Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ ފަތުރުވެރިން ރާއްޖެ އައުން

ބޮޑު މެދުކެނޑުމަކަށްފަހު އަނެއްކާވެސް ޗައިނާ ފަތުރުވެރިން ރާއްޖެއަށް

ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވަނީ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2023 | ބުދަ 10:43
ޗައިނާ ފަތުރުވެރިން ރާއްޖެ އައުން

ޗައިނާ ފަތުރުވެރިން ރާއްޖެ އައުން

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތުމަށްފަހު، އަލުން ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށައިފިއެވެ.

ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވަނީ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކަމަށް ވާއިރު، އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައި ވަނީ ބުދަ ދުވަހުއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ޗައިނާގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. އަދި އެ ގައުމުގެ އެތެރޭގެ ދަތުރުފަތުރުތައް ކުރިން ހުޅުވާލިނަމަވެސް މީގެ ކުރިން ބައިނަލްއަގުވާމީ ދަތުރެއް ނުކުރެއެވެ.

Advertisement - newsAdvertisement

ބޮޑު މެދުކެނޑުމަކަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ ޗައިނާ ފަތުރުވެރިންނާއެކު އައި ބޯޓަކީ، ޗައިނާގެ ވެރި ރަށް ބެއިޖިންގގެ ކެޕިޓަލް އެއަރލައިންސްގެ ބޯޓެވެ. އެ ބޯޓުން 198 ފަތުރުވެރިން ވަނީ އައިސްފައެވެ. ބެއިޖިންގ ކެޕިޓަލް އެއަރލައިން ރާއްޖެއަށް އައުމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މިހަރަކާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެއަރލައިނުން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ދަތުރުތައް ކުރާނެއެވެ. އެއީ ހަފުތާއަކު 4 ދަތުރެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ، ޗައިނާ މާކެޓަކީ މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އޮތް މާކެޓު ކަމަށާއި، އެ މަގާމަށް އެ ގައުމު އަނބުރާ އައުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން "ރާއްޖެ ޓީވީ"ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެ ގައުމުގައި އަދިވެސް ކޮވިޑު ފެތުރުން ކޮންޓްރޯލު ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހެލްތު މިނިސްޓްރީން އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ޗައިނާއިން ރާއްޖެއަށް 100،000 ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު