Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެސްއެމްއީ ހަބް

އެސްއެމްއީ ހަބް: ކުދި ވިޔަފާރިތަކަށާއި ފަންނާނުންނަށް އަދި ލިޔުންތެރިންނަށް ފުރުސަތުގެ ހަބެއް

އެތަން ފަރުމާކޮށްފައިވަނީ އެތަނުގައި ތިބެވޭނެ ގޮތަށް ހިތްގައިމު ކޮންސެޕްޓަކަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2023 | ބުދަ 09:23
އެސްއެމްއީ ހަބް

އެސްއެމްއީ ހަބް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އެތައް މަސައްކަތެއް ކުރެއެވެ. ކުދި ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް މާކެޓަށް ނެރުމަށާއި, އެމީހުންނަށް އެތަކެތި ވިއްކައި ކުރިއަރައިދެވޭނެ މަގެއް ފަހިކޮށްދިނުމަށް އެހީވެއެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް އެންމެ ފުރަތަމަ ވުޖޫދަށް ގެނައީ އޮތެންޓިކް މޯލްޑިވްސްއެވެ. މިއީ ދިވެހިންގެ އުފެއްދުންތަކަށް ޚާއްސަކޮށް ވުޖޫދަށް ގެނައި ތަނެކެވެ. މިތަނުން ކުޅަދާނަ ދިވެހިންގެ އެތައް އުފެއްދުމެއް ފެނިގެންއެވެ.

އަނެއްކާވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން އެސްއެމްއީ ހަބް ވަނީ ތައާރަފުކޮށްފައެވެ. މިތަނަށް ދީފައިވާ ނަމުންވެސް މިތަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ތަނެއްކަން އެނގެއެވެ. މޯލްއެއްގެ ކޮންސެޕްޓަށް ފަރުމާކޮށްފައިވާ މި ތަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެތައް ފުރުސަތެއް ލިބޭނެ ގޮތަށް ފަރުވާކޮށްފައިވާ ތަނެކެވެ.

ތަނުގެ އެންމެ ތިރީ ފަންގިފިލާގައި ހިތްގައިމު ކެޕޭއެއް ހުރެއެވެ. އެތަން ފަރުމާކޮށްފައިވަނީ އެތަނުގައި ތިބެވޭނެ ގޮތަށެވެ. އަދި ގަސްވިއްކާ ފިހާރައެއްގެ އިތުރުން ފޮތް ފިހާރައެއް އެންމެ ތިރީ ފަންގިފިލާގައި ހުރެއެވެ. އެ ފޮތް ފިހާރަ ޚާއްސަކޮށްފައިވަނީ ދިވެހި ލިޔުންތެރިންގެ ލިޔުންތަކަށެވެ. މީގެ އިތުރުން ފަންނާނުންނަށް ޚާއްސަ ކޯނަރެއްވެސް އެތަނުގައި ވެއެވެ. ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކުދި ވިޔަފާރިތަކަށެވެ. އެތަނުގައި އެކި ބާވަތުގެ ކާބޯތަކެތި ވިއްކާ ކުދި ވިޔަފާރިތައް ހުއްޓެވެ. އެތަންވެސް ފަރުމާކޮށްފައިވަނީ އެތަނުގައި ކާން ގޮސް ތިބެވޭނެ ގޮތަށެވެ.

ކުދި ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކައި މާކެޓުކުރުމަށް މިއީ ވަރަށް ފުރިހަމަ ޕްލެޓްފޯމެކެވެ. އެތަނުން ފެނުނު ގިނަ ވިޔަފާރިތަކަކީ ސޯޝަލް މީޑިއާގެ ޕޭޖަކުން ފަށައިގަތް ވިޔަފާރިތަކެވެ. މިއަދު އެ ވިޔަފާރިތަކަށް މިވަނީ އެމީހުންގެ އުފެއްދުންތަކަށް އިތުރު މާކެޓެއް ހޯދުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ.

އެސްއެމްއީ ހަބް ހުޅުވައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ބީސީސީން ބުނެއެވެ. އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނާއި, އާންމުންގެ ގިނަ ބަޔަކުވެސް އެކި ގަޑިތަކުގެ ކެއުމަށް މިތަނަށް ދެއެވެ. ތަނުގެ ހިތްގައިމުކަމުން އެތަނުގައި ތިބެގެން މަސައްކަތްކޮށްލުމަށްވެސް ގިނަ ބަޔަކު ދެއެވެ.

އެސްއެމްއީ ހަބުގެ ސަބަބުން ކުދި ވިޔަފާރިތަކުގެ އިތުރުން ދިވެހި ލިޔުންތެރިންނަށާއި, ފަންނާނުންނަށްވެސް މި ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކުރިއަށްއޮތްތަނުގައި ފަންނާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން 2 ވަނަ ފަންގިފިލާފައި 25 މީހުންގެ ސިނަމާއެއް ގާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި ސިނަމާއާއެކު އަނެއްކާވެސް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބީސީސީން ބުނެއެވެ. އަނެއްކާވެސް ތަނުގެ ހިތްގައިމުކަން އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ

އެސްއެމްއީ ހަބްއިކޮނޮމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު