Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާބޯޓެއްގައި މީހެއްގެ ގަޔަށް ކުޑަކަމުދިއުން

މަތިންދާބޯޓުގެ ފަސިންޖަރެއްގެ ގަޔަށް އެހެން ފަސިންޖަރަކު ކުޑަކަމުދިޔަ މައްސަލާގައި އެއަރ އިންޑިޔާ ޖޫރިމަނާކޮށްފި

20 ޖެނުއަރީ 2023 | ހުކުރު 15:58

މިކަން ހިނގީ މިދިޔަ ނޮވެމްބަރު މަހު ނަމަވެސް، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ މިހާރު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ޖެނުއަރީ 2023 | ހުކުރު 15:58
އެއަރ އިންޑިއާ

އެއަރ އިންޑިއާ

އެއަރ އިންޑިޔާގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ގަޔަށް އެހެން ފަސިންޖަރަކު ކުޑަކަމުދިޔަ މައްސަލައެއްގައި އެ އެއަރލައިނުން އަމަލުކޮށްފައިވާ ގޮތުން، ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އެވިއޭޝަން(ޑީޖީއޭ)ގެ ފަރާތުން އެއަރ އިންޑިޔާ 37000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ. މިކަން ހިންގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ނިއުޔޯކުން ދިއްލީއަށް ދަތުރުކުރި ބޯޓެއްގައެވެ. އެދުވަހު މަސްތުގެ ހާލުގައި ހުރި ޝަންކަރު މިޝްރާ ކިޔާ މީހަކު ވަނީ އޭނާގެ ކައިރީގަ އިން އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކުޑަކަމުގޮސްފައެވެ.

މިކަމާގުޅިގެން ޑީޖީއޭއިން ހުކުރު ދުވަހު އެޅި ފިޔަވަޅުގައި، އެބޯޓު ދުއްވަން އިން ޕައިލެޓްވެސް ވަނީ، އޭނާގެ ޑިއުޓީ އަދާނުކުރިކަމަށް ނިންމައި، ތިން މަސް ދުވަސް ވަންދެން އެއްވެސް އުދުހުމެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން އެއަރ އިންޑިޔާގެ ޑައިރެކްޓަރ، އިންފްލައިޓް ސަރވިސަސް ވެސް ވަނީ 3 ލައްކަ ރުޕީސްއިން ޖޫރިމަނާ ކޮށްފައެވެ.

މީގެ ކުރިން، އެ އަމަލު ހިންގި މިޝްރާއަށް ހަތަރުމަސް ވަންދެން އެއަރ އިންޑިޔާއިން ދަތުރު ނުކުރެވޭނެ ކަމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ.

އެމެރިކާގެ ފައިނޭންޝަލް ސަރވިސަސް ފަރމެއްގައި މަސައްކަތް ކުރަމުން އައި މިޝްރާ ވަނީ އެ ހާދިސާއަށްފަހު ވަޒީފާއިން ވަކިކޮށްފައެވެ. އަދި ޖެނުއަރީ 7 ވަނަ ދުވަހު ދިއްލީގެ ފުލުހުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފައެވެ. އަދިވެސް އޭނާ ހުރީ ކޯޓުން ޖެހި 14 ދުވަހުގެ ބަންދުގެ މުއްދަތުގައި، ހައްޔަރުކޮށްފައެވެ.

މިކަން ހިނގީ މިދިޔަ ނޮވެމްބަރު މަހު ނަމަވެސް، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ މިހާރުއެވެ. އެއީ ކަމާބެހޭ ފަރާތްތަކުން އޭރު ފިޔަވަޅު އަޅާފައި ނުވާތީ އެކަމާ އެކިފަރާތްތަކުން އަޑު އުފުލަން ފެށުމުންނެވެ. އެއަރ އިންޑިޔާ ނިސްބަތްވާ ޓާޓާ ގްރޫޕުންވެސް ވަނީ، އެ އެއަރލައިނުން ފިޔަޅެއް އެޅީ މާލަހުން ކަމަށް އިއުތިރާފުވެފައެވެ. އަދި މީގެ ފަހުން މިފަދަ ކަމެއް ހިންގާފާނެކަމަށްޓަކައި ސަމާލުވާނެ ކަމަށްވެސް ޓާޓާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 މާރިޗު 2018

އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!

24 މާރިޗު 2018
އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!
11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
14 ނޮވެމްބަރު 2017

އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ފިޔަވަޅު އަޅާނަން: ފްރީޑަމް ޕާޓީ

14 ނޮވެމްބަރު 2017
އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ފިޔަވަޅު އަޅާނަން: ފްރީޑަމް ޕާޓީ
28 އޮކްޓޯބަރު 2017

30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

28 އޮކްޓޯބަރު 2017
30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި
04 އޮކްޓޯބަރު 2017

ޑޯނަޓެއްގެ މައްސަލައިގައި ކާފަދަރި ގަޔަށް ވަޅިޖަހައިފި

04 އޮކްޓޯބަރު 2017
ޑޯނަޓެއްގެ މައްސަލައިގައި ކާފަދަރި ގަޔަށް ވަޅިޖަހައިފި
24 މެއި 2017

މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ

24 މެއި 2017
މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ
28 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް