Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާދުއްދީން އާއި އިއްޒުއްދީން ސްކޫލްގެ ކިޔެވުން ބަންދު

ހާލުގައި ޖެހުނު މީހުންގެ ވަގުތީ ހިޔާއަކަށް ބޭނުންކުރަމުން އަންނަނީ އިމާދުއްދީން ސްކޫލް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖެނުއަރީ 2023 | ހޯމަ 08:05
އިމާދުއްދީން ސްކޫލް

އިމާދުއްދީން ސްކޫލް

ނީލަން ފިހާރައިގައި ހޯމަ ދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލެއްގެ ކިޔެވުން ހޯމަ ދުވަހު ނޯންނާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ނީލަން ފިހާރަ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލުގެ ކިޔެވުން މެދުކަނޑައިލުމުގެ ކުރިން، ސެޝަންތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރިއެވެ. އެގޮތުން އިއްޒުއްދީން ސްކޫލުގެ ކިޔެވުން ހެނދުނު 10 ޖަހާއިރު ފަށަން އަދި އިމާދުއްދީންގެ ކުދިންގެ ވެސް ހެނދުނުގެ ސެޝަންގެ ކިޔެވުން ލަސްކުރަން ނިންމިއެވެ.

Advertisement - newsAdvertisement

ނަމަވެސް އެ ސަރަހައްދަށް ފެތުރިފައިވާ ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާއެކު ކިޔެވުން ވަނީ މެދުކަނޑާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމާދުއްދީން ސްކޫލުގެ ކިޔެވުން ނޯންނާނެ ކަމަށެވެ. ހާލުގައި ޖެހުނު މީހުންގެ ވަގުތީ ހިޔާއަކަށް ބޭނުންކުރަމުން އަންނަނީ އިމާދުއްދީން ސްކޫލެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ނީލަން ފިހާރައާއި ޖެހިގެން ހުންނަ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔައީ ރާއްޖެއިން ބޭރުގެ މީހުންނެވެ. އޭގެ ތެރޭގައި ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެއް އެތަނުގައި ދިރިއުޅެއެވެ. މިމީހުން ތިބީ އިމާދުއްދީން ސްކޫލްގައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ހޯމަ ދުވަހުގެ ފަތިހު 05:43 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައެވެ. މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

މިހާދިސާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ހެނދުނު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރުއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު