Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރަދޫ ބޮނޑޮގެ

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025 | އާދީއްތަ 06:16

ބޮނޑޮގެ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ބިނާ އެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ނޮވެމްބަރު 2025 | އާދީއްތަ 06:16
މަރަދޫ ބޮނޑޮގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - 29-11-2025

މަރަދޫ ބޮނޑޮގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - 29-11-2025

އައްޑޫ ސިޓީގެ މަރަދޫގައި ހުރި އާސާރީ ބިނާ އެއް ކަމަށްވާ ބޮނޑޮގެ، މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް ތަރައްޤީކޮށް ޒަމާނީ އާރޓް ގެލަރީ އެއް ހުޅުވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޮނޑޮގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ބޮނޑޮގެ އަކީ އައްޑޫ ސިޓީގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ބިނާ އެއް ކަމަށާއި އެގޮތުން މިއިމާރާތް އެކި އެކި ބޭނުންތަކުގައި މީގެ ކުރިންވެސް ބޭނުންފައި ހުރުމަށްފަހު، މިހާރު މިނިންމާލި މަސައްކަތަކީ މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަން ހުންނާނެ ފަދަ ގޮތަކަށް، އާރޓް ގެލަރީއެއް ގޮތަށް މިއިމާރާތް ބަދަލުކޮށް އެކި ބޭނުންތަކަށް މިއިމާރާތް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް ހުޅުވި މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެންމެ ކުރީ ޒަމާނުގައި އައްޑޫގައި މީހުން ދިރިއުޅުނު ގޮތާއި، އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަންތައް ހިނގައިދިޔަ ގޮތް ފެންނަން ހުންނާނެ ގޮތަށް ފަރުމާ ކުރަމުންދާ ކަމަށާއި، ކުރެހުންތެރިންނާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށްވެސް އެތަނުން ފުރުސަތު ލިބިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އާރޓްގެލަރީ އެއް ގޮތަށް މިތަން ހުޅުވިއިރު، އައްޑޫ ސިޓީގެ ސްކޫލުތަކަށް ހުޅުވާލައިގެން، ކުރެހުމުގެ މުބާރާތެއް ވަނީ ބާއްވާފަ އެވެ.

އެގޮތުން ވަނަތަކަށް ހޮވުނު ކުރެހުންތަކަށް ފާއިސާ އިނާމާއި، ސެޓްފިކެޓް އަދި ޓްރޮފީ ދީފައިވާއިރު، މިކުރެހުންތައް އާރޓް ގެލަރީގައި ޑިސްޕްލޭކޮށްފައި ހުންނާނެ އެވެ.

މިމުބާރަތަށް ލިބުނު ތަރުހީބު ފާހަގަކޮށް ނިޒާރު ވިދާޅުވީ، ގިނަ އަދަދެއްގެ ކުރެހުންތައް ލިބިފައިވާ ކަމަށާއި މިއީ ނުހަނު އުފާވި ކަމެއް ކަމަށެވެ.

އިމާރާތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް މާރާމާތުކޮށް އަލުން ހުޅުވާފައިވާއިރު، ބޮނޑޮގެ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ބިނާއެކެވެ. އެދުވަސްވަރު އައްޑު އަތޮޅުގައި އޮތް އިނގިރޭސި ލަޝްކަރުގެ މުޢާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް 1943 ވަނަ އަހަރު ބިނާކުރެވުނު އިމާރާތެކެވެ. ވޭދުވެދިޔަ ދިގު މުއްދަތުގައި ބޮނޑޮގެ ވަނީ ތަފާތު ކަންކަމުގައި ބޭނުންކުރެވިފައެވެ.

1950 އިން 1957 އަށް މަރަދޫ ރައްޔިތުންގެ މަދްރަސާ 'މަދްރަސަތުލް އަފީފިއްޔާ" ހިންގުނެއެވެ. 1959 ޖެނުއަރީ 1 އިން 1963 ސެޕްޓެމްބަރ 24 އައްޑު އަތޮޅުގައި ހިންގިނި އައްދައުލަތުލް ސުވާދީބިއްޔާގެ ފަރާތުން އޭޓީސީ (އައްޑު ޓްރޭޑިން ކޯޕަރޭޝަން) މިނަމުގައި ވިޔަފާރި މަރުކަޒެއް ހިންގުނެއެވެ.

1964 އޮގަސްޓް 2 ގައި ހިތަދޫ އާރްއެފް ހުސައިން ޖަގަޑާގެ ނަމުގައި ހިންގި ދެކޮޅުވެރި ހަރަކާތުގައި ކުށްވެރިން ބަންދުކުރީ ބޮނޑޮގޭގައެވެ. 1964 އިން 1 ޖޫން 1966އަށް މަރަދޫ އޮފީސް ވަގުތީ ގޮތުން ހިންގުނެއެވެ. 16 މާރޗް 1975 އިން 1979 އަށް މަސްޓް ކްލަބް (މަރަދޫ ޔުނައިޑެޓް ސްޕޯޓްސް ޓްރެއިނިން) ހިންގުނެއެވެ. ޓްރޮޕިކާ މިނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގި ބޭންޑްގެ ފަރިތަ ކުރުން ބޭއްވުނުއެވެ. އަދި މަރަދޫ މަދްރަސަތުލް އިމްދާދިއްޔާ ވަގުތީ ގޮތުން ހިންގުނެއެވެ. އެސްޓީއޯގެ ފަރާތުން ސިނަމާއެއްވެސް ހިންގާފައިވެއެވެ. އެއީ 7 އޮކްޓޯބަރ 1982 އިން ފެށިގެން އެސްޓޯއީން ދޫކުރީ 7 ޖުލައި 1993 ގައެވެ.

އައްޑޫ ސިޓީ ކައުންސިލުން 2015 ވަނަ އަހަރު މިއިމާރަތަކީ އާސާރީ ތަނެއްގެ ގޮތުގައި ކަނޑއަޅައި އިމާރާތް އާބާތުރަ ފިލުވުމަށްފަހު ހުޅުވީ 2016 ނޮވެމްބަރު 11 ގައެވެ.

މީގެ އިތުރުން މަރަދޫ އޭޕީއެސް ޕްރީ ސްކޫލް ހިންގުމާއި، ސިނަމާއެއްގެ ގޮތުއި ވެސް މިތަން ބޭނުންކޮށްފައިވެއެވެ.

އެކި ގޮތްގޮތުން އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކުންނާއި، ފަތުރުވެރިންގެ މެދުގައި މަގްބޫލު ތަނެކެވެ.

އައްްޑޫ ސިޓީބޮނޑޮގެއާޓް ގެލެރީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
11 ނޮވެމްބަރު 2025

އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!

11 ނޮވެމްބަރު 2025
އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް