Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ހައުސްގެ ސްޕީކަރ ހޮވުން

ވޯޓުގެ 15 ބުރަށްފަހު، ހައުސްގެ ސްޕީކަރަކަށް މެކާތީ ހޮވިއްޖެ

މިއީ ޒަމާންތަކަކަށްފަހު، ހައުސްގެ ސްޕީކަރ ހޮވުމަށް މިހާ ގިނަ ފަހަރު ވޯޓުލާންޖެހުނު ފުރަތަމަ ފަހަރު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2023 | ހޮނިހިރު 16:09
އެމެރިކާގެ ހައުސްގެ ސްޕީކަރ ކެވިން މެކާތީއާއި ޑިމޮކްރެޓިކް ޕާޓީގެ ހައުސް ލީޑަރ ހަކީމް ޖެފްރީސް

އެމެރިކާގެ ހައުސްގެ ސްޕީކަރ ކެވިން މެކާތީއާއި ޑިމޮކްރެޓިކް ޕާޓީގެ ހައުސް ލީޑަރ ހަކީމް ޖެފްރީސް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރަކަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރު ކެވިން މެކާތީ ހޮވިވަޑައިގެންފިއެވެ. އޭނާ އެމަގާމަށް ހޮވިވަޑައިގެންނެވީ، ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތުމާއެކުވެސް، އެކަމަށްޓަކައި ބާއްވަންޖެހޭ ވޯޓުގެ 14 ބުރު ނާކާމިޔާބުވުމަށްފަހު، 15 ވަނަ ފަހަރަށް ނެގި ވޯޓުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރަކަށް ހުންނަވާ ބޭފުޅެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ހައުސްގެ އެޖެންޑާ ކަނޑައެޅުއްވުމާއި ގާނޫނު ހެދުމުގެ ކަންތައް ބެލެހެއްޓެވުމެވެ.

މަގާމް ކަށަވަރުވެވަޑައިތުމާއެކު ކުރެއްވި ޓްވީޓްގައި މެކާތީ ވިދާޅުވީ، ސްޕީކަރ ހޮވުމަށް ކުރިއަށްދިޔަ ވޯޓުތަކުން އެއް ކަމެއް ސާފުވެއްޖެކަމަށް އުންމީދު ކުރައްވާކަމަށެވެ. އެއީ އޭނާ ކަމަކަށް ކުރިމަތި ލައްވައިފިނަމަ އެކަމެއް ކާމިޔާބުކުރައްވާނެކަމެވެ. އެމެރިކާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުގައިވެސް ހުންނަވާނީ އެގޮތަށް ކަމަށް މެކާތީ ވިދާޅުވެފައިވެއެވެ.

ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން މެކާތީ ވިދާޅުވިގޮތުގައި، ކުރިން ވޯޓު ނުދެއްވަން ތިއްބެވި ބައެއް މެމްބަރުން އަނބުރާލެއްވުމަށް ކުރީގެ ރައީސް ޓްރަމްޕްގެ އެހީތެރިކަން ލިބިވަޑައިގެންފައިވެއެވެ. އަދި މިކަމުގައި ޓްރަމްޕްގެ ނުފޫޒު އޮތް މިންވަރު އެއްވެސް ފަރާތަކަށް ވަންހަނާވެފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މެކާތީގެ ކާމިޔާބީއަށް ރައީސް ޖޯ ބައިޑެންވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ރިޕަބްލިކަން ޕާޓީއާއެކު އެއްބާރުލައިގެން ކުރިޔަށް ވަޑައިގެންނެވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ކެވިން މެކާތީއަކީ ކެލިފޯނިޔާއިން ހޮވިވަޑައިގެންފައި ހުންނަވާ މެމްބަރެވެ.

ހައުސްގައި، ވެރިކަންކުރާ ޑިމޮކްރެޓިކްޕާޓީގެ ލީޑަރަކަށް ހުންނަވަނީ ހަކީމް ޖެފްރީސްއެވެ. ނިއުޔޯރކްއިން ހޮވިވަޑައިގެން ހުންނަވާ ޖެފްރީސްއަކީ ކޮންގްރެސްގައި ޕާޓީއެއްގެ ލީޑަރުކަން ކުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއެވެ.

ރިޕަބްލިކަން ޕާޓީއަށް ހައުސްގެ އަޣުލަބިއްޔަތު ލިބިފައިވަނީ ނޮވެމްބަރުމަހު ބޭއްވި މިޑްޓަރމް އިލެކްޝަންގައެވެ. އެއީ 222 ވޯޓު 212 ވޯޓުގެ ތަފާތަކުންނެވެ. އެފަހަރުގެ އިންތިޚާބުގައި ސެނެޓްގެ އަޣުލަބިއްޔަތު ލިބިފައިވަނީ ޑިމޮކްރެޓިކް ޕާޓީއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެކްސިޓް: ފަސްކޮށްދިނުމަށް އެދުމަށް އެއް ވޯޓުގެ ތަފާތުން ފާސްކޮށްފި

ބްރެކްސިޓް: ފަސްކޮށްދިނުމަށް އެދުމަށް އެއް ވޯޓުގެ ތަފާތުން ފާސްކޮށްފި

04 އެޕްރީލު 2019
ވައިޓް ހައުސްގެ އެޑްވައިޒަރު ޖެރެޑް ކުޝްނާ ސައުދީ ވަލީއަހުދާއި ބައްދަލު ކުރައްވައިފި

ވައިޓް ހައުސްގެ އެޑްވައިޒަރު ޖެރެޑް ކުޝްނާ ސައުދީ ވަލީއަހުދާއި ބައްދަލު ކުރައްވައިފި

28 ފެބުރުއަރީ 2019
ވައިޓް ހައުސްގެ އެކްޓިންގ ޗީފް އޮފް ސްޓާފް ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ވައިޓް ހައުސްގެ އެކްޓިންގ ޗީފް އޮފް ސްޓާފް ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

16 ޑިސެމްބަރު 2018
ރަޝިޔާއާ ދެކޮޅަށް އެޅިކަމަށް ބުނާ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ސަފީރާއި ވައިޓް ހައުސްގެ ބަސް ތަފާތު!

ރަޝިޔާއާ ދެކޮޅަށް އެޅިކަމަށް ބުނާ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ސަފީރާއި ވައިޓް ހައުސްގެ ބަސް ތަފާތު!

18 އެޕްރީލު 2018
ރައީސް ޓްރަމްޕް ހުންނެވީ ވަރަށް ރަނގަޅު ސިއްހަތެއްގައި: ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން

ރައީސް ޓްރަމްޕް ހުންނެވީ ވަރަށް ރަނގަޅު ސިއްހަތެއްގައި: ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން

13 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު