Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސްކަރިއްޔާގެ ޤުރުއާން މުބާރާތް

އަސްކަރިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ލާންސް ކޯޕްރަލް އަޙްމަދު ސަލީމަށް

މި މުބާރާތުގައި 176 ފަރާތަކުން ބައިވެރިވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 02:10
ދިވެހި އަސްކަރިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނައަށް ހޮވުނު އޮފިސަރު

ދިވެހި އަސްކަރިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނައަށް ހޮވުނު އޮފިސަރު

ސިފައިންގެ ޔުނިޓުތަކަށާއި ސިފައިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި، ދިވެހި އަސްކަރިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

Advertisement - newsAdvertisement

މި މުބާރާތުގައި ސިފައިންގެ ތެރެއިން އެއް ވަނަ ހޯދައި ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕުން ދިން 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ހާސިލުކުރި ފަރާތަކީ ލާންސް ކޯޕްރަލް އަޙްމަދު ސަލީމެވެ. މުބާރާތުގައި ބައިވެރިވި ސިފައިންގެ ތެރެއިން ދެވަނަ ހޯދާފައި ވަނީ ކެޕްޓަން މުޙައްމަދު ލިޔާޢު އިބްރާހީމްފުޅެވެ. އަދި ތިންވަނަ ހާސިލުކުރި ފަރާތަކީ ސާޖަންޓް އިބްރާހީމް ޙުސައިންއެވެ. މުބާރާތުގެ ޔުނިޓްތަކުގެ ކެޓަގަރީއިން އެއްވަނަ އެމްއެންޑީއެފް ކޯސްޓްގާޑް ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އެވެ. އަދި ޔުނިޓްތަކުގެ ކެޓަގަރީން ތިން ވަނަ ހޯދާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑެވެ. މުބާރާތުގެ ޔުނިޓްތަކުގެ ކެޓަގަރީން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ލާންސް ކޯޕްރަލް އަޙްމަދު ސަލީމެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ކެޕްޓަން މުޙައްމަދު ލިޔާއު އިބްރާހީމްފުޅެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ސިފައިންގެ އާއިލާތަކުގެ ކެޓަގަރީއިން ބައިވެރިވި ޒައިނަބު ބިންތު މުޙައްމަދު އިބްރާހީމްއެވެ. އަދި މުޅި މުބާރާތުން ދެ ވަނަ ޒާޔާ އަޙްމަދު ޒުބައިރު ހޯދާފައިވާއިރު މުޅި މުބާރާތުން ތިން ވަނަ ހޯދާފައިވަނީ އާމިނަތު އައިލީން އިބްރާހީމްއެވެ. މުބާރާތުގެ އުމުރުފުރާތަކުގައި ބައިވެރި ނުވެވޭ ޢާއިލާތަކުގެ ކެޓަގަރީން ބަލައިގެން ކިޔެވުމުން އެއްވަނަ ތިން ފަރާތަކުން ހޯދާފައިވެއެވެ. އެއީ ރިސާނާ ޢަބްދުﷲ އާއި އާމިނަތު އައިލީން އިބްރާހީމްގެ އިތުރުން ޒައިނަބް ބިންތު މުޙައްމަދު އިބްރާހީމްއެވެ.

މި މުބާރާތުގެ އުމުރުފުރާތަކުގެ ކެޓަގަރީގެ ތެރެއިން 5 އަހަރުން ދަށުގެ އެއްވަނަ ޒައުލް އަޙްމަދު ހުމާމް އާދަމް ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ ސުމައްޔާ ނަދީމް އިބްރާހީމްއެވެ. އަދި ތިންވަނަ ހޯދާފައި ވަނީ ދަޙާ ޢަލީ ވިއާމްއެވެ. މުބާރާތުގެ 8 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުން އެއްވަނަ ޢާއިޝަތު ޒައިނީ އިބްރާހީމް ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ އައިޝަތު އާޔާ ޙަސަންއެވެ. އަދި ތިންވަނަ ހޯދާފައި ވަނީ ސަންފާ އަފްރާދުއެވެ. މުބާރާތުގެ 12 އަހަރުން ދަށުގެ ހިތުން ކިޔެވުމުން އެއް ވަނަ ޒައިނަބު ބިންތި މުޙައްމަދު އިބްރާހީމް ހޯދާފައިވާއިރު، ދެވަނަ މަރިޔަމް އިބާ މުޙައްމަދު ޝާފް ވަނީ ހޯދާފައެވެ. އަދި ތިންވަނަ ހޯދާފައި ވަނީ އައިމިނަތު ހިޝްމާ ހާރިސްއެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުން އެއްވަނަ ޔައިޝާ ޔާސިރު އިބްރާހީމް ހޯދާފައިވާއިރު ދެވަނަ ހޯދާފައި ވަނީ ޢާއިޝަތު އައިލީންއެވެ. މި ކެޓަގަރީން ތިން ވަނަ ދެ ފަރާތެއް ހޯދާފައިވެއެވެ. އެއީ އައިޝަތު ރަޙާ ޙަލީމްއާއި އައިޒާ އަޙްމަދު ލިޒާންއެވެ.

16 އަހަރުން ދަށުގެ ހިތުން ކިޔެވެމުން އެއްވަނަ އާމިނަތު ޝަފްޢާ ޝަހީން ހޯދާފައިވާއިރު ދެ ވަނަ އާކިފް ބިން އިބްރާހީމް މުޙައްމަދު ހޯދާފައިވެއެވެ. އަދި ތިންވަނަ އައިޝަތު ހަނާން ހަސަން ހޯދާފައިވެއެވެ. މި ކެޓަގަރީން ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދާފައި ވަނީ އާމިނަތު އައިލީން އިބްރާހީމް އެވެ. އަދި ދެވަނަ އަޙްނަފް ބިން އަޙްމަދު ޢަބްދުﷲ ހޯދާފައިވާއިރު ތިންވަނަ ހޯދާފައި ވަނީ މުޝާތު މުސްތާޤު އެވެ.

މުބާރާތުގެ އުމުރުފުރާގެ ކެޓަގަރީގެ ތެރެެއިން 18 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުން 1 ވަނަ ހޯދާފައި ވަނީ އައިޝަތު ނަބާހާ އިސްމާޢީލް އެވެ. އަދި ދެވަނަ ފާޠިމަތު މަލަކް ޢާޠިމް ހޯދާފައިވާއިރު ތިން ވަނަ ހޯދާފައި ވަނީ ޢަލީ ސައިދާން ޝަހީން އެވެ. 18 އަަހަރުން މަތީގެ ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދާފައި ވަނީ މުޙައްމަދު އަތޯ އިބްރާހީމް އެވެ. މުބާރާތުގެ ހާފިޒް ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ޒާޔާ އަޙްމަދު ޒުބައިރު އެވެ.

ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދިވެހި ސިފައިންގެ ކުލަބުން ބާއްވަމުން އަންނަ މި މުބާރާތް މިދިޔަ އަހަރު ކުރިއަށްގެންދިޔައީ ވާޗުއަލްކޮންނެވެ. 2022 އެޕްރީލު 8 އިން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތަށް އިންސާފުކޮށް ދެއްވާފައިވަނީ ސީޑީއެސްއެސް ލެބްގައި ފަނޑިޔާރުން ތިއްބަވައިގެންނެވެ. މި މުބާރާތުގެ ހުރިހާ ދަންފަޅިތަކެއް ވެސް އެމްއެންޑީއެފް ފޭސްބުކް ޕޭޖުން ވަނީ ލައިވްކޮށްފައެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނެލްގައި ހިމެނޭ ބޭކަލުންނަކީ ފަސްޓް ލެފްޓިނެންޓް އަޙްމަދު ނާޙިދުއާއި ސާޖަންޓް މޭޖަރ ސަޢީދު ޙަސަން އަދި ސާޖަންޓް ފަސްޓް ކްލާސް އަޙްމަދު ޝިޔާމްއެވެ.

އިންޓަރ ޔުނިޓް ބައިން ވަކިވަކި ޔުނިޓްތަކަށާއި އަދި ޔުނިޓްތައް ކޮންބައިންކޮށް އަދި ވަކިވަކި ސިފައިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ސިފައިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިގައި 30 ސިފައިން އަދި ހިތުން ކިޔެވުމުގެ ބައިގައި 9 ސިފައިން ކިޔަވާފައިވެއެވެ.

ހަ ކެޓަގަރީއަކުން ސިފައިންގެ އާއިލާތަކަށް ހުޅުވާލައިގެން މުބާރާތް ކުރިއަށްގެންދިޔައިރު، އޭގެ ތެރޭގައި 5 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތި ކެޓަގަރީ ހިމެނެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުން ވެސް ހިތުން ކިޔެވުމުގެ ބަޔާއި، ބަލައިގެން ކިޔެވުމުގެ ބައިގައި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެފައިވެއެވެ. ނުވަ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ސިފައިންނާއި، ސިފައިންގެ ޢާއިލާތައް ހިމެނޭހެން 176 ފަރާތަކުން ބައިވެރިވެ، ކިޔަވާފައިވެއެވެ.

އެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު