Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާގެ މުއްސަނދިން

މުޅި އިންޑިޔާގެ މުއްސަނދިކަމުގެ 40 އިންސައްތަ ނިސްބަތްވަނީ އެންމެ މުއްސަނދި، 1 ޕަސެންޓް މީހުންނަށް

އިންޑިޔާގެ އެންމެ މުއްސަނދި 100 މީހުންގެ މުއްސަނދިކަން އެއްކޮށްލުމުން 660 ބިލިއަން ޑޮލަރަށް އަރާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 16:35
ގޯތަމް އަޑާނީ، އިންޑިޔާގެ އެންމެ މުއްސަނދި މީހާ

ގޯތަމް އަޑާނީ، އިންޑިޔާގެ އެންމެ މުއްސަނދި މީހާ

އޮކްސްފާމްއިން ނެރުނު އައު ރިޕޯޓެއް ބުނާގޮތުން, 2021 ވަނަ އަހަރު މުޅި އިންޑިޔާގެ މުއްސަނދިކަމުގެ 40 އިންސައްތަ ނިސްބަތްވެފައިވަނީ އެންމެ މުއްސަނދި, 1 ޕަސެންޓް މީހުންނަށެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި, 2022 ވަނަ އަހަރު އިންޑިޔާގައި ބިލިއަނަރުންގެ އަދަދު ވަނީ 102ން 166ށް އިތުރުވެފައެވެ. ކަން މިހެން ހުރިއިރު, އިންޑިޔާގެ ފަގީރުންނަށް ދިރިތިބުމަށްޓަކައި ބޭނުންވާ އެންމެ ޒަރޫރީ ތަކެތިވެސް ހޯދުމުގެ ގާބިލްކަންވެސް ނުހުންނަކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އިންޑިއާގައި ފަގީރުންނާއި މުއްސަދިންގެ ފަރަގު މިހާ ބޮޑުވެގެން ދިއުމާއެކު، މިކަމަށް ހައްލެއް ހޯދުމަށްޓަކައި އެންމެ މުއްސަދިންގެ އަތުން ޚާއްސަ ޓެކުހެއް ނަގަން ފެށުމަށް، އޮކްފާމް ޗެރިޓީގެ ފަރާތުން އިންޑިޔާގެ ފައިނޭންސް މިނިސްޓަރަށް ގޮވާލާފައިވެއެވެ.

"ސަރވައިވަލް އޮފް ދަ ރިޗަސްޓް"ގެ ނަމުން އޮކްސްފަރމްއިން ރިޕޯޓް ނެރެފައިވަނީ ސްވިޓްޒަލެންޑްގެ ޑާވޯސްގައި ވަރލްޑް އިކޮނޮމިކް ފޯރަމް ފެށި ވަގުތާ ދިމާކޮށްފައެވެ. ރިޕޯޓްގައި ތަފްސީލްކޮށްފައި ވާގޮތުން، 2012 ވަނަ އަހަރުން ފެށިގެން 2021ގެ ނިޔަލަށް އިންޑިޔާގައި ރިކޯޑް ކުރެވުނު މުއްސަނދިކަމުގެ 40 އިންސައްތަ ނިސްބަތްވަނީ އެންމެ 1 ޕަސެންޓް މުއްސަދިންނަށެވެ. އަދި އެންމެ ފަގީރު 50 އިންސައްތަ މީހުންނަށް ބެހިގެން ގޮސްފައިވަނީ މުއްސަނދިކަމުގެ އެންމެ 3 އިންސައްތައެވެ.

އިންޑިޔާގެ އެންމެ މުއްސަނދި މީހާގެ ރިކޯޑް އޮންނަ ގޯތަމް އަޑާނީގެ މުއްސަނދިކަން 2022 ވަނަ އަހަރު 46 އިންސައްތަ އިތުރުވެފައިވާއިރު، އެންމެ މުއްސަނދި 100 މީހުންގެ މުއްސަނދިކަން އެއްކޮށްލުމުން 660 ބިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

2022 ވަނަ އަހަރު ބްލޫމްބަރގް ވެލްތު އިންޑެކްސްގައި އަޑާނީ ރޭންކްކޮށްފައިވަނީ މުޅިދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައެވެ. އަދި 2022 ވަނަ އަހަރު މުއްސަނދިކަން އެންމެ ބޮޑަށް އިތުރުވި މީހުންގެ ލިސްޓުގެ އެންމެ ކުރީގައިވެސް ވަނީ އަޑާނީގެ ނަމެވެ.

އަނެއްކޮޅުން އިންޑިޔާގެ ޓެކްސް ނިޒާމް އޮންނަ ގޮތުން، މުއްސަނދިންގެ އަތުން ނަގާ ޓެކުހަށްވުރެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ އަތުން ނަގާ ޓެކްސް ބޮޑުކަމަށްވެއެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން، އެންމެ މުއްސަނދި މީހުން ނުވަތަ ބިލިއަނަރުންގެ އަތުން 2 ޕަސެންޓް ޓެކްސް ނަގައިފިނަމަވެސް، ފަގީރުކަމުން ހެދިބޮޑުވުމަށް ހުރަސްއެޅިފައިވާ ފަގީރު އާއިލާތަކުގެ ކުދިންނަށް ތިން އަހަރަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެވޭނެއެވެ. އަދި އެމީހުންގެ އަތުން 1 ޕަސެންޓް ޓެކްސް ނެގިނަމަވެސް އެންމެ ބޮޑު ހެލްތު ކެއަރ ސްކީމް ކަމަށްވާ، ނެޝަނަލް ހެލްތު މިޝަން ދޮޅު އަހަރު ދުވަހު ހިންގާހާ ފައިސާ ލިބޭނެއެވެ. އެންމެ މުއްސަނދި 100 ބިލިއަނަރުން 2.5 ޕަސެންޓުން، ނުވަތަ އެންމެ މުއްސަނދި 10 ބިލިއަނަރުން އަތުން 5 ފަސެންޓުން ޓެކްސް ނަގައިފިނަމަ، ފަގީރުކަމުން ތައުލީމުން މަހްރޫމްވެފައިވާ ކުޑަކުދިންގެ 150 މިލިއަން ކުދިން އަލުން ސްކޫލަށް ފޮނުވޭވަރަށް ފައިސާ ލިބޭނެކަމަށް އޮކްސްފާމްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އިންޑިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު