Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޓްކާ 2023

ފިންލޭންޑްގެ ހެލްސިންކީގައި ބާއްވާ މަޓްކާ 2023ގައި ރާއްޖެ އިސްތިހާރުކުރަނީ

މި ފެއަރގައި 13 އިންޑަސްޓްރީ ޕާޓްނަރުންބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2023 | ހުކުރު 07:54
ހެލްސިންކީގައި ބާއްވާ މަޓްކާ 2023

ހެލްސިންކީގައި ބާއްވާ މަޓްކާ 2023

ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމަރ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މަޓްކާ ނޯޑިކް ޓްރެވަލް ފެއަރ 2023 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށްދަނީ 19 - 22 ޖެނުއަރީ ގެ ނިޔަލަށް ފިންލޭންޑްގެ މެސުކެސްކަސް ހެލްސިންކީ އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައެވެ. އެމްްއެމްޕީއާރުސީއާ އެކު މި ފެއަރގައި 13 އިންޑަސްޓްރީ ޕާޓްނަރުންބައިވެރިވިއެވެ. އެމްއެމްޕީއާރުސީން މި ފެއާގައި މި އަހަރު ބައިވެރިވަނީ 2 އަހަރު މެދު ކެނޑުމަށް ފަހުގައެވެ.

Advertisement - newsAdvertisement

މަޓްކާ އަކީ އުތުރު ޔޫރަޕްގެ އެންމެ ބޮޑު ޓްރެވަލް ފެއަރއެވެ. މި ފެއަރގައި 80 އަށް ވުރެ ގިނަ ގައުމުން 1000 އަށް ވުރެ ގިނަ ޓްރެވަލް އޯގަނައިޒަރުންނާއި ޑެސްޓިނޭޝަންތަކާއި ޓޫރިޒަމް އޯގަނައިޒޭޝަންތައް ބައިވެރިވެއެވެ. މި ޓްރެވަލް ފެއާގައި 68،000 އަށް ވުރެ ގިނަ ވިޒިޓަރުން ބައިވެރިވާނެ ކަމަށް ލަފާކުރެއެވެ. މި މަގުބޫލު ފެއާގައި ބައިވެރިވުމަކީ ނޯޑިކް މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. އަދި އިންޑަސްޓްރީ ޕާޓްނަރުންނަށް ނެޓްވޯކް ކޮށް އައު ވިޔާފަރީގެ ގުޅުން ބިނާކުރުމަަށް ވެސް މި ފެއާގައި ގިނަ ފުރުސަތުލިބޭނެއެވެ. މި ފެއާގައި ބައިވެރިވުމުން އިންޑަސްޓްރީގެ އެންމެ ފަހު ޓްރެންޑްތަކާއި ޕެޓާންތައް ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ސްޓޭންޑަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރީތިކަމާއި އަމާންކަން ތަމްސީލުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އަދި މި ސްޓޭންޑު އަކީ އިންޑަސްޓްރީގެ ބައިވެރިންނާއި ފެއަރގެ ބައިވެރިންގެ ދެމެދުގައި ހިތްހަމަޖެހިގެން އުފެއްދުންތެރި ބީ2ބީ ބައްދަލުވުންތައް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަގާފީ ސެޓްއަޕްއެއްގައި ޙާއްސަ ސޯޝަލް މީޑިއާ ފިލްޓަރުތައް ބޭނުންކޮށްގެން ފޮޓޯނަގާ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި ޕޯސްޓް ކުރުމަށް ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެލިގްރަފީ ބުކްމާކެއް ހަދިޔާކޮށް، ދިވެހިރާއްޖޭގެ މީރު ރަހަތައް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މަތީ ފަންތީގެ ފަތުރުވެރިން ގިނަ ނޯޑިކް މާކެޓަކީ ދިވެހިރާއްޖެއަށް ވަރަށް އުންމީދީ މާކެޓެކެވެ. 2022 ވަނަ އަހަރު 30,493 ފަތުރުވެރިން ވަނީ ނޯޑިކް މާކެޓުން ދިވެހިރާއްޖެއަށް ޒިޔާތަތްކޮށްފައެވެ. މި މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ވަނީ މިދިޔަ އަހަރު ގިނަ ކެމްޕޭންތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ބްލިކްސަން ޓުއާސް އާއެކު ކުރިއަށްގެންދިޔަ ޖޮއިންޓް ކެމްޕޭނަކާއި ފެމިލިއަރައިޒޭޝަން ދަތުރެއް އަދި ނޯޑިކް ޓްރެވަލް ޓްރޭޑަށް އަމާޒުކޮށްގެން ވެބިނާއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރު ވެސް ގިނަ ކެމްޕޭންތަކެއް މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި ހަރުދަނާކުރުމަށް ނޯޑިކް މާކެޓްގެ މާކެޓް ސްރެޓަޖީއާ އެއްގޮތަށް އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި އެހެނިހެން ވެންޑަރސްއާ ގުޅިގެން ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 176 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 42 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި 10 އެހެނިހެން އިވެންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ. މިހަރަކާތްތަކުގެ ޓޯޓަލް ރީޗްއަކީ 8,799,249,501 އެވެ. މި މަސައްކަތްތަކުގެ ސަބަބުން 2022ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑިވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ. މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން ވަނީ ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު