Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްވެ އުޅުމުގެ މިނިވަންކަން

ޔާމީނު ހުންނަވާ ޖަލްސާއެއްގެ ވަސް ފޯރާ ހިސާބަށްވެސް އޭރު އިދިކޮޅު ފަރާތްތަކަށް ކައިރި ނުވެވޭ: އިމްރާން

5 ޖެނުއަރީ 2023 | ބުރާސްފަތި 09:45

ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ނުހަނު ބޮޑަށް ހަނިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖެނުއަރީ 2023 | ބުރާސްފަތި 09:45
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަަވާ ޖަލްސާއެއްގެ ވަސް ފޯރާ ހިސާބަށްވެސް އިދިކޮޅު ބަޔަކަށް ޖަލްސާއެއް ބާއްވަން ފުރުސަތު ނުދެއްވާނެކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ ސިޔާސީ ޙަރަކާތްތަކަށް އަލިއަޅުވާލައްވާ އިމްރާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެމްޕޭން ޖަލްސާ ކުރިއަށް ގެންދެވީ އިދިކޮޅު ޕާޓީގެ ޖަލްސާއެއްވެސް މަގުގެ އެއް ފަޅީގައި މިނިވަންކަމާއެކު ބޭއްވުމުގެ ފުރުސަތު ފުރިހަމައަަށް ދެއްވައިގެން ކަމަށެވެ.

Advertisement - newsAdvertisement

އެކަމުން އަންގައިދެނީ ރައީސް ސާލިޙުގެ ކެތްތެރިކަމާއި ހިތްވަރުގަދަކަން ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އެއިން ފެނިގެންދަނީ ހަމަހަމަ ފުރުސަތު ދީގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު ކަމަށެވެ.

އިމްރާނު ވަނީ ޔާމީނު ސަރުކާރުގެ ހަނދާންތައްވެސް އައު ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަަވާ ޖަލްސާއެއްގެ ވަސް ފޯރާ ހިސާބަށްވެސް އިދިކޮޅު ބަޔަކަށް ޖަލްސާއެއް ބާއްވަން ފުރުސަތު ނުދެއްވާނެކަން ހުދު ޕީޕީއެމްގެ ބެފުޅުންވެސް ޤަބޫލު ކުރައްވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އެހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ނުހަނު ބޮޑަށް ހަނިވެފައިކަމަށް ގިނަ ބަޔަކު ބުނެއެވެ. މިސާލެއްގެ ގޮތުން 2018 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި އޭރުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްވުމެއް ބާއްވާނެކަން އިއުލާންކުރިތާ 15 މިނެޓު ވެސް ނުވަނީސް ސަލާމަތީ ބާރުތަކުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަން އިއުލާން ކުރިއެވެ.

އޭގެ ކުރިންވެސް މުޒާހަރާތައް ބާއްވަން އިއުލާން ކުރުމާއެކު ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސްކޮށް، މުޒާހަރާ ރާވަން އިސްކޮށް ހަރަކާތެރިވާ މެމްބަރުންގެ ފޯނު ވެސް ތަހްގީގަށް ހިފަހައްޓާފައިވެއެވެ.

ހަމައެއާއެކު، އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވުމަށް ރަށްރަށުން މާލެ އަންނަ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނަމުންދިޔައީ އޭރު ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ އިސް ބޭބޭފުޅުންނެވެ.

ނަމަވެސް މިއަދު ވެރިކަން ކުރާ ޕާޓީވެސް އަދި ސަރުކާރުންވެސް ގެންދަނީ އެއްވެ އުޅުމުގެ ފުރުސަތު ވީ އެންމެ ފުޅާކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް