Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އިސްތިއުފާ ދެއްވަނީ

19 ޖެނުއަރީ 2023 | ބުރާސްފަތި 09:57

ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ހާމަ ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖެނުއަރީ 2023 | ބުރާސްފަތި 09:57
ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އަންނަ މަހު މަޤާމުން އިސްތިއުފާ ދެއްވާނެކަން އެކަމަނާ ހާމަކުރައްވައިފިއެވެ.

ޖަސިންޑާ ވަނީ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަމާއި، ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ހާމަ ކުރައްވާފައެވެ. އެގޮތުން 7 ފެބްރުއަރީއަކީ އެކަމަނާ މަޤާމުގައި ހޭދަ ކުރައްވާ ފަހު ދުވަސްކަން އަސަރާއެކު ވަނީ އިއުލާނު ކުރައްވާފައެވެ.

ޖަސިންޑާ ވިދާޅުވާ ގޮތުގައި މަޤާމުން އިސްތިއުފާ ދެއްވަނީ މަޤާމުގެ މަސްއޫލިއްޔަތުތައް އުނދަގޫފުޅުވެގެންނެއް ނޫނެވެ. އެހެންނަމަ މީގެ މާކުރިން އިސްތިއުފާ ދެއްވީސްކަމަށް ޖަސިންޑާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް މިވަގުތަށް އެންމެ ޤާބިލު ފަރާތަކީ އެކަމަނާއަށް ނުވެދާނެ ކަމަށާއި، މިފަދަ މަޤާމަކީ ނުހަނު ޒިންމާތައް ބޮޑު، އެކަމަށް އެންމެ އެކަށީގެންވާ ފަރާތަކުން އަދާ ކުރައްވަން ޖެހޭ ޒާތުގެ މަޤާމެއްކަން ފާހަގަ ކުރައްވައި ޖަސިންޑާ ވިދާޅުވީ، މަޤާމު އެންމެ ފުރިހަމައަށް އަދާ ކުރެއްވުމުގެ ޤާބިލުކަން މިވަގުތަށް ނެތްކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޖަސިންޑާ ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އައި ކޯލިޝަން ސަރުކާރަކުންނެވެ. އޭގެ ފަހުން ނިއުޒިލެންޑުގެ ކްރައިސްޓްޗަރޗްގައި ހުރި ދެ މިސްކިތަކަށް ދިން ޙަމަލާއެއްގައި އެތައް ބަޔަކު މަރުވެގެން ދިޔަ ޙާދިސާގައި މުސްލިމުންނާމެދު އަމަލު ކުރެއްވި ގޮތާއި، އޭގެ ފަހުން ކޮވިޑުގެ ޙާލަތުގައި ޤައުމު މެނޭޖް ކުރެއްވި ގޮތަށް އެތައް ބަޔަކު ވަނީ ތައުރީފުވެސް ކޮށްފައެވެ.

ވަކިން ޚާއްސަކޮށް، ޖަސިންޑާގެ ލީޑަރޝިޕްގެ ދަށުން އެ ޤައުމު ދުއް އެންމެ ކަޅު އެއް ދުވަސް ކަމަށްވާ "ކްރައިސްޓްޗަރޗް ހަމަލާ" ގެ ދުވަހު ޖަސިންޑާ އެ ޤައުމުގައި އުޅޭ މުސްލިމުންނާ ބެހެއްޓެވި ގާތްކަމާއި އެކަމުގައި އެޅުއްވި އަވަސް ފިޔަވަޅުތަކަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ފާހަގަކުރި ކަމެކެވެ.

އެހެންނަމަވެސް ފާއިތުވި އަހަރުގައި އެކަމަނާގެ ސަރުކާރުގެ މަޤްބޫލުކަން ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށާފައެވެ. އެގޮތުން އެ ޤައުމުގެ އިންފްލޭޝަން މީގެ 30 އަހަރުގައިވެސް އިތުރު ނުވާ މިންވަަރަށް އިތުރުވެ، މަރުކަޒީ ބޭންކުން ފައިސާގެ ރޭޓު އިތުރު ކުރުމާއި، އެ ޤައުމުގައި ކުށް ކުރުން އިތުރުވުން ފަދަ އެތައް ސަބަބެއް އެކަމުގެ ފަހަތުގައިވެއެވެ.

އެހެންނަމަވެސް އަދިވެސް ގިނަ ބަޔަކު ބޮޑުވަޒީރުކަމުގައި ހުންނަން އެދޭ ފަރާތަކީ ޖަސިންޑާއެވެ. މީގެ ކުރިން އެ ޤައުމުގައި ނެގުނު ރިސާރޗް ޕޯލެއްގެ ނަތީޖާ ދައްކާގޮތުން ބޮޑުވަޒީރު ޖަސިންޑާއަށް ވަނީ 59.05 އިންސައްތަ މީހުންގެ ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެއީ މި ޤަރުނުގައިވެސް އެ ޤައުމުގެ ބޮޑުވަޒީރަކަށް އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފަހަރުކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން، ސިޔާސީ ގޮތުންވެސް އެ ޤައުމު ވަނީ ވަރަށް ބޮޑަށް ބައިބައިވާން ފަށާފައެވެ.  

އެކަމަނާއަކީ 1856 ވަނަ އަހަރުގެ ފަހުން އެޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ޖަސިންޑާ މަގާމުން އިސްތިއުފާދެއްވަން ގަސްތު ކުރައްވާކަން އިއުލާން ކުރެއްވުމާއި ގުޅިގެން ބަދަލުގައި ޕާޓީގެ ލީޑަރަކު ހޮވުމަށް ޕާޓީގެ ޚާއްސަ މެމްބަރުން އާދީއްތަ ދުވަހު ވޯޓުލާނެ އެވެ. އެވޯޓުން ލީޑަރަކު ނުހޮވިއްޖެ ނަމަ އާންމު މެމްބަރުންނަށް ވޯޓު ހުޅުވާލާނެއެވެ.

ނިއުޒިލަންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން އަކީ މުޅިދުނިޔޭގައިވެސް މަގާމާ ހަވާލުވެ ވަޑައިގެންނެވި އެންމެ ހަގު އަންހެން ހެޑް އޮފް ގަވަންމަންޓް އެވެ. 2017 ވަނަ އަހަރު މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު އުމުރު ފުޅަކީ 37 އަހަރެވެ. އަދި އޭނާއަކީ ގައުމެއްގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. އޭގެ ކުރިން 1990 ވަނަ އަހަރު ބޭނަޒީރު ބުއްޓޫ އަށް މަގާމުގައި ހުންނަވަނިކޮން ބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ.

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް