Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަނިމާދޫއިން ގޯތި ދޫކުރުން

12 އަހަރު ފަހުން ހަނިމާދޫއިން ގޯތި ދޫކޮށްފި

ހަނިމާދޫއިން ދީފައިވަނީ 3000 އަކަފޫޓުގެ 200 ގޯތި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2023 | ބުދަ 08:02
ހަނިމާދޫ

ހަނިމާދޫ

12 އަހަރު ފަހުން ހދ. ހަނިމާދޫއިން އެ ރަށުގެ ރައްޔިތުންނަށް ގޯތި ދޫކޮށްފިއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް ގޯތި ދިނުމަކީ ކުރީ ދައުރުތަކުގައި ވެސް ކައުންސިލުން ކުރަން ބޭނުންވެފައި ނުވެވި އޮތް ކަމެއް ކަމަށެވެ. ކުރީ ސަރުކާރުގައި ގޯތި ދޭއިރު ފެނަކަ ކޯޕަރޭޝަން ފަދަ ތަންތަނުގެ ހުއްދަ ވެސް ހޯދަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ދަތިތަކާ ދިމާވީ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފިރާގު ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލުން ކުރަމުން އައި އިންތިޒާރު ނިމި، 200 ގޯތި ހާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ކަމަށެވެ. އެގޮތުން، ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން 3000 އަކަފޫޓުގެ 200 ގޯތި ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޯއްޗަށް އެދި 609 މީހުން ފޯމު ހުށަހެޅިކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ އެއިން ވެސް އެނގެނީ ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އަދި ބަންޑާރަ ގޯތި ދިނުމުގައި ބަލާފައިވާނީ ރަށުގައި ރަޖިސްޓްރީ އޮންނަ ރަށްވެހިންނަށް އިސްކަން ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ހަނިމާދޫ ކައުންސިލަށް ލިބުނީ 150 ގޯތި ދޫކުރުމުގެ ހުއްދައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެ ރަށަށް ކުރެއްވި ޒިޔާރަތެއްގައި ކައުންސިލުން އިތުރު 50 ގޯއްޗަށް އެދުނީ ކަމަށާއި، އެއާއެކު އެމަނިކުފާނު އެ ބަދަލު ގެންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދިވެސް ހަނިމާދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި ފިރާގު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގޯތި ދޫކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މީހުން ދޫކޮށްފައިވާ ގޯތިތައް ވެސް ދޫކުރާނެ ކަމަށާއި ލޭންޑް ޔޫސްޕްލޭންގައި ހިމަނާފައިވާ ގޯތިތަކުގެ އިތުރުން 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައިދިނުމަށް ރައީސްގެ އަރިހުގައި އެދި ދަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫގެ ރައްޔިތުންނަށް ދޫކުރި 200 ގޯއްޗާއެކު އެ ރަށުގެ 300 އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ވަނީ ކަށަވަރު ކުރެވިފައެވެ. މިހާރު ކުރިއަށްދަނީ އިން ވަކިކޮށް، މަގުތައް ހެދުމުގެ މަސައްކަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު