Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޭލް

ކާމިޔާބު ކެރިއަރަކަށްފަހު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ބޭލް ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖެނުއަރީ 2023 | އަންގާރަ 02:19
ޗެމްޕިއަންސް ލީގު ތައްޓާއެކު ބޭލް

ޗެމްޕިއަންސް ލީގު ތައްޓާއެކު ބޭލް

ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 33 އަހަރުގައި ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރީ ހޯމަ ދުވަހުގެ ރޭ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. ބޭލް އޭނާގެ ކެރިއަރު ފެށީ، 2006 ވަނަ އަހަރު ސައުތެމްޓަން އިންނެވެ. އެއަށްފަހު އޭނާ ވަނީ އެކިއެކި ކުލަބުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޓޮޓެންހަމާއި، ސްޕެއިންގެ ރެއާލް މެޑްރިޑު އަދި އެންމެ ފަހުން އޭނާ ކުޅުނު އެމެރިކާގެ އެލްއޭ އެފްސީ ހިމެނެ އެވެ. ބޭލްގެ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރަކީ ސްޕެއިންގެ ރެއާލަށް ކުޅުނު ދުވަސްވެރެވެ. ބޭލް ރެއާލަށް ބަދަލުވީ ޓޮޓެމްހަމްގައި ހުރުމަށްފަހު، 2013 ވަނަ އަހަރު އެވެ. ރެއާލާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 258 މެޗުގައި 106 ލަނޑު ޖަހައިފަ އެވެ. ރެއާލާއެކު އޭނާ ވަނީ ޖުމުލަ 16 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭ އާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ބޭލް ހިމެނެ އެވެ.

ބޭލް އެންމެ ފަހުން ކުޅުނީ އެލްއޭ އެފްސީ އަށެވެ. އޭގެ ކުރިން ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ކުރީގެ ކުލަބް ޓޮޓެންހަމަށް ވެސް ކުޅެފަ އެވެ. އެމެރިކާގެ އެލްއޭ އެފްސީ އަށް ކުޅެދިން 13 މެޗުން ބޭލް ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އެމްއެލްއެސް ކަޕާއި، ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފަ އެވެ.

ބޭލް އަށް ވޭލްސްގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބުނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 111 މެޗުގައި 41 ލަނޑު ޖަހައިފަ އެވެ. ބޭލް އަކީ ވޭލްސް ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. 64 އަހަރަށްފަހު ވޭލްސް ވޯލްޑް ކަޕް މުބާރާތަށް ކޮލިފައިވުމުގައި ވެސް ބޭލް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ވޭލްސް އާއެކު 2016 ވަނަ އަހަރު އޮތް ޔުރޯ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ކުޅެފަ އެވެ.

ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބޭލް ބުނީ، އެއީ އޭނާގެ ކެރިއަރުގައި ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި ޤައުމީ ޖާޒީގައި ކުޅެ، ޤައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބޭ އެންމެ ޚާއްސަ އެއް ކަންތައް ކަމަށެވެ. ބޭލް ބުނީ ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އޭނާ އެކަމާ ފަޚުރުވެރިވެ، އުފާވާ ކަމަށެވެ. ބޭލް ވަނީ އޭނާ އަށް އެހީތެރިވެދިން ކޯޗުންނާއި، އޮފިޝަލުންނާއި، އޭނާއާއެކު ކުޅުނު ކުޅުންތެރިންނަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފަ އެވެ. މީގެ އިތުރުން ބޭލް ބުނީ ކެރިއަރު ފެށި ދުވަހުން ފަށައިގެން، އެލްއޭ އެފްސީ އަށް ކުޅުނު ދުވަހާ ހަމަ އަށް އޭނާ އަށް ކުރެވުނު އެންމެހައި ކަންތަކާ މެދު ވެސް ފަޚުރުވެރިވާ ކަމަށެވެ.

ގެރެތު ބޭލްރެއާލް މެޑްރިޑްޓޮޓްނަމް ހޮޓްސްޕަރވޭލްސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު