Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ މަސައްކަތް

ފުލުހުން އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުން - ރައީސް

ޢާއިލާގެ ބަދަހިކަމާއި، ރީތި ނަން ދެމެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖެނުއަރީ 2023 | އާދީއްތަ 12:34
 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވެ، ހިނގާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގަންނަވަނީ

34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވެ، ހިނގާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގަންނަވަނީ

ހުރިހާ ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ، އިތުބާރާއި ޔަޤީންކަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވެ، ހިނގާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ދިވެހި ފުލުހުންނަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހެއްގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދަމަހައްޓަން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ހަމައެއާއެކު، ފުލުހުން ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން ވެސް، މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަން ކަމަށެވެ. ފުލުހުންގެ ޚިދުމަތާމެދު ކުރާ އިތުބާރާއި ޔަޤީންކަމަށް ބުރޫއަރާފާނެކަން ކަމަށާއި، ތަމްރީނު ފުރިހަމަ ކުރައްވައިގެން ޚިދުމަތަށް ނުކުންނަވާ ހުރިހާ ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ، މި އިތުބާރާއި ޔަޤީންކަން ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިކަމަށްފަހު މުޅި ރާއްޖެ މިއަދު މިސްރާބު ޖަހާފައި މިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ މުޅިން އާ މަންޒިލަކަށް ކަމަށެވެ. ދެމެހެއްޓެނިވި ތަރައްޤީއަކީ މުޖުތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމާ އެކުގައި ޙާޞިލުކުރެވޭ ކަމެއް ކަމަށާއި، މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލާ ބަޔަކީ ދިވެހި ފުލުހުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތް ކާމިޔާބު ކުރުމުގައި، ދިވެހި ފުލުހުންގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ޤައުމެއްގައިވެސް އިޤްތިޞާދީ ހަމަޖެހުމާއި، ތަރައްޤީގެ އަރުތަ ޙާޞިލުކުރެވެނީ، ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ޤާއިމުވެ އޮވެގެން ކަމަށެވެ. މިއަދު ތަމްރީނު ފުރިހަމަކުރުމަށްފަހު، އަލަށް ފުލުހުންގެ ޚިދުމަތާ ގުޅޭ ފުލުހުންގެ ސިކުނޑީގައި ވެސް މި މުހިންމު ޒިންމާ އަބަދުވެސް ހަރުލައި ހުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއައްްޑޫ ސިޓީމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު