Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް

ބޭންކް އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރައްވައިފި

މި އެވޯޑު އަރުވާފައިވަނީ ކުރީގެ ރައީސް މައުމޫން އަދި އަލްމަރުހޫމް އިސްމާއިލް ފަތުހީއަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ޖެނުއަރީ 2023 | ހުކުރު 02:24
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް އެރުވުނު އެވޯޑު ދަރިކަލުން ފާރިޝް މައުމޫންއާ ހަވާލުކުރެއްވުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް އެރުވުނު އެވޯޑު ދަރިކަލުން ފާރިޝް މައުމޫންއާ ހަވާލުކުރެއްވުން

ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝަރަފުވެރި އެވޯޑެއް އަރުވައިފިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވުނު ހަފްލާގައި މި އެވޯޑްތައް ހަވާލުކޮށްދެއްވާފައިވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާ ހިމެނޭހެން ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮންޕެނީއާއެކު ބޭންކް އޮފް މޯލްޑިވްސް އުފައްދަވައި، ބޭންކުގެ ކޮމާޝަލް އޮޕަރޭޝަންތައް ފައްޓަވާދެއްވުމުގެ ބިންގާ އަޅުއްވައިދެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ވަނީ ބޭންކަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ދެބޭފުޅުންނަކީ ވެސް ރާއްޖޭގައި ބޭންކިންގ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމުގެ މޭސްތިރިންނެވެ.

މީގެ އިތުރުން ބޭންކަށް 40 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންކަމަށްވާ ޢާއިޝަތު ނޫރައްދީން، ފާތިމަތު މަނިކެ އަދި މުސާ މުޙައްމަދުގެ އަގުވަޒަންކޮށް ރޭ ވަނީ އެވޯޑް ހަވާލުކޮށްދީފައެވެ. 

ބޭންކް އޮފް މޯލްޑިވްސްއަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑު ބޭންކިންގ ވިއުގައާއެކު ހިދުމަތް ދެމުންދާ ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލްރައީސް މައުމޫން އަބްދުލް ގައްޔޫމްއިސްމާޢީލް ފަތުޙީ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު