Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްލާސްޓިކްގެ މައްސަލަ

ޕްލާސްޓިކްގެ މައްސަލާގައި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ފަންނުވެރި އިހްތިޖާޖެއް!

7 ޖެނުއަރީ 2023 | ހޮނިހިރު 07:06

ބުކާވޫ ސިޓީގައި ވަރަށް ކުނި ގިނަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 ޖެނުއަރީ 2023 | ހޮނިހިރު 07:06
ޕްލާސްޓިކް ކުނި އެއްކޮށްގެން ކުރެހުންތައް ތައްޔާރުކުރަނީ

ޕްލާސްޓިކް ކުނި އެއްކޮށްގެން ކުރެހުންތައް ތައްޔާރުކުރަނީ

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ސަރަހައްދުގައި އޮންނަ ލޭކް ކީވޫގެ އައްސޭރިފަށުގައި ދެމެމުން ދިޔަ، އުކާލާފައިވާ ޕްލާސްޓިކް ފުޅިފުޅީގެ ކޯރުގެ ފުން މިން އާދައިގެ އިސްކޮޅެއްގެ ފިރިހެނެއްގެ ކަކުލާ ހިސާބަށް އަރައެވެ. އުކާލާފައިވާ ޕްލާސްޓިކް ފުޅީގެ ކޯރުގެ ތެރޭގައި، ޕެޓްރިކް ސިކޫރު ސިރިމްވާމީ އަތްފުނާ އަޅަމުން ދިޔައީ އޭނާގެ އަތުގައި އޮތް ގޯނި ފުރާލެވޭހާ ގިނަ ފުޅި އެއްކުރެވޭތޯއެވެ.

ވަގުތަށް ކަންތައްތައް ހަމަޖެހިފައި އޮތް ގޮތަށް ބަލާއިރު، ޕްލާސްޓިކް ކުނިބުނި އުކާލާނެ ޚާއްސަ އިންތިޒާމެއް އެ ސަރަހައްދަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން އެ ކުނިތައް ޖަމާވަނީ ލޭކް ކީވޫއަށެވެ. އެކަމުގެ އަސަރު ސީދާގޮތުން ފޯރަނީ ރައްޔިތުންނަށެވެ. އެ ސަރަހައްދުގައި ހުންނަ، ފެނުން ކަރަންޓު އުފައްދާ ޕްލާންޓުގައި މައްސަލަތައް ޖެހި، ކަރަންޓުގެ ޚިދުމަށް ބުރޫ އަރައެވެ.

ސިރިމްވާމީގެ އަމާޒަކީ ޕްލާސްޓިކް ކުނިބުނިން އެ ސަރަހައްދު ސާފު ކުރުމުގެ އަމާޒަށްވުރެ ވަރުގަދަ އަމާޒެކެވެ. ކޯރު ސަރަހައްދުން ސިރިމްވާމީ އެއްކުރާ ޕްލާސްޓިކް ފުޅިތައް ވިރުވައިގެން އޮލަ މާއްދާއެއް ތައްޔާރުކުރެއެވެ. އޭނާ، އެ ބޭނުންކުރަނީ ސިޔާސީ މައިދާނުގައި އަޑު ހަރުކޮށް އުޅޭ މީހުންގެ ތަސްވީރުތައް ކުރެހުމަށެވެ. ތިމާވެށި ހިމާޔަތް ކުރުމަށް، އެ މީހުން މާ ބޮޑު މަސައްކަތްތަކެއް ކުރަމުން ނުދާތީ، އެކަން ކުށްވެރިކޮށް، ދެކޮޅުވެރިކަން ފާޅުކުރުމުގެ އިހްތިޖާޖެއްގެ ގޮތުގައެވެ.

އުމުރުން 26 އަހަރުގެ ސިރިމްވާމީގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު; ކޮންގޯގެ މިނިވަންކަމުގެ ލީޑަރު ޕެޓްރިސް ލުމުމްބާއާއި އަދުގެ ރައީސް ފީލިކްސް ޝިސެކެޑީފަދަ ޝަހްސިއްޔަތުތަކުގެ ތަސްވީރުތައް ހިމެނެއެވެ. ސިރިމްވާމީގެ އުފަން ވަޒަން ކަމުގައިވާ ބުކާވޫގައި ދާދި ފަހުން އޮތް މައުރަޒެއްގައި، އެ  މަސައްކަތްތައް ދައްކާލާފައިވެއެވެ.

އެފްރިކާ ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ކޮންގޯއިންވެސް ދަނީ އެ ގައުމުގެ އިގްތިސާދު ތަރައްގީކުރުމަށްޓަކައި، ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކުރުމުގެ ހައްގު ހޯދުމަށް ސާބިތުކަމާއެކު ވަކާލާތު ކުރަމުންނެވެ. ކަން މިހެން އޮތް އިރު، ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޖަންގަލީގައި ތެޔޮ ބްލޮކްތައް ނީލަންކިއުމުގެ ފާޑުކިއުންތައް، ކޮންގޯއަށް ވަނީ އަމާޒު ވެފައެވެ.

ކޮންގޯއިން ދަނީ، އިގްތިސާދީ ތަރައްގީއަށް މަސައްކަތް ކުރުމުގައި ގެއްލުން ދެނިވި އުސޫލުތަކާ ދުރުހެލިވާނެ ކަމަށް ބުނަމުންނެވެ. އަދި ގަވައިވަދުތައް ހަރުކަށި ކުރާނެ ކަމަށްވެސް ބުނަމުންނެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތަރައްގީވެފައިވާ ގައުމުތަކުން، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މާލީ އެހީ ކަށަވަރު ކޮށްދިނުމަށްވެސް ކޮންގޯއިން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2018

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

06 ޖޫން 2018
ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް
25 މާރިޗު 2018

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް
26 ޖެނުއަރީ 2018

ޖިންސީ ފުރައްސާރައާ ދެކޮޅަށް ގްރެމީ އެވޯޑްސްގައި މިފަހަރު ހުދުފިނިފެންމާ

26 ޖެނުއަރީ 2018
ޖިންސީ ފުރައްސާރައާ ދެކޮޅަށް ގްރެމީ އެވޯޑްސްގައި މިފަހަރު ހުދުފިނިފެންމާ
07 ޖެނުއަރީ 2018

ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް!

07 ޖެނުއަރީ 2018
ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް!
20 ސެޕްޓެމްބަރު 2017

"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް

20 ސެޕްޓެމްބަރު 2017
"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް
09 މާރިޗު 2017

މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި

09 މާރިޗު 2017
މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި
08 މާރިޗު 2017

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

08 މާރިޗު 2017
ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
11 ޖެނުއަރީ 2017

އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟

11 ޖެނުއަރީ 2017
އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް