Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ - ދެކުނު ކޮރިއާ

ޗައިނާއިން ދެކުނު ކޮރިއާއަށް ކުރު މުއްދަތުގެ ވިސާ ދޫކުރުން މެދުކަނޑައިލައިފި

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށްވެސް ދެކުނު ކޮރިއާގެ މިނިސްޓަރު ވަނީ އެދިވަޑައިގެންފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 08:44
ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއަރޕޯޓް

ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއަރޕޯޓް

ޗައިނާއިން ދެކުނު ކޮރިއާއަށް ކުރު މުއްދަތުގެ ވިސާ ދޫކުރުން މެދުކަނޑައިލައިފިއެވެ.

ޗައިނާއަށް ދަތުކުރަން ބޭނުންވާ ދެކުނު ކޮރިއާގެ ރައްޔިތުންނަށް ކުރު މުއްދަތުގެ ވިސާ ދޫކުރުން މެދުކަނޑާލާފައިވާކަން އިއުލާނުކޮށްފައި ވަނީ ދެކުނު ކޮރިއާގައި ހުންނަ ޗައިނާގެ އެމްބަސީންނެވެ. މީޑިއާ ރިޕޯޓުތައް ފާހަގަކުރާގޮތުގައި މިއީ ޗައިނާގެ ރައްޔިތުން ދެކުނު ކޮރިއާއަށް ދަތުރުކުރުމުގައި އެގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ރައްދުގައި ޗައިނާއިން ނިންމި ނިންމުމެކެވެ.

ދެކުނު ކޮރިއާގައި ހުންނަ ޗައިނާ އެމްބަސީގެ އޮފިޝަލް ވީޗެޓް އެކައުނުން މިކަން އިއުލާނުކޮށްފައިވާއިރު، އެއިދާރާއިން ވަނީ މިނިންމުމަށް ބަދަލުގެނެވޭނީ ދެކުނު ކޮރިއާއިން އެގައުމުގެ ރައްޔިތުން ދަތުރުކުރުމުގައި އަޅާފައިވާ "ތާފާތުކުރަނިވި" ފިޔަވަޅުތައް އުވާލުމުންކަމަށް ބުނެފައެވެ.

ޗައިނާގެ އެމްބަސީން މިކަން އިއުލާނުކޮށްފައި މިވަނީ ދެކުނު ކޮރިއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ކަންބޮޑުވުން ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގޭންގ ދެކުނު ކޮރިއާގެ ފޮރިން މިނިސްޓަރު ޕާކް ޖިންއާ ފޯނުން ގުޅުއްވާ ހިއްސާކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

ޗައިނާގެ މިނިސްޓަރުގެ ކަންބޮޑުވުމާ ގުޅުއްވައި ދެކުނު ކޮރިއާގެ މިނިސްޓަރު ވަނީ އެގައުމުން ފިޔަވަޅުތައް އަޅާފައި ވަނީ ގިނަ ކަންތައްތަކަކަށް ބެލުމަށްފަހުކަމަށާއި އެނިންމުންތައް ނިންމާފައި ވަނީ ސައިންޓިފިކްގޮތުންވެސް ގިނަ ކަންތައްތަކެއް ބެލުމަށްފަހުގައިކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށްވެސް ދެކުނު ކޮރިއާގެ މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ދެކުނު ކޮރިއާއިން، ޗައިނާއިން އެގައުމަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭ ގޮތަށް މަޖުބޫރުކޮށް، ފިޔަވަޅު އަޅާފައި ވަނީ ނިމުނު ހަފުތާގެ ތެރޭގައެވެ. މިނިންމުން އެގައުމުން ނިންމާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު އެގައުމުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އުފުލިގެންދިއުމާ ގުޅިގެންނެވެ.

ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޗައިނާއިން ދެކުނު ކޮރިއާއަށް ދަތުރުކުރާ މީހުން، ދަތުރުކުރުމުގެ 48 ކުރިން ނަގާފައިވާ ނެގަޓިވް ޕީސީއާރް ޓެސްޓު ހުށަހަޅަން ޖެހޭނެއެވެ. ނުވަނަ ދަތުރުގެ 24 ގަޑިއިރު ކުރިިން ރެޕިޑް އެންޓިޖެން ޓެސްޓެއް ހަދަންޖެހޭނެއެވެ.

މީގެ އިތުރުން، މިމަހުގެ ނިޔަލަށް ޗައިނާގެ ރައްޔިތުންނަށް ކުރުމުއްދަތުގެ ވިސާ ދޫކުރުންވެސް ދެކުނު ކޮރިއާއިން މެދުކަނޑައިލިއެވެ.

ދެކުނު ކޮރިއާގެ ރައީސް ޔޫން ސުކްޔޮލް ވަނީ އެގައުމުން ކޮވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ އެއްވެސް ސިޔާސީ ކުލައެއް ނުހިމެނޭ ނިންމުންތަކެއް ކަމަށާއި، މިފިޔަވަޅުތަކަކީ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކޮވިޑާ ގުޅިގެން ގައުމުތަކުން އިއުލާނުކުރާ ކަރަންޓީންގެ ފިޔަވަޅުތަކާ ބޯޑަރު ކޮންޓްރޯލުކުރާ ފިޔަވަޅުތަކަކީ ޑިޕްލޮމެޓިކް، ސިޔާސީ އަދި އިގުތިސާދީ ނުވަތަ ވިޔަފާރިއާ ގުޅުވައި އަޅައި ފިޔަވަޅުތަކެއް ކަމަށް އެއްވެސް ގައުމަކުން ނުދެކޭކަމަށް ޔޫން ސުކްޔޮކް ވިދާޅުވިއެވެ.

މިފަދަ ފިޔަވަޅުތަކަކީ ގައުމުގެ އެންމެންގެ ސިއްހީ ރައްކާތެރިކަމަށް ކޮންމެ ގައުމަކުންވެސް އަޅާނެ ފިޔަވަޅުތަކެއް ކަމަށް ދެކުނު ކޮރިއާގެ ރައީސް ވިދާޅުވިއެވެ.

ދެކުނު ކޮރެއާޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު