Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

22%ގެ ކުރިއެރުމާއެކު، މިހާތަނަށް ލައްކައެއްހާ ފަތުރުވެރިން އަތުވެއްޖެ

21 ޖެނުއަރީ 2023 | ހޮނިހިރު 07:59

މިހާތަނަށް 97،873 ފަތުރުވެރިން ވަނީ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޖެނުއަރީ 2023 | ހޮނިހިރު 07:59
ޗައިނާއިން ރާއްޖެ އައި ފަތުރުވެރިން

ޗައިނާއިން ރާއްޖެ އައި ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް 97،000ށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ 1ން 18އަށް 97،873 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 22.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 79،718 ފަތުރުވެރިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 15،218 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިޓަލީން އައިސްފައިވާއިރު، އެ މާކެޓުން 10،660 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނާގައި އިންޑިއާ މާކެޓް ހިމެނޭއިރު، އެ މާކެޓުން މިހާތަނަށް 9،242 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ތެރޭގައި; އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، ފްރާންސް، ކަޒަކްސްތާން، އޮސްޓްރޭލިއާ އަދި ސްވިޒަރލޭންޑް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިވަގުތު މުޅި ރާއްޖޭގައި 59،734 ޓޫރިސްޓު އެނދު އެބަހުރި ކަމަށެވެ. އެއީ ޖުމްލަ 1،212 ފެސިލިޓީއެވެ. މިގޮތުން 168 ރިސޯޓު މިވަގުތު އޮޕަރޭޝަންގައި އޮތްއިރު، ރިސޯޓުތަކުގައި 41،049 ބެޑް ކެޕޭސިޓީ ހުރެއެވެ. 13 ހޮޓަލުގެ ޚިދުމަތްދޭއިރު، އެއީ 1،640 ބެޑް ކެޕޭސިޓީއެވެ. 874 ގެސްޓްހައުސްގައި 14،144 ބެޑް ކެޕޭސިޓީ، އަދި 157 ސަފާރީގައި 2،901 ބެޑް ކެޕޭސިޓީ ހުންނަކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް އުންމީދީ އަހަރެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. މިގޮތުން ގިނަ މާކެޓުތަކަކަށް ރާއްޖެ ހުޅުވާލެވި، ޗައިނާ ފަތުރުވެރިން އަންނަ ފެށުމަކީ ފަތުރުވެރިކަމަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
21 މެއި 2017

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި

21 މެއި 2017
ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް