Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ

ވާދަކުރާނެ ކެންޑިޑޭޓަކު ނުވެ ޔުއެފާ ރައީސްކަމުގެ ތިން ވަނަ ދައުރަށް ޗެފެރިން އިންތިޚާބުވެއްޖެ

މިއީ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި ޗެފެރިން ޔުއެފާ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ދެ ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2023 | އާދީއްތަ 02:51
ޔުއެފާގެ ރައީސް ޗެފެރިން

ޔުއެފާގެ ރައީސް ޗެފެރިން

ޔުއެފާގެ ރައީސްކަމުގެ މަޤާމަށް އަލެކްސަންޑަ ޗެފެރިން އިންތިޚާބުވެއްޖެ އެވެ.

މިހާރު ވެސް ޔުއެފާ ރައީސްކަމުގެ މަގާމުގައި ހުންނެވި ޗެފެރިން ތިން ވަނަ ދައުރަކަށް އިންތިޚާބުވީ، ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތުމުންނެވެ. ހުކުރު ދުވަހު ޔުއެފާ އިން ވަނީ އިންތިޚާބަށް ކުރިމަތިލީ ޗެފެރިން އެކަނި ކަމުގައި އިއުލާންކޮށްފަ އެވެ. މިއީ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި ޗެފެރިން ޔުއެފާ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޔުއެފާގެ 2019 ވަނަ އަހަރު އޮތް ޔުއެފާގެ އިންތިޚާބުގައި ވެސް ޗެފެރިންއާ ވާދަކުރާނެ ކެންޑިޑޭޓަކު ނެތެވެ. އެންމެ ފުރަތަމަ ޗެފެރިން ޔުއެފާގެ ރައީސްކަމަށް އިންތިޚާބުވީ 2016 ވަނަ އަހަރު އެވެ.

އުމުރުން 55 އަހަރުގެ ޗެފެރިން އަކީ ޔުއެފާގެ ހަތް ވަނަ ރައީސެވެ. އިތުރު ހަތަރު އަހަަރަށް ޗެފެރިން އިންތިޚާބުވީއިރު، އޭނާގެ ދައުރު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ރަސްމީކޮށް ޗެފެރިން ތިން ވަނަ ދައުރުގެ ހުވާ ކުރެއްވުން އޮންނާނީ މި އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު ލިސްބަންގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޗެފެރިންއާއި ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކާމެދު ވަނީ މައްސަލަ ޖެހިފަ އެވެ. ޔޫރަޕުގެ ބައެއް ކުލަބުތަކުން ޔުއެފާ އިން ވަކިވެ، ސުޕަ ލީގެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު އެކަމާ ދެކޮޅަށް ޗެފެރިން ނުކުންނެވި އެވެ. ކުލަބުތަކުން މަސައްކަތް ކުރި ނަމަވެސް، ފިއްތުންތަކުގެ ސަބަބުން 2021 ވަނަ އަހަރު ވަނީ ސުޕަ ލީގު އުފައްދަން ކުރި މަސައްކަތް ނާކާމިޔާބުވެފަ އެވެ.

ޗެފެރިންގެ ރައީސްކަމުގައި ޔުއެފާ އިން ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގެއް ވެސް ތައާރަފްކޮށްފަ އެވެ. އެ މުބާރާތް އެންމެ ފުރަތަމަ ކާމިޔާބު ކުރި ޓީމަކީ އިޓަލީގެ ރޯމާ އެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ

22 އޯގަސްޓު 2017
ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ
19 އޯގަސްޓު 2017

ލީގުގެ ތައްޓަށް ގިނަ ޓީމުތަކެއް ވާދަކުރާނެ: އަލެގްރީ

19 އޯގަސްޓު 2017
ލީގުގެ ތައްޓަށް ގިނަ ޓީމުތަކެއް ވާދަކުރާނެ: އަލެގްރީ
15 އޯގަސްޓު 2017

މިދިޔަ ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި!

15 އޯގަސްޓު 2017
މިދިޔަ ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި!
12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
22 ޖޫން 2017

ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި

22 ޖޫން 2017
ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި
30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
15 މެއި 2017

މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް

15 މެއި 2017
މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު