ އެ ޤައުމުގެ ރައީސް ޖޯ ބައިޑެންގެ ހުރިހާ މުވައްޒަފުންނާއި އެމަނިކުފާނުގެ ކަންކަން ބަލަހައްޓަމުން އަންނަ ފަރާތެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްލެއިން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ބައިޑެންއަށް ދަންނަވާފައެވެ. އެގޮތުން އަންނަ ފްބެރުއަރީ މަހުގެ ހަތްވަނަ ދުވަހު އޮންނަ ބައިޑެންގެ ސްޓޭޓް އޮފް ދަ ޔޫނިއަން ބަސްދީގަތުމަށްފަހު އެކަން އިއުލާނު ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

61 އަހަރުގެ ކްލެއިންއަކީ ވައިޓް ހައުސްގައި ގިނަ އަހަރުތަކަކަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަލް ގޯގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ބައިޑެން ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

ކްލެއިން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ ބައިޑެން ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި 2024 ގެ އިންތިޚާބުގައި ވެސް ބައިޑެން ވާދަކުރައްވާނެއެވެ. މިކަން ވެސް ސްޓޭޓް ޔޫނިއަންގެ ބަސްދީގަތުމުގައި އިއުލާން ކުރައްވާނެ ކަމަށް ބެލެވެއެވެ.

ޓައިމްސް އިން ވަނީ ކްލެއިންގެ ބަދަލުގައި އެ މަގާމަށް އަންނާނެ ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް އާއްމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މިހާރުގެ ލޭބަރ ސެކްރެޓަރީ މާޓީ ވެލްޝް އާއި ބައިޑެންގެ ސީނިއަރ އެޑްވައިޒަރު އަނީޓަ ޑިޔުން އާއި ކައުންސެލަރ ޓު ދަ ޕްރެޒިޑެންޓް ސްޓީވް ރިޗެޓީ ފަދަ ބޭފުޅުނެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު