Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުން

ރައްޔިތުންގެ ކަންކަމަށް ހައްލު ހޯދައިދެވޭ ބަޔަކަށް ފުލުހުން ވާންޖެހޭ: ސީޕީ ހަމީދު

ފުލުހުންގެ ޚިދުމަތާއިމެދު ރައްޔިތުން ކުރާ އުންމީދު ބޮޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 02:03
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނުވައިދޭ އެއްޗަކަށް ފުލުހުންގެ ނޫ ޔުނީފޯމުވާނީ، ހައްލު ހޯދައިދެވޭ ބަޔަކަށް ވެގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުރިއަށްދިޔަ 34 ވަނަ ޕޮލިސް ޓްރެއިނިން އިނީޝަލް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން އަބަދުވެސް އެތައް އުންމީދެއް ކުރާ ކަމަށެވެ. ރައްޔިތުންގެ މި އުންމީދުތައް ހަގީގަތަަކަށް ހެދޭނީ ފުލުހުންގެ ޚިދުމަތަކީ ޒިންމާދާރު އަދި ޖަވާބުދަރީ ކުރުވަނިވި ޚިދުމަތަށް ހެދިގެން ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މި ޚިދުމަތަށް ނުކުންނައިރު ޚިދުމަތް ލިބިގަންނަ ފަރާތުގެ ވާހަކަ ސަމާލުކަމާއެކު އަޑުއަހަންޖެހޭނެކަން ސީފީ ވަނީ ހަނދާންކޮށްދެއްވާފައެވެ. ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ވާހަކަ ކަނުލާ އަޑުއަހަންޖެހޭކަމަށާއި، ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނުވައިދޭ އެއްޗަކަށް ފުލުހުންގެ ނޫ ޔުނީފޯމުވާނީ އޭރުން ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ރައްޔިތުން ކުރާ އުންމީދާއި، ބަދަލުވަމުންދާ ޒަމާނާ ފައިހަމަކުރުމަށް ފުލުހުންގެ ތަމްރީނުތަކަށް އަދިވެސް ބަދަލުގެންނަންޖެހޭ ކަމަށެވެ. ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ވުޖޫދަށް ގެނެވިގެން މަސައްކަތްކުރަމުންދާއިރު، އޭގެ ހަމަ އިސްކޮޅަށް ކޮލެޖު ގެނައުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ. މިއީ ފުލުހުންގެ ޚިދުމަތާ ވަރަށް ބޮޑަށް ގުޅިފައި އޮތް ތަނެއް ކަމަށާއި، ފުލުހުންގެ ޚިދުމަތަށް ބަދަލު ގެންނައިރު އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭ ތަނަކީވެސް މިއީ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

34 ވަނަ ޕޮލިސް ޓްރެއިނިން އިނީޝަލް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 164 ފުލުހުން ވަނީ ދަސްވެނިވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު