Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަނިމަދޫ އެއާޕޯޓް އިންޓަރނޭޝަނަލްކުރުން

ހަނިމަދޫ އެއާޕޯޓް އިންޓަރނޭޝަނަލްވުމުން ބޮޑުތިލަދުންމަތި ދިއްލި، އާރޯކަން ލިބޭނެ: ޝާހިދު

އެމްޑީޕީ އަކީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ އަށް ވީވެސް ހަމަހަމަކަން ދައްކައިގެންކަމަށް ޝާހިދު ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 17:34
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ހަނިމަދޫ އެއާޕޯޓް އިންޓަރނޭޝަނަލްވުމުން ބޮޑުތިލަދުންމަތި ދިއްލި، އާރޯކަން ލިބޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވަނީ ރައީސް ޞާލިހު ކަންކަން ކުރައްވަނީ ވަރަށް ބޮޑަށް ވިސްނުންތެރިކަމާއި އެކު ކަމަށާއި އެމަނިކުފާނު ހުރިހާ ކަމެއްވެސް ކުރައްވަނީ ވަރަށް ބޮޑަށް ޕްލޭންކުރައްވައިގެން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނަކީ މިހާރު ރައީސް އާއި އެކު އެންމެ ކައިރިން މަސައްކަތްކުރައްވާ އެއް ފަރާތަށް ވާއިރު ދުވަހަކު ވެސް ރައީސް ޞާލިހު ވަރުބަލިވެވަޑައިގެންފައި ހުންނެވި މަންޒަރު ދެކެވަޑައިގެންފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައީސް އަބަދުވެސް ވަޑައިގަންނަވަނީ ކުރިޔަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެއީ ރައީސް އެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު އެއް ސިފަކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބޮޑުތިލަދުންމަތީގެ ތަރައްޤީ އަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ރައީސް އަކީ ވެސް ރައީސް ޞާލިހު ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ބޮޑު ތިލަދުންމަތި ބޮޑުކޮށް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ އެ ޖަލްސާގައި އެމްޑީޕީގެ ފިކުރާއި މެދުގައި ވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް މި ސަރުކާރުން ކުރަނީ ކޮން ކަމެއްކަން ސާފު ނުވާކަމަށެވެ. އަދި އެމްޑީޕީގައި އެމަނިކުފާނު ހުންނެވީ ތިލަފަތުގެ ފިކުރުގައި ކަމަށާއި، ތިލަފަތަކީ ހަމަހަމަކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޑީޕީ އަކީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ އަށް ވީވެސް ހަމަހަމަކަން ދައްކައިގެންކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އަކީ ތިލަފަތް ރަމްޒުކޮށްދޭ ވިންދު ކަމަށާއި އެއީ ތަފާތު ނުކުރުމާއި ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ފިކުރު ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ބައެއް ފަހަރު މިހާރު އެމްޑީޕީގައި ޖަހާ ބެރަކާއި ލަވައަކާއި މިއަދު ދިމާ ނުވާ ކަމަށާއި އެ ޕާޓީ ވާންވާނީ އަބަދުވެސް ޖަހާ ބެރާއި ލަވަ ދިމާވާ ޕާޓީ އަކަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެ ޕާޓީގެ ތިލަފަތް ހުންނަން ޖެހޭނީ ހަމަހަމަކޮށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

12 ޖޫން 2017
ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

03 ޖޫން 2017
މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން

މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން

17 މެއި 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު