Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން

އަފްޣާނިސްތާނުގައި ޖާނުން ފިދާވެގެންދިން ބޮމުގެ ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި

މިހަމަލާގައި ފަސް މީހުން މަރުވެފައިވާކަމަށް ކާބުލް ފުލުހުން ބުނާއިރު، ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓްރީން ބުނަނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 20ށް އަރާކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 ޖެނުއަރީ 2023 | ބުރާސްފަތި 02:55
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި މީހަކު ޖާނުން ފިދާވެގެން ހަމަލާއެއް ދިނުން

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި މީހަކު ޖާނުން ފިދާވެގެން ހަމަލާއެއް ދިނުން

އަފްޣާނިސްތާނުގައި ބުދަ ދުވަހު ދިން ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގައިފިއެވެ.

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކައިރީ، ބުދަ ދުވަހުގެ ހަވީރު 04:00ހާއިރު މީހަކު ޖާނުން ފިދާވެގެންދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައި ވަނީ އެޖަމާއަތުގެ މީޑިއާ، އަމަޤް ނިއުސް މެދުވެރިކޮށް ޓެލެގްރާމްގައެވެ.

އިސްލާމިކް ސްޓޭޓުން އަފްޣާނިސްތާނުގައި ދޭ މިފަދަ ހަމަލާތައް ވަނީ އިތުރުވާން ފަށާފައެވެ. އެޖަމާއަތުން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބިދޭސީންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދެމުންނެވެ. އެގޮތުން އަފްޣާނިސްތާނުގައި ހުންނަ ޕާކިސްތާނު އަދި ރަޝިއާގެ އެމްބަސީއާއި އެގައުމުގައި ހަރަކާތްތެރިވަމުންދިޔަ ޗައިނާގެ ވިޔަފާރިވެރިންތަކަކަށް އާމާޒުކޮށް ވެސް އެޖަމާއަތުން ވަނީ ހަމަލާތައް ދީފައެވެ.

ބުދަ ދުވަހުގެ ބޮމުގެ ހަމަލާދިން ސަރަހައްދަކީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އިތުރުން، އިތުރު އެހެން މިނިސްޓްރީތަކާއި އެގައުމުގައި ހުންނަ ތުރުކީ އަދި ޗައިނާގެ އެމްބަސީތައް ވެސް ހުންނަ ސަރަހައްދެވެ.

މިހަމަލާގައި ފަސް މީހުން މަރުވެފައިވާކަމަށް ކާބުލް ފުލުހުން ބުނާއިރު، ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓްރީން ބުނަނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 20ށް އަރާކަމަށެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން މިނިސްޓްރީގެ ބޭރުގައި ނުވަ މީހުންގެ ފުރާނަ ނެތް ހަށިގަނޑު ފެންނަން އޮތެވެ.

އިންފޮރމޭޝަން މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ހަމަލާދިން މީހާ ބޭނުންވީ ފޮރިން މިނިސްޓްރީގެ ތެރެއަށް ވަންނަންށެވެ. އެކަން އޭނާއަށް ކާމިޔާބު ނުވިކަމަށް އޮފިޝަލު ފާހަގަކުރިއެވެ.

ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުރި ހޮސްޕިޓަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ބޮމުގެ ހަމަލާގެ ސަބަބުން 40ށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އ.ދ.، އިނގިރޭސިވިލާތް އަދި ޕާކިސްތާނު ހިމެނެހޭން ގިނަ ގައުމުތަކަކުން ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.

އަފްޣާނިސްތާން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު