Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލުގެ ބޯޓެއް ވެއްޓުން

ނޭޕާލުގެ އެތެރޭގެ އުދުހުމެއްގައި އުޅުނު މަތިންދާބޯޓެއް ވެއްޓި ގިނަބަޔަކު މަރުވެއްޖެ

15 ޖެނުއަރީ 2023 | އާދީއްތަ 16:40

ވެއްޓުނު ބޯޓުގައި ތިބީ 68 ފަސިންޖަރުންނާއި 4 ފަޅުވެރިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 15 ޖެނުއަރީ 2023 | އާދީއްތަ 16:40
ބޯޓު ވެއްޓުނު ސަރަހައްދު

ބޯޓު ވެއްޓުނު ސަރަހައްދު

72 މީހުންނާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއިން ފުރައިގެން، ޓުއަރިސްޓުންގެ މަގްބޫލް ޓައުނެއް ކަމަށްވާ ޕޮޚަރާއަށް ދަތުރުކުރި މަތިންދާބޯޓެއް ސެންޓްރަލް ނޭޕާލްގެ އެއާޕޯޓަކާ ކައިރިއަށް ވެއްޓި، ބޯޓުން ދަތުރުކުރި އެންމެންހެން މަރުވެއްޖެއެވެ. ޔެޓީ އެއާލައިންސްގެ ބޯޓު، އެގައުމުގެ ގަޑިން ހެދުނު 11 ޖަހާ އެހާކަންހާއިރު ވެއްޓިފައިވަނީ ޖައްސަން އުޅުމުގެތެރޭގައި ކަމަށްވެއެވެ. އަދި ބޯޓުވެއްޓުމާއެކު އަލިފާން ރޯވިކަމަށް ރިޕޯޓްތައް ބުނެއެވެ. އޮފިޝަލުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުގައި، ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 68 މީހުން މަރުވެފައިވާކަން ވަނީ ޔަގީންކުރެވިފައެވެ. ވަރަށް ސީރިއަސް އަނިޔާ ލިބިފައިވާ ބައެއް މީހުން ސަލާމަތްކުރެވި، ހޮސްޕިޓަލަށް ގެންދެވުނު ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑިޔާއިން ފެންނަ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި، ގެތައް ހުރި ހިސާބެއްގެ ވަރަށް ތިރިން ބޯޓު ގޮސް ވެއްޓުނީ ކުއްލިއަކަށެވެ. މަންޒަރު ދުށް މީހަކު ބުނީ، ބޯޓު ގެތައް ހުރިހިސާބާ ދުރަށް ގެންދެވޭތޯ ޕައިލެޓް މަސައްކަތް ކުރި ކަމަށް ބެލެވޭ ކަމަށެވެ. ބޯޓު ވެއްޓިފައިވަނީ އެއާޕޯޓާ 1 ކިލޯމީޓަރު ދުރަށެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ނޭޕާލުގެ 53 މީހުން ހިމެނޭއިރު، ދެން ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެތައްސަތޭކަ ސިފައިންނާއި ފުލުހުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ނެރެފައެވެ. ނަމަވެސް ބޯ ދުން އަރަމުން ދިއުމާއެކު، އަދި ރޭވެ އަނދިރިވުމުން އެހީގެ މަސައްކަތް މެދުކަނޑާލިކަމަށް ވެއެވެ.

ހާދިސާއަށްފަހު ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ރެސްކިއު އޮޕަރޭޝަން އަވަހަށް ފެށުމަށް އަމުރުކުރައްވާފައެވެ. އަދި ހާދިސާ ހިނގަން ދިމާވި ސަބަބު ހޯދުމަށް ތަހުގީގެއް ފެށުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ.

މަތިންދާބޯޓު ވެއްޓުމުގެ ހާދިސާތަކާއި އެހެންވެސް އެވިއޭޝަން އެކްސިޑެންޓުތައް ނޭޕާލުގައި ދޭތެރެދޭތެރެއިން ހިނގައެވެ. މިހެން ދިމާވަނީ ރަންވޭތައް އަޅާފައި އޮންނަ ތަނުންނާއި އަދި ކުއްލި މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. 2022 ވަނަ އަހަރުގެ މޭ މަހުވެސް ބޯޓެއް ވެއްޓި، 22 މީހުން މަރުވެފައިވެއެވެ.

ނޭޕާލްދުނިޔެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
14 ސެޕްޓެމްބަރު 2025

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2025

ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި

12 ސެޕްޓެމްބަރު 2025
ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި
10 ސެޕްޓެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

10 ސެޕްޓެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟
09 ސެޕްޓެމްބަރު 2025

ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ

09 ސެޕްޓެމްބަރު 2025
ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ
09 ސެޕްޓެމްބަރު 2025

ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރަން: ފާރިސް

09 ސެޕްޓެމްބަރު 2025
ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރަން: ފާރިސް
09 ސެޕްޓެމްބަރު 2025

ނޭޕާލުގެ ރައްޔިތުން މަޖިލިސް ކުރާ ގޭގައި ހުޅު ޖަހައިފި

09 ސެޕްޓެމްބަރު 2025
ނޭޕާލުގެ ރައްޔިތުން މަޖިލިސް ކުރާ ގޭގައި ހުޅު ޖަހައިފި
09 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް