Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ސެޕްޓެމްބަރު 9ގައި

އިންތިޚާބުގައި ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރަނީ "ވިސްނުން23"

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޖެނުއަރީ 2023 | އާދީއްތަ 08:42
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާނަމަ، ދެވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން އިންތިޚާބާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކުރައްވަމުން ފުވާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރޭޝަން އާއި ގުޅުން ހުރި މައުލޫމާތު އާންމު ކުރާނީ މެއި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އަދި ވޯޓުލެވޭ މީހުންނަށް ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމަށް ލިބޭނީ 30 ދުވަހުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރީ ރަޖިސްޓްރޭޝަން މުއްދަތަކީ 16 ދުވަސް ކަަމަށް ވާއިރު، އެ މުއްދަތު ދެމިގެންދާނީ މި އަހަރުގެ 16 ޖުލައި އިން ފެށިގެން އޮގަސްޓް 5 އަށް ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ޖުލައި 23 އިން ފެށިގެން އޮގަސްޓް 3 އާއި ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ އޮގަސްޓް 9 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް އޮގަސްޓް 10 އިން ސެޕްޓެމްބަރު 8 ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މީގެ އިތުރުން އޮބްޒާވަރުންނާއި މޮނީޓަރިންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދުމުގެ ފުރުސަތު ޖުލައި 25 އިން އޮގަސްޓް 13ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބުގެ ޓްރެއިނިން ޕްރޮގްރާމް ޖުލައި 16 އިން ޖުލައި 21 އަށް ބާއްވަން ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. ކޮމިޝަނުން ބުނި ގޮތުގައި މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އޮގަސްޓް 10 އިން 17 އޮގަސްޓާ ހަމައަށެވެ. އަދި އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް 20 އޮގަސްޓުން 29 އޮގަސްޓާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ސްލޯގަންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ "މަގޭ ވިސްނުން، މަގޭ ވޯޓު" މި ސްލޯގަންއެވެ. އަދި މި ފަހަރުގެ އިންތިޚާބުގައި ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރަނީ "ވިސްނުން23"އެވެ.

ރިޔާސީ އިންތިޚާބު 2023އިލެކްޝަންސް ކޮމިޝަންފުއާދު ތައުފީގު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު