Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާންގެ ނިއުކްލިއަރ ޕްރޮގްރާމް

އީރާނުން ބުނަނީ މަޝްވަރާ ތަކަށް ދިއުމުގެ ކުރިން އެމެރިކާގެ މަކަރުވެރިކަން ދޫކޮށްލަން ޖެހޭ ކަމަށް

އެކްސިއޮސް އިން ބުނެފައިވާ ގޮތުގައި، ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި އޮސްލޯގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއާ ބައްދަލު ކުރުމަށް އެމެރިކާ އިން އަންނަނީ ތައްޔާރު ވަމުން

ރާއްޖެ އެމްވީ | 4 ޖުލައި 2025 | ހުކުރު 03:22
އިސްރާއީލުގެ ހަމަލާތަކުގައި މަރުވި އީރާނުގެ ސައިންސްވެރިންނާއި އާންމުންނާއި އިސް އޮފިޝަލުންގެ ޖަނާޒާ ގައި އާންމުން ބައިވެރިވަނީ - ޖުލައި 2، 2025

އިސްރާއީލުގެ ހަމަލާތަކުގައި މަރުވި އީރާނުގެ ސައިންސްވެރިންނާއި އާންމުންނާއި އިސް އޮފިޝަލުންގެ ޖަނާޒާ ގައި އާންމުން ބައިވެރިވަނީ - ޖުލައި 2، 2025

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އިން އިތުރު މަޝްވަރާތަކެއް ކުރަން ބޭނުންވާ ނަމަ، އެމެރިކާ އިން ފުރަތަމަ ކުރަންވީ ކަމަކީ މަކަރުވެރިކަން ދޫކޮށް އިޚްލާޞްތެރިކަމާއި ވަފާތެރިވާކަން ސާބިތު ކޮށްދިނުން ކަމުގައި އީރާނުގެ ޚާރިޖިއްޔާ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ސްކައި ނިއުސް ޓެލެވިޜަން ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި، އެ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވިދާޅުވެފައި ވަނީ، އީރާނާއި އެމެރިކާއާ ދެމެދު މެދުކެނޑިފައިވާ ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން، ވައިޓް ހައުސް އިން ފުރަތަމަ ކަމަކަށް ޑިޕްލޮމެޓިކް މަގުން ދިއުމަށް އިޚްލާޞްތެރިކަމާއި ވަފާތެރިވާކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ.

"އެމެރިކާ އިން ޑިޕްލޮމަސީ އަށް ތެދުވެރިކަމާއެކު ވަފާތެރިވާކަން ދައްކަންޖެހޭނެ. ޑިޕްލޮމަސީ ބޭނުން ކޮށްގެން މަކަރު ހެދުމަށް ނުވަތަ އެމެރިކާގެ ވާދަވެރިންނާ ދެކޮޅަށް ނަފްސާނީ ހަނގުރާމަ އެއް ކުރުމަށް މަސައްކަތް ކޮށްގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ތެހެރާނާއި ވޮޝިންގްޓަން އާ ދެމެދު އަލުން މަޝްވަރާތައް ފަށާނެތޯ އެހުމުން، ބަޤާއީ ވިދާޅުވީ، "އަޅުގަނޑަށް އެނގޭ ގޮތުގައި ނުސީދާކޮށް ވާހަކަތަކެއް ދެކެވިފައިވޭ. އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު [އައްބާސް އަރާޤްޗީ] އޮމާނާއި، ޤަޠަރާއި އަދި އެހެނިހެން ޤައުމުތަކާ އެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ. އަދި އަޅުގަނޑު ދެންނެވި ފަދައިން، ޑިޕްލޮމަސީ ދުވަހަކުވެސް ހުއްޓުމަކަށް ނާންނާނެ."

އޭޕްރީލް މަހުން ފެށިގެން، ތެހެރާނާއި ވޮޝިންގްޓަނުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އޮމާނުގެ މެދުވެރިކަމާއެކު ރޯމް އާއި މަސްކަޓުގައި ނުސީދާކޮށް ފަސް ބުރެއްގެ މަޝްވަރާތައް ބާއްވާފައިވެއެވެ. ނަމަވެސް އެމެރިކާގެ އިސްވެރިން މި ކަމުގައި އެކި ފަހަރު އެކި ގޮތައް ބަޔާންތައް ދެމުން ގެންދިޔުމާ ގުޅިގެން، އީރާނުގެ އިސްވެރިން އެމެރިކާގެ "ފުށުއަރާ" ބަޔާން ތަކާމެދު ފާޑުކިޔަމުން ގެންގޮސްފައިވެއެވެ.

އެންމެ ފަހުން، ޖޫން 13 ވަނަ ދުވަހު އިސްރާއީލުން 12 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ހަނގުރާމަ އެއް ފެށުމާ ގުޅިގެން މި މަޝްވަރާތައް ހުއްޓުނެވެ. މި ހަނގުރާމައިގައި އީރާނުން ތެލް އަވީވްއާއި ހައިފާ އަދި އިސްރާއީލުގެ ސަރަޙައްދުތަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކުން އިސްރާއީލުގެ އުދުވާނަށް ރައްދު ދީފައިވެއެވެ.

ހަނގުރާމަ ފެށި ތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، އިސްރާއީލަށް ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔުމާއެކު، އެމެރިކާ އިން ނިންމީ ސީދާ ގޮތެއްގައި ހަނގުރާމަ އަށް ވަނުމަށެވެ.

ޖޫން 22 ވަނަ ދުވަހުގެ ފަތިހު، އެމެރިކާ އިން އީރާނުގެ ސުލްޙަވެރި ނިއުކްލިއަރ ވަސީލަތްތަކަށް ޤާނޫނާ ޚިލާފު ހަމަލާތަކެއް ދިނެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ (އެން.ޕީ.ޓީ) އާ ސާފުކޮށް ޚިލާފު ޢަމަލެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އަނެއް ކޮޅުން އެމެރިކާގެ ސިޔާސީ ޚަބަރުތައް ޝާއިއު ކުރާ އެކްސިއޮސް ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އިން އަންނަ ހަފްތާގައި އޮސްލޯގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ނަން ހާމަނުކުރާ ދެ މަސްދަރަކާ ހަވާލާ ދީ އެކްސިއޮސް އިން ބުނެފައިވާ ގޮތުގައި، ވައިޓް ހައުސްގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް، ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި އޮސްލޯގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއާ ބައްދަލު ކުރުމަށް އަންނަނީ ޕްލޭން ކުރަމުންނެވެ.

އެކްސިއޮސް އިން އިތުރަށް ބުނެފައިވަނީ، އަދި ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާ ކަމަށެވެ. ނަމަވެސް، މި ބައްދަލުވުން ބޭއްވިއްޖެ ނަމަ، މިއީ އީރާން-އިސްރާއީލު ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕް އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދިނުމަށް އަމުރު ކުރެއްވި ފަހުން ބޭއްވޭ ފުރަތަމަ މަޝްވަރާތައް ކަމުގައިވާނެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
04 މާރިޗު 2017

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް

04 މާރިޗު 2017
ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު