Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެންމެ ގިނަ ދުވަސް ހޭދަކުރި ފަލަސްޠީނު ޤައިދީ

އިޒްރޭލުގެ ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ފަލަސްޠީނުގެ ޤައިދީއަށް ބަޠަލެއްގެ މަރުޙަބާ

40 އަހަރުގެ ޖަލު ޙުކުމް ފުރިހަމަކޮށްފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2023 | ހޮނިހިރު 07:28
އިޒްރޭލުގެ ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ފަލަސްޠީނުގެ ޤައިދީ މިނިވަންވުން

އިޒްރޭލުގެ ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ފަލަސްޠީނުގެ ޤައިދީ މިނިވަންވުން

އިޒްރޭލުގެ ޖަލުތަކުގައި ދުވަސްތައް ގުނަމުންދާ ފަލަސްޠީނުގެ ޤައިދީންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޤައިދީއެއްގެ ގޮތުގައި ހޭދަކޮށްފައިވާ އެކަކު، އޭނާގެ 40 އަހަރުގެ ޖަލު ޙުކުމް ފުރިހަމަކޮށް، މިނިވަންވެގެން ޖަލުން ނުކުމެއްޖެއެވެ.

ޢުމުރުން މިހާރު 60 އަހަރު ފުރިފައިވާ ކަރީމް ޔޫނިސްގެ މައްޗަށް އިޒްރޭލުން އިއްވި 40 އަހަރުގެ ޖަލު ޙުކުމް ފުރިހަމަކުރުމަށްފަހު މިނިވަން ވެގެން ނުކުތުމާ ގުޅިގެން، އިޒްރޭލުގެ ކަނާތު-ފިޔައިގެ އާ ސަރުކާރުގެ މެންބަރުން ދަނީ އޭނާގެ ރަށްވެހިކަން ބާޠިލުކުރުމަށް ގޮވާލަމުންނެވެ.

އޭނާގެ މައްޗަށް އިއްވި ޙުކުމުގެ މުއްދަތު ފުރިހަމަކޮށް، މިނިވަނެއްގެ ގޮތުގައި ޔޫނިސް ޖަލުން ނުކުމެގެން އައިއިރު، އިޒްރޭލުގެ ދާޚިލީ ވަޒީރު އާރްޔޭ ދޭރީ ވަނީ، ޔޫނިސްގެ އަތުގައި އޮތް އިޒްރޭލުގެ ރަށްވެހިކަން ބާޠިލުކުރުމަށް ގޮވާލާފައެވެ. ނަމަވެސް ކަރީމް ޔޫނިސް ހުރީ ސާބިތު ޢަޒުމެއްގައެވެ.

ކަރީމް ޔޫނިސްގެ މައްޗަށް އިޒްރޭލުން ޖަލު ޙުކުމް އިއްވީ، އިޒްރޭލުން ވެރިވެގެންފައިވާ ޖައުލާންގެ އުސްބިންތަކުގައި 1983 ވަނަ އަހަރު، އިޒްރޭލުގެ ސިފައިންގެ މީހެއް ކަމަށްވާ އަވްރަހަމް ބްރޮމްބަރގް ވަގަށް ނަގައި، މަރާލި މައްސަލައިގައެވެ.

ޕެލެސްޓީނިއަން ޕްރިޒަނަރޒް އެސޯސިއޭޝަނުން ބުނާގޮތުގައި ކަރީމް ޔޫނިސްއަކީ މިހާތަނަށް މެދުކެނޑުމެއްނެތި، އެންމެ ގިނަ ދުވަސް ވަންދެން ޖަލު ޙުކުމް ތަންފީޒުކުރި ފަލަސްޠީނުގެ ޤައިދީއެވެ.

ކަރީމް ޔޫނިސްގެ އުފަން ވަޒަނަކީ ޢަރަބި އިޒްރޭލުންގެ އަވަށެއް ކަމަށްވާ ޢާރާއެވެ. ޖަލުން މިނިވަން ވުމާއެކު، ޢާރާއިން ޔޫނިސްއަށް ކިޔާފައިވަނީ ބަޠަލަކަށް ކިޔާފަދަ ހޫނު މަރުޙަބާއެކެވެ. ޔޫނިސްއަށް މަރުޙަބާކިއުމަށް އޭނާގެ ޢާއިލާގެ މެންބަރުންނާއި ރަޙުމަތްތެރިންގެ އިތުރުން، ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެފައެވެ. މުޅި މަގު އޭނާ ކަޑައްތުކުރީ މީހުންގެ ކޮނޑުތައް މަތީގައި އުފުލައިގެންނޭވެސް ބުނެވިދާނެއެވެ.

އިޒްރޭލުގައި ޢަރަބީންނަކީ އާބަދީގެ ގާތްގަނޑަކަށް 5 ބައިކުޅަ 1 ބައެވެ. ގިނަ މީހުންނަކީ، 1948 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިޒްރޭލުގެ ނަމުގައި އުފެއްދި ސަރަޙައްދުގައި މަޑުކުރި ފަލަސްޠީނު ދަރިކޮޅުގެ މީހުންނެވެ. ސިޔާސީ މައިދާނުގައިވެސް އެ މީހުންނަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ބޮޑެވެ. ފަލަސްޠީނުގެ ލޭ ހިނގާތީއެވެ. ފަލަސްޠީނުގެ ބައެއްކަމަށް ބުނާތީއެވެ. އިޒްރޭލުގެ ރަށްވެހިކަމާއެކު ފަލަސްޠީނުގެ ބައެކޭ ބުނުމަކީ ބައެއް މީހުންނަށް ހަޖަމްކުރަން މާ ފަސޭހަ ވާހަކައަކަށްވެސް ނުވާތީއެވެ.

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކުރާ ފަލަސްޠީނު ދަރިކޮޅުގެ މީހުންނަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމަތީގައި ބަޠަލުންތަކެކެވެ. ނަމަވެސް، ޔަހޫދީ އިޒްރޭލުގެ ލޯތަކަށް އެމީހުން ފެންނަނީ ޓެރަރިސްޓުންގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު