Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ގުރުއާން މުބާރާތް

"ރަންތާޖު" ގުރުއާން މުބާރާތް: އޮޑިޝަން ދިނުމާއެކު ލިބޭ މާކްސް އެނގިގެންދާނެ

އޮޑިޝަންތަކުގެ ބައި ނިމުމަށްފަހު ވަކިވަރަކަށްވުރެ މަތިން މާކްސް ލިބޭ 30 ނުވަތަ 35 ބައިވެރިން ކަނޑައަޅާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖެނުއަރީ 2023 | ބުރާސްފަތި 02:25
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ވާހަކަދައްކަވަނީ

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ރަންތާޖު" މުބާރާތުގައި ބައިވެރިވެ އޮޑިޝަން ދިނުމާއެކު އެމީހަކަށް ލިބޭ މާކްސް އެނގިގެންދާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ރަންތާޖު ގުރުއާން މުބާރާތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮންނަ އޮޑިޝަންތަކުން އެންމެ މަތިން މާކްސް ލިބޭ 20 ބައިވެރިން ކަނޑައަޅާނެކަމަށެވެ. މުބާރާތުގެ ޖަޖުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް ގާރީ ބޭފުޅުންގެ 10 ބޭފުޅުން ހިމެނޭނެކަމަށެވެ.

9 ސަރަހައްދެއްގައި އޮޑިޝަންތައް އޮންނައިރު އެއިން ކޮންމެ ސަރަހައްދަކަށްވެސް ދާނީ 3 ޖަޖުންކަމަށް ހިޝާމް ވިދާޅުވިއެވެ. އޮޑިޝަންގައި ބައިވެރިން ކިޔަވާ އަޑުއެހުމަށްފަހު އެމީހަކަށް މާކްސް ދޭނެކަމަށާއި ބައިވެރިއަކަށް ލިބޭ މާކްސް އެބައިވެރިއަކަށް އެނގޭނެކަމަށެވެ.

އޮޑިޝަންތަކުގެ ބައި ނިމުމަށްފަހު ވަކިވަރަކަށްވުރެ މަތިން މާކްސް ލިބޭ 30 ނުވަތަ 35 ބައިވެރިން ކަނޑައަޅާނެކަމަށް ހިޝާމް ވިދާޅުވިއެވެ. އެގޮތުން ކަނޑައަޅާއިރު އެއް ވަރަކަށް މާކްސް ލިބިފައި ގިނަ ކުދިން ތިބިނަމަ ޖަޖުންގެ ޕެނަލުން އެހުރިހާ ކިޔެވުމެއް އަޑުއެހުމަށްފަހު ގޮތް ނިންމާނެއެވެ.

ހިޝާމް ވިދާޅުވީ މަސައްކަތްކުރާނީ ވީހާވެސް ޓްރާންސްޕޭރެންޓްކޮށް މުބާރާތް ކުރިޔަށް ގެންދިޔުމަށްކަމަށެވެ.

މުބާރާތުގައި އިންސާފު ކުރެވޭ ބައިތަކަކީ ބަލައިގެން ކިޔެވުން، ނުބަލައި ކިޔެވުން، ސޫރަތުއް ޟުޙާއިން ތިރީގެ ސޫރަތްތަކުގެ މާނަ، ޢުލޫމުލް ޤުރުއާނާއި އަސްބާބުއް ނުޒޫލުގެ ބައިތަކުގެ އިތުރުން ތަޖުވީދުގެ ބައިތަކެވެ. މުބާރާތުގެ މުޤައްރިރުގައި ބަލައިގެން ކިޔެވުމުގައި މުޅި ޤުރުއާން އެއްކޮށް ހިމެނޭއިރު ނުބަލައި ކިޔެމުގައި 29 ވަނަ ފޮތާއި 30 ވަނަ ފޮތް ހިމެނެއެވެ. އަދި ތަރުޖަމާގައި ސޫރަތުއް ޟުޙާއިން ސޫރަތުއް ނާސްގެ ނިޔަލަށް ދިވެހި ތަރުޖަމާ ހިމެނެއެވެ.

ހިޝާމް ވިދާޅުވީ އޮޑިޝަން މަރުހަލާގައި ޖަޖުކުރާނީ ހަމައެކަނި ކިޔެވުމަށެވެ. އެ ބައިވެރިން ވާން ޖެހޭނީ ކީރިތި ޤުރުއާނުގެ 29 ވަނަ ފޮތާއި 30 ވަނަ ފޮތް ހިތުދަސް ބައިވެރިންނަށެވެ. ނަމަވެސް އޮޑިޝަންގައި ބާލާނީ ކިޔެވުމަށް އެކަނި ކަމަށްވާއިރު ހިތުދަސް ކުރުމުގެ ބަޔަކަށް ނުބަލާނެއެވެ. އެކަމަކު އެ ބައިވެރިޔަކު ހިތުދަސްތޯ ނުވަތަ ދަސް ކުރެވިދާނެތޯ އަހާ، އެކަމުގައި ޔަޤީންކަން ހޯދާނެއެވެ. ހިޝާމް ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ގުރުއާން ކިޔެވުމަށް ގުރުއާނުގެ އިލްމަށް ޝައުގުހުރި ކޮންމެ މީހަކަށްވެސް އޮޑިޝަންގައި ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.

މުބާރާތުގައި ވަކިވެގެންދާ ބައިވެރިން ކަނޑައެޅުމުގައި އެއްވަނަ ޝޯގައި ކިޔަވާ 20 ބައިވެރިންގެ ތެރެއިން 5 ބައިވެރިން މުބާރާތުން ވަކިވެގެންދާނެއެވެ. އަދި ދެވަނަ ޝޯގައި ކިޔަވާ 15 ބައިވެރިންގެ ތެރެއިން 4 ބައިވެރިން މުބާރާތުން ވަކިވެގެންދާއިރު ތިންވަނަ ޝޯގައި ކިޔަވާ 11 ބައިވެރިންގެ ތެރެއިން ދެ ބައިވެރިން މުބާރާތުން ވަކިވެގެންދާނެއެވެ. އަދި ހަތަރު ވަނަ ޝޯގައި ކިޔަވާ ބައިވެރިންގެ ތެރެއިން ދެ ބައިވެރިން، ފަސް ވަނަ ޝޯގައި ކިޔަވާ 7 ބައިވެރިންގެ ތެރެއިން ދެ ބައިވެރިން، ހަވަނަ ޝޯގައި ކިޔަވާނީ މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިންނެވެ. މި ބައިވެރިންގެ ތެރެއިން 1 ވަނަ ބައިވެރިޔަކު ހޮވިގެންދާނެއެވެ.

ރަންތާޖު ޤުރުއާން މުބާރާތްރާއްޖެޓީވީއިސްލާމިކް މިނިސްޓްރީޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު