Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލްގެ ފްލައިޓެއް ވެއްޓުން

ވެއްޓުނު ނޭޕާލް ފްލައިޓުން މަރުވި މީހުންގެ އަދަދު 70ށް، ދެމީހުން އަދިވެސް ނުފެނޭ

16 ޖެނުއަރީ 2023 | ހޯމަ 15:59

ފްލައިޓްގެ ކޮކްޕިޓްގެ ވޮއިސް ރިކޯޑަރާއި ފްލައިޓް ޑާޓާ ރިކޯޑަރު މިހާރު ވަނީ ހޯދާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 ޖެނުއަރީ 2023 | ހޯމަ 15:59
ނޭޕާލްގެ ފްލައިޓެއް ވެއްޓި އެތައްބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ

ނޭޕާލްގެ ފްލައިޓެއް ވެއްޓި އެތައްބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން ގައުމުގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލް ޕޮޚަރާއަށް ދަތުރުކުރި ޔެޓީ އެއަރގެ ފްލައިޓް ވެއްޓުނު ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 70ށް އަރާފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހު، ޖުމުލަ 72 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓުނީ ނޭޕާލްގެ ކަސްކީ ޑިސްޓްރިކްޓްގެ ސެޓި ރިވަރ ޖޯރޖް ސަރަހައްދަށެވެ. އެއީ ހަތަރު ކްރޫއިންނާއި 68 ޕަސެންޖަރުންނެވެ. ފްލައިޓްގައި ދަތުރުކުރަމުންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލްގެ 53 މީހުން، އިންޑިއާގެ ފަސް މީހުން، ރަޝިއާގެ ހަތަރު މީހުން، ދެކުނު ކޮރިއާގެ ދެ މީހުން، އަދި އޮސްޓްރޭލިއާ، އަޔަލޭންޑް، އާޖެންޓީނާ އަދި ފްރާންސް، ކޮންމެ ގައުމަކުން އެކަކެވެ. ފްލައިޓުން ދަތުރުކުރި މީހުންގެ ތެރޭގައި ކުޑަ ތިން ކުދިންނާއި އަހަރު ނުފުރޭ ތުއްތު ތިން ކުދިންވެސް ތިއްބެވެ.

ފްލައިޓުން ދަތުކުރި މީހުންގެ ތެރެއިން 70 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްފައިވާއިރު، ބާކީ ދެ މީހުން ހޯދުން މަޑުޖައްސާލީ އިރުއޮއްސި އަނދިރިވުމުގެ ސަބަބުންނެވެ. ބޮޑަށް ބެލެވެނީ އެ ދެ މީހުންވެސް ވާނީ މަރުވެފައިކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރީގެ ތަރުޖަމާނު ވަނީ، އެމީހުން ނުފެންނަނީސް އެމީހުންގެ ހާލާމެދު އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ. އެ ދެމީހުން ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހު އަނެއްކާވެސް ކުރާނެއެވެ.

އާދިއްތަ ދުވަހުގެ ހާދިސާ ތަހުގީގުކުރަން ފަސް މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް ނޭޕާލް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އަދި މިހިތާމަވެރި ހާދިސާއާ ގުޅިގެން، ހޯމަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމުގައި ވަނީ ކަނޑަައަޅާފައެވެ.

ފްލައިޓް ވެއްޓުމުގެ ކުރިން ލައިޓް ޖެއްސުމަށް ލޭންޑިން ކްލިއަރެންސްވެސް ޕައިލެޓް ހޯދިކަމަށް ޓްރިބުވަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރައީސް ޕްރެމް ނަތު ތަކުރް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އޭނާ ވަނީ ޕައިލެޓުންގެ ފަރާތުން ޓެކްނިކަލް އެއްވެސް މައްސަލައެއް އުޅޭކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށްވެސް ހިއްސާކޮށްފައެވެ. އަދި އެދުވަހަކީ މޫސުން ވަރަށް ރަނގަޅަށް އޮތް ދުވަހެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ފްލައިޓްގެ ކޮކްޕިޓްގެ ވޮއިސް ރިކޯޑަރާއި ފްލައިޓް ޑާޓާ ރިކޯޑަރު މިހާރު ވަނީ ހޯދާފައެވެ.

ނޭޕާލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
14 ސެޕްޓެމްބަރު 2025

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2025

ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި

12 ސެޕްޓެމްބަރު 2025
ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި
10 ސެޕްޓެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

10 ސެޕްޓެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟
09 ސެޕްޓެމްބަރު 2025

ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ

09 ސެޕްޓެމްބަރު 2025
ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ
09 ސެޕްޓެމްބަރު 2025

ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރަން: ފާރިސް

09 ސެޕްޓެމްބަރު 2025
ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރަން: ފާރިސް
09 ސެޕްޓެމްބަރު 2025

ނޭޕާލުގެ ރައްޔިތުން މަޖިލިސް ކުރާ ގޭގައި ހުޅު ޖަހައިފި

09 ސެޕްޓެމްބަރު 2025
ނޭޕާލުގެ ރައްޔިތުން މަޖިލިސް ކުރާ ގޭގައި ހުޅު ޖަހައިފި
09 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް