Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބުގެ އޮފިޝަލުން

ރިޔާސީ އިންތިޚާބުގެ އެކި މަސައްކަތްތަކަށް 8000 އޮފިޝަލުން ބޭނުންވާނެ: ފުއާދު

ކުރިން އިންތިޚާބުތަކުގައި މަސައްކަތްކޮށްފައި ތިބި އޮފިޝަލުން ހިމެނޭ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖެނުއަރީ 2023 | އަންގާރަ 17:25
އީސީގެ ރައީސް ފުއާދު ތައުފީގު

އީސީގެ ރައީސް ފުއާދު ތައުފީގު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެކިއެކި މަސައްކަތްތަކަށް 8000 އޮފިޝަލުން ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އިދާރީ އެކިކަންކަމާއި ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ މީހުންނާއެކު އެހާ އަދަދަށް އޮފިޝަލުން ބޭނުންވާނެކަމަށެވެ. އޮފިޝަލުން ހޯދުމަށްޓަކައި މިހާރުވެސް އިއުލާނުތަކެއް ކޮށްފައިވާނެ ކަމަށެވެ. މީގެއިތުރުން މީގެކުރީގެ ރިޔާސީ އިންތިޚާބުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގެ އިތުރުން ލޯކަލް ކައުންސިލު އިންތިޚާބުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ހިމެނޭ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުއާދު ވިދާޅުވިއެވެ. ދަފުތަރުގައި ތިބި މީހުންގެ އިތުރުންވެސް އިތުރު މީހުން ބޭނުންވާނެކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ ދަފުތަރު ތައްޔާރުކުރުމާއެކު އިތުރު އޮފިޝަލުން ހޯދުމަށް ސިވިލް ސަރވިސް ގައިވެސް އެދޭނެކަމަށެވެ.

އޮފިޝަލުން ހޯދުމަށްފަހު އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ކުރަންޖެހޭއިރު އިންތިޚާބު ބޭއްވުމުގެ ތިން މަސްދުވަސްކުރިން އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.

ހުރިހާ އޮފިޝަލުންނަށް އެއްގޮތަކަށް ތަމްރީނުތައް ދޭންޖެހޭއިރު ޓްރެއިނިންގ މެޓީރިއަލް ހެދުމާއި އެމަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮންނާނެކަމަށް އީސީން ބުނެފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް އީސީން އިއުލާންކޮށްފައި ނުވިނަމަވެސް ސެޕްޓެމްބަރ 2 ނުވަތަ 9 ގައި އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވޭނެކަމަށް އީސީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންފުއާދު ތައުފީގުރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު